އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތިލަފުށީގައި ކްލިނިކެއް ހިންގާނެ ފަރާތެއް ހޯދުމަށް އެޗްޑީސީން އިޢުލާންކޮށްފި

ތިލަފުށީގައި ކްލިނިކެއް ހިންގާނެ ފަރާތެއް ހޯދުމަށް އެޗްޑީސީން އިޢުލާންކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 59 ސިކުންތު

ކ. ތިލަފުށީގައި ކްލިނިކެއް ހިންގާނެ ފަރާތެއް ހޯދުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިޢުލާންކޮށްފިއެވެ. މި ކްލިނިކަކީ ތިލަފުށީގައި މަސައްކަތްކުރާ ފަރާތްތަކަށް ބޭނުންވާ ސިއްޙީ ފަރުވާއާއި ބޭސް ފޯރުކޮށްދިނުމަށް ޤާއިމްކުރާ ކްލިނިކެކެވެ.

އެޗްޑީސީން މަޢުލޫމާތު ދެއްވިގޮތުގައި، މިހާރު އިމާރާތްކޮށް ނިމިފައިވާ ކްލިނިކްގައި ޑޮކްޓަރަށް ދެއްކުމަށް ބޭނުންކުރެވޭ ކޮންސަލްޓަންޓް ރޫމަކާއި ބޭސްފިހާރައެއް ހިންގޭނެ ގޮތަށް ވަނީ ތައްޔާރުކޮށްފައެވެ. "މިހާރު އިމާރާތް ހުރީ ހަދާ ނިމިފައި. އެތަނަކީ ކޮންސަލްޓަންޓް ރޫމަކާއި ބޭސް ފިހާރައެއްވެސް ހިންގޭނެ ގޮތަށް ހަދާފައި ހުރިތަނެއް. މިހާރު އިޢުލާން މި ކުރީ ހިންގާނެ ބަޔަކު ހޯދަން،" އެޗްޑީސީން ވިދާޅުވިއެވެ.

ކްލިނިކް ހިންގުމަށް ދޫކުރާ ޔުނިޓަކީ 669.3 އަކަފޫޓުގެ ބިމެކެވެ. މި ތަން ދޫކުރުމަށް ހަމަޖެހިފައިވަނީ 10 އަހަރު ދުވަހުގެ މުއްދަތަށެވެ. ފުރަތަމަ ދެ އަހަރު ދުވަހުގެ ކުލީގެ ގޮތުގައި މަހަކު ކޮންމެ އަކަފޫޓަކަށް 17.5 ރުފިޔާގެ މަގުން، މަހަކު ޖުމްލަ 11,712.75 ރުފިޔާ ދައްކަންޖެހޭނެއެވެ.

އެޗްޑީސީން އިތުރަށް ހާމަކުރިގޮތުގައި، ތިން އަހަރާއި ފަސް އަހަރާ ދެމެދުގެ މުއްދަތަށް މަހަކު ދައްކާނެ ކުލި ބިޑު ހުށަހަޅާއިރު ހިމަނަންޖެހޭނެއެވެ. 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު