އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މާލެ ސަރަޙައްދުގައި އިތުރު 4600 ފްލެޓް އެޅުމުގެ މަޝްރޫޢެއް މިހާރު ވާނީ ޕްލޭންކުރެވިފައި: ރައީސް

މާލެ ސަރަޙައްދުގައި އިތުރު 4600 ފްލެޓް އެޅުމުގެ މަޝްރޫޢެއް މިހާރު ވާނީ ޕްލޭންކުރެވިފައި: ރައީސް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 2 ސިކުންތު

ޕްރެސް ފްރީޑޮމް ޑޭގެ މުނާސަބަތުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ މާލެ ސަރަޙައްދުގައި އިތުރު 4600 ފްލެޓް އެޅުމުގެ މަޝްރޫޢެއް ޕްލޭންކުރެވިފައިވާކަން ހާމަކުރައްވާފައެވެ.

ރައީސް އިތުރަށް ވިދާޅުވި ގޮތުގައި، މި 4600 ފްލެޓުގެ ތެރެއިން 4200 ޔުނިޓަކީ އިންޑިއާގެ ލައިން އޮފް ކްރެޑިޓް (އެލް.އޯ.ސީ) ގެ ދަށުން އަޅާ ފްލެޓްތަކެކެވެ. އެލް.އޯ.ސީ ފައިނަލްވުމުން ވީހާވެސް އަވަހަކަށް މިމަޝްރޫޢު ފެށިގެންދާނެ ކަމަށް ސަރުކާރުން އުންމީދުކުރާ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން، ސައުދީ ފަންޑުގެ ދަށުން އަޅާ 400 ޔުނިޓުގެ ބިންގާ މި ނިމިދިޔަ މަސްތެރޭގައި އަޅާފައިވާ ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ. މިއީ މާލޭގެ ބޯހިޔާވަހިކަމުގެ ދަތިކަން ޙައްލުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. 

3 މެއިގައި ބޭއްވުނު މި ބައްދަލުވުމުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ނޫސްވެރިން ކުރެއްވި ގިނަ ސުވާލުތަކަށް 14 ގަޑިއިރަށްވުރެ ގިނައިރު ޖަވާބުދެއްވާފައި ވީއިރު، މިއީ ރާއްޖޭގެ ތާރީޚުގައި ރައީސުލްޖުމްހޫރިއްޔާއަކު ނޫސްވެރިންނާއެކު މިހާ ދިގު މުއްދަތަކަށް ބޭއްވި ފުރަތަމަ ބައްދަލުވުމެވެ.

 

 

ހަބަރު: ސަރުކާރު

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު