އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފަޤީރު ޙާލަތުން އަރައިގަތުމަށްވެސް އެހެން ކަމަކަށް ބޭނުންވެ އެކަމެއް ޙާޞިލުކުރެވޭނެ ގޮތެއް ނެތުނަސް ގިނަކުރަން އޮތް އެންމެ ޔަޤީން ޢަމަލު-

ފަޤީރު ޙާލަތުން އަރައިގަތުމަށްވެސް އެހެން ކަމަކަށް ބޭނުންވެ އެކަމެއް ޙާޞިލުކުރެވޭނެ ގޮތެއް ނެތުނަސް ގިނަކުރަން އޮތް އެންމެ ޔަޤީން ޢަމަލު-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 48 ސިކުންތު

މިވާހަކަ ދައްކާއިރަށް ތިއައީ އެންމެން އަބަދުބުނާ ވާހަކައެއް ކަމަށް ހީކުރެވިދާނެއެވެ. އަދި އެއީ ތެދަކަށްވެސް ވެދާނެއެވެ. ބުނަން ހެއްޔެވެ؟ އެންމެން އަބަދު އެވާހަކަ އެބުނަނީ ކަމެއް ވެގެންނެވެ. ޢިލްމްވެރިން އަބަދު ތަކުރާރުކުރައްވަނީ އެކަމުގެ ބުރަދަން ބޮޑުކަމުންނެވެ. ޢަމަލުކުރުމުން ނަތީޖާ ޔަޤީންކަންވެސް ބޮޑުކަމުންނެވެ. 

އަތްމަތި ދަތިވިނަމަވެސް، ބޭނުންވާ ކަންކަން ޙާޞިލުކުރެވޭނެ ގޮތެއް ނެތުނަސް ޖުމުލަކޮށް ބުނާނަމަ ކޮންމެ ކަމަކަށް އެދިގެންވެސް ކުރަން އޮތް އެންމެ މުހިންމު ކަމަކީ ތައުބާވުން ގިނަކުރުމެވެ. އަސްތަޣްފާރުކުރުމެވެ. ހަމައެއާއިއެކު ލިބޭ މަދު އާމްދަނީގައި ބަރަކާތް ލެއްވެވުން އެދި ދުޢާކުރުމެވެ. 

އަސްތަޣްފާރުކުރުން ގިނަކުރުމަކީ ލިބޭ އާމްދަނީގައި ބަރަކާތް ލައްވަވާ ކަމެކެވެ. ކިތަންމެ މަދުން އާމްދަނީ ލިބުނު ނަމަވެސް އެއިގައި ﷲ ތަޢާލާ ބަރަކާތް ލައްވަވައިފިނަމަ މަދުވެގެން އުޅޭކަށް ނުޖެހޭނެއެވެ. 

އަހަރެމެން ކޮންމެ މީހަކީ ދުވާލަކު 100 ފަހަރު އަސްތަޣްފާރުކުރަންޖެހޭ މީހެކެވެ. ވީމާ އަސްތަޣްފާރުކުރުން ގިނަކުރާށެވެ! ދުވާލަކު 1000 ފަހަރުވެސް އަތަޣްފާރުކުރާށެވެ! 

އަސްތަޣްފާރުކުރުމަކީ ހަމައެކަނި މާލީ ތަނަވަސްކަން އިތުރުކުރަން ކުރަން އޮތް ކަމެއް ނޫނެވެ. ދެދުނިޔޭގެ ބާއްޖަވެރިކަމަސް އެދިގެން ކުރަން އޮތް ކަމެކެވެ. ވީމާ ވީހައި ގިނައިން އަސްތޣްފާރުކުރަމުން ގެންދާށެވެ. އެންމެ މުހިންމީ ނަރަކައިން މިންޖުވެވުން ނޫންހެއްޔެވެ؟ އެކަންވެސް މިންވަރުކުރައްވަވާނެތެވެ! އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް