އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ﷲ ތަޢާލާ މަތިވެރިކުރަން މުސްލިމުން ކިޔަންވީ ޛިކުރުތައް!: މުފްތީ މެންކް

ﷲ ތަޢާލާ މަތިވެރިކުރަން މުސްލިމުން ކިޔަންވީ ޛިކުރުތައް!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 34 ސިކުންތު

މީހުންނަށް ގިނައިން ބުނެވެނީ އެމީހެއްގެ ދުލަށް އެންމެ ފަސޭހަ ނުވަތަ ހިތުގައި އެންމެ ގިނައިން އޮންނަ ބަސްތަކެވެ. އެމީހަކު ޢިލްމް ޙާޞިލުކުރިތަނަކާއި ދިރިއުޅޭތަނަކާއި ވާހަކަދައްކައި އުޅޭ ބަސްތަކާއިވެސް އެކަންވަނީ ގުޅިފައެވެ. އެހެންކަމާއިއެކުވެސް މުސްލިމުން ސަމާލުކަންދޭންވެފައި އޮތް ކަމެއް ފާހަގަކޮށްލާނަމެވެ.  

ބައެއް މީހުން ކަމެއްވާއިރަށް "އޯ މައި ގޯޑް" ބުނެއެވެ. މިއީ އެހެންދީންތަކުގެ މީހުންވެސް ބުނާ ބަހެކެވެ. ވީމާ މުސްލިމުންނަށް ޚާއްޞަ ބަހެއް ނޫނެވެ. އެހެންކަމާއިއެކުވެސް މުސްލިމަކު އެހެން ބުނުމުން އެދައްކަނީ ﷲ ތަޢާލާގެ ވާހަކަކަން އެނގޭނެއެވެ. އަދި އެހެންބުނުމަކީ މަނާވެގެންވާ ކަމެއްކަމަކަށްވެސް ނުބުނަމެވެ. އެހެންކަމާއިއެކުވެސް އަހުރެންގެ ނަޒަރުގައި އެއީ މުސްލިމުން ބުނަން އެހައި ރަނގަޅު ބަހެއް ނޫނެވެ.  

އެހެނީ ކަންކަން ކުރިމަތިވުމުން ﷲ ތަޢާލާއަށް ނިޞްބަތްކޮށް ބުނާނެ މާފުރިހަމަ، މާ ފައިދާހުރި ކަލިމަތައް އެބަހުއްޓެވެ.  

އެގޮތުން: 

لاَ إِلَهَ إِلاَّ اللَّهُ ، سُبْحَانَ اللّه، ، اَلْحَمْدُ لِلّٰهِ

ما شاء الله، تبارك الله

ފަދަ ކަލިމަތައް ކިޔާށެވެ. އެއަށްވުރެ އިތުރަށް ބުނަން ބޭނުންވެއްޖެނަމަ: 

"لا حول ولا قوة إلا بالله"

ފަދަ ކަލިމަތައް ކިޔާށެވެ!  

މުސްލިމުން ﷲ ތަޢާލާގެ ނަންފުޅު ގަނެ، ބަސްބުނަންވާނީ އެންމެ މަތިވެރިކަންބޮޑު ކަލިމަތަކުންނެވެ. ފުރިހަމަ ގޮތުގައި ﷲ ތަޢާލާ މަތިވެރިކުރުމަކީ އެއީއެވެ. ކޮންމެއަކަސް ބައެއް މީހުން މިކަމުގައި ސުވާލުކުރާތީ އަހުރެންގެ ވިސްނުން ހާމަކޮށްލީއެވެ، މިކަމުގައި ޚާއްޞަ އަމުރެއް ނެރުނީއެއް ނޫނެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް