އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

"ބަނޑޭރި ޕޭ" އަށް ތަފާތު އެތައް ކުރިއެރުންތަކެއް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން: ފިނޭންސް

"ބަނޑޭރި ޕޭ" އަށް ތަފާތު އެތައް ކުރިއެރުންތަކެއް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން: ފިނޭންސް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 58 ސިކުންތު

ދިވެހި ސަރުކާރުގެ އެކި ޚިދުމަތްތަކަށް ފައިސާ ދެއްކުމަށް އުފައްދާފައިވާ ރަސްމީ އޮންލައިން ޕޯޓަލް، "ބަނޑޭރި ޕޭ" އަށް ތަފާތު އެތައް ކުރިއެރުންތަކެއް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓްރީ އޮފް ފިނޭންސްއިން ބުނެފިއެވެ.

މޯލްޑިވްސް 2.0 ސަމިޓުގައި މާލީ ދާއިރާ ޓްރާންސްފޯމް ކުރުމަށް ކުރަން ރާވާފައިހުރި ކަންތައްތައް ހިއްސާކުރައްވަމުން މި ވުޒާރާގެ ޗީފް އިންފޮމޭޝަން އޮފިސަރ އަލްފާޟިލް މުޙައްމަދު ނާއިޒު ވިދާޅުވީ ބަނޑޭރި ޕޭ މެދުވެރިކޮށް ރާއްޖޭގައި ބޭނުންކުރާ މައިގަނޑު ހުރިހާ ގޭޓްވޭތަކަކުން ފައިސާ ދެއްކޭނެ މަގު ފަހިކުރަމުން ދާވާހަކައެވެ.

މިވަގުތު މި ޕޯޓަލް މެދުވެރިކޮށް ބީއެމްއެލް، އެމްއައިބީ އަދި އެމް-ފައިސާއިން ޕޭމަންޓް ހެދެއެވެ. މީގެ އިތުރުން ނާއިޒް ވިދާޅުވީ ބަނޑޭރި ޕޭ އަށް މޯބައިލް އެޕް އެއް ތައްޔާރުކުރުމަށް ނިންމާފައިވާކަމަށާއި މި މަސައްކަތް 2026 ވަނަ އަހަރުގެ މެދުތެރޭގައި ނިންމުމަށް ޓާގެޓް ކުރައްވާކަމަށެވެ.

ފަސޭހައިން ބޭނުންކޮއްލެވޭ މި އެޕްލިކޭޝަން ތައާރަފް ކުރުމުން ރައްޔިތުންނަށް ބަނޑޭރި ޕޭ މެދުވެރިކޮށް ފައިސާ ދެއްކުމަށް އިތުރު ލުއިތަކެއް ލިބިގެން ދާނެއެވެ.

 

ހަބަރު: ސަރުކާރު

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު