އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

"ހޯޕް އައިލެންޑް" ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށްފި

"ހޯޕް އައިލެންޑް" ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 13 ސިކުންތު

ކުށުގެ މާޙައުލަށް ހުށަހެޅޭ ކުދިން ރީހެބިލިޓޭޓްކުރުމަށް ހަދާ "ހޯޕް އައިލެންޑް" ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާއިން މިއަދު އިޢުލާންކޮށްފިއެވެ.

ކުރިން މި މަޝްރޫޢު ދ. ވާނީގައި ތަރައްޤީކުރުމަށް ނިންމާފައި އޮތްނަމަވެސް، މިހާރު ނިންމާފައިވަނީ އުތުރު ތިލަފަޅުގައި ތަރައްޤީކުރުމަށެވެ. މި މަޝްރޫޢުގައި ހިމެނެނީ ބިން ހިއްކުމާއި، ހިއްކި ސަރަޙައްދު ހިމާޔަތްކުރުމާއި، ބޭނުންވާ ވަސީލަތްތައް ތަރައްޤީކުރުމެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާއިން ބުނީ މި މަޝްރޫޢު ކުރިއަށްގެންދިޔުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުމުގެ ފުރުޞަތު މި މަހުގެ 27 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

"ހޯޕް އައިލެންޑް" ތަރައްޤީކުރެވެނީ 700 މީހުންގެ ޖާގައަށް ޚާއްޞަކޮށްގެންނެވެ. މި ރަށުގައި ކުދިންނާއި މުވައްޒަފުން ތިބުމަށް ޚާއްޞަ ޔުނިޓްތަކެއް ހެދުމަށް ހަމަޖެހިފައިވާ އިރު، ތަޢުލީމު ފޯރުކޮށްދިނުމަށާއި އެކި ތަމްރީންތައް ކުރިއަށްގެންދާނެ ސަރަޙައްދެއްވެސް ތަރައްޤީކުރެވޭނެއެވެ. މީގެ އިތުރުން އެކި ބާވަތުގެ ކުޅިވަރު ކުޅެވޭނެ ސަރަޙައްދަކާއި ސިއްޙީ ޚިދުމަތް ފޯރުކޮށްދޭނެ ތަނެއްވެސް ހިމެނެއެވެ.

މި މަޝްރޫޢަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުށުގެ މާޙައުލަށް ހުށަހެޅޭ ކުދިން އަނބުރާ މުޖުތަމަޢަށް ގެނައުމަށް ކުރާ މަސައްކަތުގެ ތެރެއިން ފަށާފައިވާ މުހިންމު މަޝްރަޝްރޫޢެކެވެ. މި މަޝްރޫޢު ނިމުމުން ކުށުގެ މާޙައުލަށް ހުށަހެޅޭ ކުދިންނަށް އެހީތެރިވެ، އެ ކުދިން އަނބުރާ މުޖުތަމަޢަށް ގެނައުމަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް އުންމީދުކުރެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު