އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިލިޔުން ޝެއާކޮށްލައިގެން ޣައްޒާގެ ނިކަމެތިންނަށް އެހީތެރިވެދެއްވާ! އުޟްޙިއްޔާ އެންމެ ބޮޑަށް ފޯރުކޮށްދޭން މަސައްކަތްކުރަންވީ ޣައްޒާގެ ރައްޔިތުންނަށް! އެންމެ ނިކަމެތިޙާލުގަ ތިބީ އެމީހުން!

މިލިޔުން ޝެއާކޮށްލައިގެން ޣައްޒާގެ ނިކަމެތިންނަށް އެހީތެރިވެދެއްވާ! އުޟްޙިއްޔާ އެންމެ ބޮޑަށް ފޯރުކޮށްދޭން މަސައްކަތްކުރަންވީ ޣައްޒާގެ ރައްޔިތުންނަށް! އެންމެ ނިކަމެތިޙާލުގަ ތިބީ އެމީހުން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 15 ސިކުންތު

އާދެ! ކުރިއަށް މި އޮތް އަޟްޙާ ޢީދުގެ އުޟުހިއްޔާ ޣައްޒާއަށް ފޮނުވުމަށް އަޅުގަނޑުމެން މަސެއްކަތް ކުރަމުން އެބަގެންދަން. އަޅުގަނޑުމެން މިހާރު މިވަނީ ތުރުކީ ވިލާތުގެ ޚައިރުވޭ ފައުންޑޭޝަނާއެކު އަޅުގަނޑުމެން މަސެއްކަތް ކުރަމުން މިދަނީ. މިސްރުގަ އަޅުގަނޑުމެން ކަތިލާނީ އުޟުހިއްޔާ.  

އުޟުހިއްޔާ ކަތިލާފަ އެ ކައްކާ ޕްރޮސެސް ކުރުމަށްފަހު ދަޅުތަކުގަ ބަންދުކޮށްފަ ޣައްޒާތެރެއަށް ގެންދާނީ. މީގެ އެންމެ ބޮޑު ބޭނުމަކީ ގިނަ ދުވަސްވަންދެން ހުންނާނެ. އަޅުގަނޑުމެންނަކަށް ނޭންގެ ޣައްޒާއަށް ވަދެވޭނީ ކޮންއިރަކު ކަމެއް. މާދަމާވެސް ބޯޑަރު ހުޅުވާލައިފިނަމަ، މާނައަކީ އުޟުހިއްޔާ ކަތިލުމަށްފަހު އެންމެ އަވަހަށް ބޯޑަރު ހުޅުވައިލިކަމުގައި ވީނަމަވެސް ތައްޔާރަށޭ އަޅުގަނޑުމެން ތިބޭނީ ބޯޑަރު ހުޅުވާލާ ކޮންމެ ގަޑިއަކަށް. އެހެންވެ އަޅުގަނޑުމެން ދަޅުގަ ބަންދު ކޮށްލާފައޭ ތައްޔާރު ކޮށްފަ ބަހައްޓާނީ.

ދެން މީގަ ގެރި އަޅުގަނޑުމެން ކަތިލަން މި ނިންމާފަ މިވަނީ. ގެރީގެ އަގު ހެޔޮއެބަވޭ ހިއްސާއެއްގެ ގޮތުން ބަލާކަމުގައި ވާނަމަ. 7 މީހުންނަށް ގެރީގެ ހިއްސާ އެބަވެވޭ އުޟުހިއްޔާގަ. އެހެންވީމަ ބަކަރިއަށްވުރެ ގެރި އަގުހެޔޮ އެބަވޭ. އެހެންވީމަ މިހާރު ގެރީގެ ހިއްސާއެއްގޮތަށް އަޅުގަނޑުމެން މިވަނީ ގާތްގަނޑަކަށް 3830 ރުފިޔާއިން ހިއްސާ ވެވޭނެ. ބަކަރިވީމަ މި ވާގޮތަކީ ބަކަރީގެ އަގު ހެޔޮވިކަމުގައި ވީނަމަވެސް މި ކެއްކުމާއި މި ހުރިހާ ޕްރޮސެސް ނިންމާލާފަ ޣައްޒާއާ ހަމައަށް ގެންދެވޭއިރުގަ ހަތަރުހާހަށްވުރެވެސް އެބަ ބޮޑުވޭ. އެހެންވީމަ ބަކަރިއެއްގެ އަގު އެބަ ބޮޑުއެބަވޭ. އެހެންވީމަ އަޅުގަނޑުމެން ގެރިއެއް ކަތިލަން މި ނިންމިފަ މިވަނީ. ހާއްސަކޮށް ޚައިރުއޭ ފައުންޑޭޝަނުންވެސް އެގޮތަށް ނިންމާފަ މިވަނީ. އެހެންވީމަ މިސްރުގަ އަޅުގަނޑުމެން ކަތިލާނީ މި ކަތިލުންތައް ޢީދު ދުވަހު.

އަޅުގަނޑުމެންގެ މީގަ ބައިވެރިވުމުގެ ފަހު ތާރީޚަކަށް މިވަގުތަށް އަޅުގަނޑުމެންނަށް ލިބިފަމިވަނީ 17 މެއި 2025. އެހެންވެ އިސްރާގެ އެކައުންޓަށް ޖަމާކުރެއްވުމަށްފަހު އަޅުގަނޑުމެންގެ ވައިބާރ ނަންބަރަށް ސްލިޕް ވައިބާރ ކޮށްލަންވީ 9466697 އަށް. އޭރުން އެމީހަކަށް އަޅުގަނޑުމެން އިރާދުކުރެއްވިއްޔާ މީގެ ވީޑިއޯތަކާއި ފޮޓޯތަކާ އެއްޗެހިވެސް ފޮނުވާނަން.  

ޣައްޒާ މި ހާއްސަ ކޮށްލަންވީ މިވަގުތުގަ އެންމެ މުހިއްމު ކަމަކަށް، ޙަޤީގަތުގަވެސް އެންމެ ހާލުގަ މުސްލިމުން އުޅެމުންދަނީ ޣައްޒާގެ އަހުލުވެރިން. އެހެންމަ ފައްސަތޭކަ އެތައް ދުވަހެއް ވެގެން ދިޔައިރުވެސް ޣައްޒާގެ އެއްކޮށް އެވަނީ ބަންދު ކުރެވިފަ. ޣައްޒާއަށް ކާބޯތަކެއްޗެއް ނުވައްދާ، މިވަގުތަށް އަދި ފުދޭވަރަކާ ގާތަށްވެސް ކާބޯތަކެއްޗެއް ޣައްޒާއަކު ނެތް. އެއްކޮށް ކަހަލަ ގޮތަކަށް ހުސްވެފަ ވަނީ. އެހެންކަމުން ޣައްޒާގެ ބޯޑަރު ހަމަ ހުޅުވާލާއިރަށް އަޅުގަނޑުމެން ތައްޔާރުގަ ތިބެއްޖެކަމުގައި ވާނަމަ ޣާއްޒާގެ އަހުލުވެރިންނަށް ކާބޯތަކެތި ފޯރުކޮށްދެވިދާނެ އިރާދުކުރެއްވިއްޔާ. އަޅުގަނޑުމެންގެ އުއްމީދަކީ އަވަސް ރަޙްމަތެއްގައި ޣައްޒާގެ ބޯޑަރު ހުޅުވާލެވި، ޣައްޒާގެ އަހުލުވެރިންނަށް އަޅުގަނޑުމެންގެ ފަރާތުން ކާބޯތަކެތި ފޯރުކޮށްދެވިގެން ދިޔުން.

- ޝައިޚް ޙުސައިން އަންސާރު 

- ޝައިޚުގެ އާދޭހުގެ އަޑުއައްސަވާލައްވަން:

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު