އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަމާޒަކީ ދައުލަތުގެ 2028 ވަނަ އަހަރު އަންނަންވާއިރު ގޭގައި ތިބެގެން ގިނަ މުވައްޒަފުންތަކަކަށް މަސައްކަތް ކުރެވޭނެ ނިޒާމެއް ޤާއިމްކުރުން: ރައީސް

އަމާޒަކީ ދައުލަތުގެ 2028 ވަނަ އަހަރު އަންނަންވާއިރު ގޭގައި ތިބެގެން ގިނަ މުވައްޒަފުންތަކަކަށް މަސައްކަތް ކުރެވޭނެ ނިޒާމެއް ޤާއިމްކުރުން: ރައީސް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 18 ސިކުންތު

ދައުލަތުގެ މުވައްޒަފުންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ ނިޒާމެއް 2028 ވަނަ އަހަރު އަންނައިރު ޤާއިމްކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިކަން ރައީސް ހާމަކުރެއްވީ އިއްޔެ ބާސެލޯ ނަސަންދުރާގައި ބޭއްވުނު ދިވެހިރާއްޖޭގެ ޑިޖިޓަލައިޒޭޝަން މަޝްރޫޢު "މޯލްޑިވްސް 2.0" އިފްތިތާޙީ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި މިހާރު ދައުލަތުގެ އެކި އިދާރާތަކުގައި ގާތްގަނޑަކަށް 49،000 މުވައްޒަފުން މަސައްކަތް ކުރަމުންދެއެވެ. އަދި މި މުވައްޒަފުންގެ ތެރެއިން ގިނަ ބަޔަކަށް 2028 ވަނަ އަހަރު އަންނައިރު ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ ނިޒާމެއް ޤާއިމްކުރުމަކީ އެމަނިކުފާނުގެ އަމާޒެކެވެ.

"މަހަކު 30 ގަޑިއިރު ނުވަތަ ކަނޑައެޅޭ ވަކި ވަގުތަކު، ގަޑި ހަމަކުރަން އޮފީހަށް އައުން. އޭގެ ތެރޭގައި ހިމެނޭ ގޮތަށް ގޭގައި ތިބެގެން ކުރެވޭ ގޮތަށް ހެދުން. ކޮންމެހެން އޮފީހަށް އަންނަންޖެހޭ ފަރާތްތައް ތިބޭނެ. މިސާލަކަށް ސިއްޙީ ޚިދުމަތްތެރިން، ތަޢުލީމީ ދާއިރާ ފަދަ،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މި ބަދަލު ގެނައުމުން ދައުލަތުގެ ޚަރަދުތައް ބޮޑުތަނުން ކުޑަކުރެވޭނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި މިކަން ކުރިއަށް ގެންދާނީ ކަނޑައެޅޭ ވަކި އުސޫލެއްގެ ތެރެއިން، ޤާނޫނީ އިމުގެ ތެރެއިން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި އައު ނިޒާމަކީ ދިވެހިރާއްޖޭގެ ވަޒީފާގެ މާޙައުލަށް ގެނެވޭ އިންޤިލާބީ ބަދަލެއް ކަމަށް ބެލެވެއެވެ. މިއީ ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން ދައުލަތުގެ ހިންގުން ހަރުދަނާކޮށް، ޚަރަދު ކުޑަކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ފާހަގަކުރެވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު