އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަންހެންމީހާ ވެއްޓުނު މައްސަލައާއި ގުޅޭ އަންހެނަކު ބޭރަށް ފުރާފައިވާކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް: ފުލުހުން

އަންހެންމީހާ ވެއްޓުނު މައްސަލައާއި ގުޅޭ އަންހެނަކު ބޭރަށް ފުރާފައިވާކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް: ފުލުހުން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 53 ސިކުންތު

ހ. މިތާޒްގޭގެ ފުރާޅުމައްޗަށް 21 އަހަރުގެ އަންހެނަކު ވެއްޓުނު މައްސަލައާއި ގުޅިގެން ފުރުން މަނާކޮށްފައިވާ އަންހެނަކު މެލޭޝިއާއަށް ފުރާފައިވާކަމަށް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވާހަކަތަކަކީ ހަގީގަތާ ޚިލާފު ވާހަކަތަކެއްކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައިގައި ފުލުހުން ވަނީ އަންހެން މީހާ ވެއްޓުނު ވަގުތު އެ އިމާރާތުގައި އޭނާއާއެކު އުޅުނު ރައުދު ހައްޔަރުކޮށްފައެވެ. މީގެ އިތުރުން ވެއްޓުނު 21 އަހަރުގެ އަންހެން މީހާ ހިމެނޭހެން 7 މީހެއްގެ ފޯނުވެސް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ ހިފަހައްޓާފައެވެ.

މި މައްސަލައާ ގުޅިގެން މީސްމީޑިއާގައި ދައުރުވަމުންދާ އެކި ވާހަކަތަކާ ގުޅޭގޮތުން ފުލުހުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ. އެގޮތުން މައްސަލައިގެ ތަހުގީގަށް ހުރަސްއެޅޭފަދަ އެއްވެސް މަޢުލޫމާތެއް ހިއްސާނުކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

ފުލުހުން މި މައްސަލަ ތަހުގީގުކުރަމުންދާއިރު، މައްސަލައިގައި ޝާމިލުވާ ފަރާތްތަކުގެ މަޢުލޫމާތު ހޯދުމަށް މަސައްކަތްތަކެއް ކުރަމުންދާކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. އަދި މައްސަލައިގައި އިތުރު ހެކި ހޯދުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު