އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަންހެންމީހާ ވެއްޓުނު މައްސަލައިގަ ހިމެނޭ އެންމެން ހޯދައި ފުރުން މަނާކޮށްފި

އަންހެންމީހާ ވެއްޓުނު މައްސަލައިގަ ހިމެނޭ އެންމެން ހޯދައި ފުރުން މަނާކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 27 ސިކުންތު

ހ. ފެންޓޯނިއާގެއިން އަންހެން މީހަކު ވެއްޓުނު ހާދިސާގެ ތަހުގީގާ ގުޅިގެން، އެ މައްސަލައިގައި ހިމެނޭ ތިން އަންހެނުންނާއި ހަ ފިރިހެނުންގެ ޕާސްޕޯޓު ހިފަހައްޓައި، ރާއްޖެއިން ބޭރަށް ފުރުން މަނާކޮށްފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވި ގޮތުގައި، މި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރަނީ، ތަހުގީގަށް ލިބޭ 30 ދުވަހުގެ މުއްދަތުގައި ހެކިތައް ހޯދައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވަން ޖެހޭތީއެވެ.

މި މައްސަލައިގައި ފުރުން މަނާކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނެނީ ހައްވާ ޔުމްނު ރަޝީދު، ރައުދު އަހުމަދު ޒިލާލު، އައިޝަތު ލަޔާލީ އިޤްބާލު، ޔޫސުފް ޣައްސާރު އަބްދުލްޣައްފޫރު، ޔޫސުފް އަހުމަދު އަކުރަމް، ހުސައިން ހަލީސް އަލީ، އާމިނަތު ޖުނެއިނާ ޖަމްޝީދު، އިޒްދިޔާން މުހައްމަދު މައުމޫން އަދި އިޖާޒް ޖާއިޒް އެވެ.

"މިހާރު ވާނީ މި މައްސަލައިގައި އެރޭގައި އެއް ބައެއްގެ ގޮތުގައި އެކުގައި ހޭދަކުރި މީހުން ވެސް މި މައްސަލައާއި ގުޅުން އޮވެދާނެ ކަމަށް ބަލާފައި އެ މީހުންގެ ވެސް ރާއްޖެއިން ބޭރަށް ފުރުން މަނާކުރުމަށް އެ އަމުރު ލިބި ކަމާ ބެހޭ ފަރާތްތަކަށް ފޮނުވާފައި،" ކޮމިޝަނަރ ޝުޖާއު ވިދާޅުވިއެވެ.

އަންހެން މީހާ އިމާރާތުން ވެއްޓުމުގެ ކުރިން އިތުރު ހަތް މީހަކާއެކު ހަރަކާތްތެރިވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށާއި، ތަހުގީގަށް ބޭނުންވާ މައުލޫމާތު އެ މީހުންގެ އަތުން ދަނީ ނަގަމުން ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި މައްސަލަ ތަހުގީގުކުރާއިރު އެއިން އެއްވެސް މީހަކު ރާއްޖެއިން ބޭރަށް ފުރައިގެން ނުދާނެ ކަމަށް އޭނާ ޔަގީންކަން ދެއްވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު