އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެތައް ބައިވަރު ކަމަކަށް ބޭނުންވެގެން ތިބޭއިރުވެސް އެކަންކަން ލިބިގަންނަން ކަންނެތްވެވިގެން ތިބެން ހެޔޮވާނީ ކިހިނެއް ހެއްޔެވެ؟

އެތައް ބައިވަރު ކަމަކަށް ބޭނުންވެގެން ތިބޭއިރުވެސް އެކަންކަން ލިބިގަންނަން ކަންނެތްވެވިގެން ތިބެން ހެޔޮވާނީ ކިހިނެއް ހެއްޔެވެ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 20 ސިކުންތު

ގިނަ ކަންތައްތަކަކަށް ބޭނުންވެގެން ތިބޭއިރުވެސް އެކަންކަން ލިބިގަންނަން ނުވަތަ ޙާޞިލު ކުރަން ކަންނެތްވީމާ ދެންވާނީ ކިހިނަކުން ހެއްޔެވެ؟ މިއަދު އަހުރެމެންގެ ތެރެއިން ގިނަ ބައަކަށް މިތިބެވެނީ ހަމަ ކަންނެތްވެވިފައެވެ.

އިމާމް ޝާފީގެފާނު ވިދާޅުވެފައިވެއެވެ. ތީރު ފޮނުވައިލެވިއްޖެނަމަ އަމާޒުން ކައްސައިނުލާނެ ތީރެއްވެއެވެ. އެއީ ދަމުނަމާދަށްފަހުގައި ނުވަތަ ދަމުނަމާދުގައި ކުރާ ދުޢާއެވެ.

އަހަރެމެން ކޮންމެ މީހަކީވެސް އެތައް ބައިވަރު ކަންތައްތަކަކަށް ބޭނުންވެގެން އަބަދުވެސް ހުންނަންޖެހިފައިވާ މީހެކެވެ. އެނޫން ހަމައެކަކުވެސް ނުހުންނާނެއެވެ. ކިތަންމެ ތަނަވަސްނަމަވެސް އަދި ކިތަންމެ ފަޤީރު ނަމަވެސް އެއްވެސް މީހަކު ހުންނާނީ އެމީހަކު ޙާޞިލްކުރަން ބޭނުންވާ ހުރިހާ ކަންކަން ޙާޞިލްކުރެވި ފުދިގެނެއް ނޫނެވެ.

އެހެންވެ ޢިލްމްވެރިން ބަޔާންކުރައްވާ ގޮތުގައި ދަމުނަމާދުކޮށް ދުޢާނުކުރާ މީހަކީ ޙަޤީޤަތުގައި ﷲ ތަޢާލާގެ ޙަޟްރަތުން ކަމަކަށް ނުވަތަ ކަންކަމަށް ބޭނުންވެގެން ހުންނަ މީހެއް ނޫނެވެ. އަދި އޭނާއަކީ އޭނާގެ އަމިއްލަ ނަފްސަށްވެސް ކަމަކަށް ބޭނުންވެގެން ހުންނަ މީހެއް ނޫނެވެ.

ދަމުނަމާދުކޮށްފައި ނުވަތަ ދަމުނަމާދުގައި ދުޢާކޮށްފައި އެނބުރިލާއިރަށް އެކްމެއް ޙާޞިލްނުކުރެވިދާނެއެވެ. އެހެނަސް އެމީހަކީ ތަޤްވާވެރިއެއްނަމަ ހުންނާނީ ވަރަށް ބޮޑަށް ހިތްހަމަޖެހިގެންނެވެ. ސަބަބަކީ އޭނާއަށް ބޭނުންވާ ކަންކަން ހިންމަވައި ދެއްވެވުން އެދި ދުޢާކުރުމަށްފަހު އެމީހަކު ހުންނާނީ އެކަލާނގެއަށް ވަކީލްކޮށްގެންނެވެ. މާޔޫސް ނުކުރައްވަވާނެ ކަމުގެ ޔަޤީންކަން އެމީހަކަށް އޮންނާނެއެވެ.

ވީމާ ދަމުނަމާދުކޮށް ނުވަތަ ރޭއަޅުކަންކޮށް ދުޢާކުރާ މީހަކަށްވާން އެބަޖެހެއެވެ. ﷲ ތަޢާލާ އެފަދަ މީހަކު ނިކަމެތި ނުކުރައްވަވާނެތެވެ! މާޔޫސް ނުކުރައްވަވާނެތެވެ! އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް