އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާ ބޮއެފި މީހެއްގެ ނަމާދު 40 ދުވަސްވަންދެން ޤަބޫލު ނުވެވޭނެ ކަމަށް އޮތް ހަދީޘްފުޅުގެ ތަފްޞީލް-: ޝައިޚް އިމްރާން މުޙައްމަދު ޢަލީ

ރާ ބޮއެފި މީހެއްގެ ނަމާދު 40 ދުވަސްވަންދެން ޤަބޫލު ނުވެވޭނެ ކަމަށް އޮތް ހަދީޘްފުޅުގެ ތަފްޞީލް-: ޝައިޚް އިމްރާން މުޙައްމަދު ޢަލީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 48 ސިކުންތު

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައި އައިސްފައިވަނީ ތިމަންކަލޭގެފާނުގެ އުއްމަތުގެ މީހަކު ރާ ބޮއެފިނަމަ އެމީހެއްގެ 40 ދުވަހުގެ ނަމާދު ޤަބޫލު ނުވެވޭނެކަމުގަ. އާދެ މި ޙަދީޘް އަކީ އިބްނު ހުޒެއިމާ އެކަލޭގެފާނުގެ ޞަޙީހުގައި ރިވާކުރައްވާފައިވާ ޞައްޚަ ޙަދީޘްއެއް. 

މި ޙަދީޘްގެ މުރާދަކީ އެއްވެސް ހާލެއްގައި ރާ ބޮއެފި މީހަކު ދެން 40 ދުވަހުގެ ނަމާދު ނުކުރާށެކޭ ނޫން. މި ޙަދީޘްގެ މުރާދަކީ އެމީހަކު ދެން ކުރާ 40 ދުވަހުގެ ނަމާދުގެ ޘަވާބު އެމީހަކަށް ނުލިބޭނެކަމުގަ. އެއީ އެމީހާ ކުރި ފާފައިގެ ބޮޑުކަމުން. އެމީހާ ރާ ބުއީމަ އެކަމުގެ އުޤޫބާތުގެ ގޮތުން ކަނޑައަޅުއްވާފައިވާ ކަމެއްމީ. 

އާދެ ޝަރުއީ ނައްސުތަކުގަ ނުވަތަ ޢިލްމުވެރިންގެ ބަސްފުޅުތަކަށް ބަލާލާއިރު ޤަބޫލު މި ލަފްޒު އެބައާދެ އެކި މާނަތަކުގަ. އެއީ އިބްނު ޤައްޔިމް ރަހިމަހުﷲ އެކަލޭގެފާނުގެ ފޮތެއްކަމުގައިވާ " އަލް މަނާރުލް މުނީފް" ގައި މިކަމަށް އަލި އަޅުއްވާލާ ވިދާޅުވަނީ މި ލަފްޒު އެބައާދޭ ﷲ ތަޢާލާގެ ރުއްސެވުމުގެ މާނައިގަވެސް އަދި ޘަވާބުގެ މާނައިގަވެސް އަދި ބައެއްފަހަރު ވާޖިބު ކެނޑުމުގެ މާނައިގަވެސް. މި އެކި މާނަތަކުގައި މި ލަފްޒު އެބައާދޭ. އާދެ އެގޮތުން މި ނައްސުގަ، މި ޙަދީޘްގައި އައިސްފައި މިވަނީ އެމީހަކަށް ޘަވާބު ނުލިބޭނެ ކަމުގެ މާނައިގަ.

އެހެންވީމަ މިފަދަ ފާފައެއް ކުރެވޭ މީހަކަށް އޮތީ އަވަހަށް ތައުބާވުން. ﷲ ތަޢާލާއީ އެންމެ އޯގާވަންތަ އެންމެ ރަޙީމްވަންތަ އިލާޙު. އެ އިލާޙު ހަޟްރަތަށް މީހަކު ތައުބާވެއްޖެނަމަ އެއިލާޙު އެމީހެއްގެ ތައުބާ ޤަބޫލުކުރައްވާނެ. އަދި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވަނީ (ومن يتق الله يجعل له مخرجا ) " ﷲ އަށް ތަޤުވާވެރިވާ މީހާ ދަންނާށޭ، އެމީހާއަށް އެކަމުން ނުކުންނާނެ މަގެއް ﷲ ސުބޫޙާނަހޫ ވަތަޢާލާ ދައްކަވާނެ."

އެހެންމަ މި ފާފައިން ސަލާމަތްވުމަށް ނުކުންނާނެ މަގު ހޯދާ މީހަކަށް އިރާދުކުރެއްވިއްޔާ ﷲ ސުބޫޙާނަހޫ ވަތަޢާލާ އެމަގު ދައްކަވާނެ. އަދި އެގޮތް ފަސޭހަ ކޮށްދެއްވާނެ. އެހެންވީމާ މިފަދަ ފާފައެއް ކުރެވޭ މީހަކަށް އޮތީ ތައުބާވުމަށް އަވަސްވެގަތުން. އޭރުން އިރާދުކުރެއްވިއްޔާ ﷲ ސުބުޙާނަހޫ ވަތަޢާލާ އެމީހާގެ ކަންތައްތައް ފަސޭހަ ކޮށްދެއްވާ ތައުބާ ޤަބޫލު ކުރައްވާނެ. އިން ޝާ ﷲ 

- އައްޝައިޚް އިމްރާން މުޙައްމަދު ޢަލީ

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް