އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެމްއެންއެސްޑީއޭ އިން ކޮންސްޓްރަކްޝަން ސެކްޓަރ ކައުންސިލާއި ބައްދަލުވުމެއް ބާއްވައިފި

އެމްއެންއެސްޑީއޭ އިން ކޮންސްޓްރަކްޝަން ސެކްޓަރ ކައުންސިލާއި ބައްދަލުވުމެއް ބާއްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 0 ސިކުންތު

މޯލްޑިވިސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްއެންއެސްޑިއޭ) އަދި ކޮންސްޓްރަކްޝަން ސެކްޓަރ ކައުންސިލްގެ މެމްބާރުންނާއި ދެމެދު ނޭޝަނަލް ކޮމްޕިޓެންސީ ސްޓޭންޑަރޑްތަކާއި ގުޅޭ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުމަކީ "ރިނިއުއަބަލް އެނަރޖީ އިންސްޓޮލޭޝަން އެންޑް މެއިންޓެނެންސް (ސޯލަރ ޕީވީ)" އިން ނޭޝަނަލް ސެޓްފިކެޓް ލެވެލް 3 ފަރުމާކުރުމުގައި، އެމްއެންއެސްޑީއޭގެ ފަރާތުން ކަނޑައަޅަންޖެހޭ ނޭޝަނަލް ކޮމްޕިޓެންސީ ސްޓޭންޑަރޑްތަށް ކަނޑައެޅުމަށް ބޭއްވުނު ބައްދަލުވުމެކެވެ. އެގޮތުން، ދިވެހިރާއްޖޭގެ ރިނިއުއަބަލް އެނަރޖީ ދާއިރާ އިން ތަމްރީނު ހާޞިލުކުރުމުގެ ފުރުޞަތުތަށް ޤައުމީ ފެންވަރުގައި ފޯރުކޮއްދިނުމާއި އެ ދާއިރާއަށް ނިކުންނަ ޒުވާނުންނަކީ އެ ދާއިރާއަށް ބޭނުންވާ ހުނަރާއި ޤާބިލްކަން ލިބިފައިވާ ޒުވާނުންކަން ކަށަވަރުކުރުމަށް ނޭޝަނަލް ކޮމްޕިޓެންސީ ސްޓޭންޑަރޑްތަކުގައި ހިމަނަންޖެހޭ ކަންކަމާއި ގުޅޭތުން މި ބައްދަލުވުމުގައި ވަނީ މަޝްވަރާކުރެވިފައެވެ.

މޯލްޑިވިސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްއެންއެސްޑިއޭ) އަކީ ޤާނޫނު ނަންބަރު: 7/2021( 16 މޭ 2021) ގެ ދަށުން، ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ޓްރެއިނިންގ (ޓިވެޓް) ޕްރޮގްރާމްތަށް ކުރިއަށްގެންދިޔުމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުވެރިކަމާއި ބެހޭ ވުޒާރާގެ ދަށުން ސަރުކާރުގެ ފަރާތުން ޤާޢިމުކުރެވިފައިވާ އިދާރާއެކެވެ.

 

ހަބަރު: ސަރުކާރު

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު