އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފެނަކައިން އަމިއްލައަށް ހިންގި 4 މަޝްރޫޢަކުން 76.9 މިލިއަން ރުފިޔާގެ ގެއްލުން- އޮޑިޓް ރިޕޯޓު

ފެނަކައިން އަމިއްލައަށް ހިންގި 4 މަޝްރޫޢަކުން 76.9 މިލިއަން ރުފިޔާގެ ގެއްލުން- އޮޑިޓް ރިޕޯޓު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 29 ސިކުންތު

އޮޑިޓަރ ޖެނެރަލްގެ އޮފީހުން އައްޑޫ ސިޓީގައި ފެނަކައިން 2021 އިން 2023 އަށް ހިންގި މަޝްރޫޢުތަކުގެ އޮޑިޓެއް ހަދައި، އެ ކުންފުނިން އަމިއްލައަށް ހިންގި 4 މަޝްރޫޢުގައި ބޮޑު އަދަދެއްގެ ފައިސާ އިސްރާފުވެފައިވާކަން ފާހަގަކޮށްފިއެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހާމަކުރި ގޮތުގައި، މި 4 މަޝްރޫޢު އެހެން ފަރާތަކާ ހަވާލުކޮށްގެން ކުރިނަމަ 109 މިލިއަން ރުފިޔާއިން ނިންމާލެވޭނެ ކަމަށް ވާއިރު، 117.4 މިލިއަން ރުފިޔާ ޚަރަދުކޮށް، އިތުރު 68.5 މިލިއަން ރުފިޔާ ޚަރަދުކުރަން ޖެހިފައިވެއެވެ. މިއީ އެކުޖުމްލަ 185.9 މިލިއަން ރުފިޔާއެވެ. އެހެންކަމުން އެކުންފުންޏަށް 76.9 މިލިއަން ރުފިޔާގެ ގެއްލުން ވަނީ ވެފައެވެ.

އޮޑިޓުން ފާހަގަކުރެވުނު އިތުރު މައްސަލަތަކުގެ ތެރޭގައި އިންޖީނުތައް ރަނގަޅަށް ނުބެލެހެއްޓުމާއި، ތެލުގެ ކޮލިޓީ ޓެސްޓު ނުކުރުމާއި، އިންޖީނުގޭގެ ވައި ދައުރުވުން ރަނގަޅު ނުވުން ހިމެނެއެވެ. މީގެ އިތުރުން، ފެން ޕްލާންޓުތަކުން އުފެއްދި ފެނުގެ ބޮޑު އިންސައްތައެއް ލީކުވެ، 9.8 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވާކަންވެސް ފާހަގަކޮށްފައިވެއެވެ.

އޮޑިޓުން ހާމަވި އިތުރު ކަމެއްގެ ގޮތުގައި، ފެނާއި ނަރުދަމާ މަޝްރޫޢަށް 10 އުޅަނދު ކުއްޔަށް ހިފުމަށް 15.9 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، އެ އުޅަނދުތައް ގަތުމަށް ޖެހޭނީ އެންމެ 4.2 މިލިއަން ރުފިޔާކަން ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުން، ފައިސާއާ ގުޅޭ ޚިޔާނާތުގެ މައްސަލަތަކެއް ފާހަގަކުރެވި، ބައެއް މައްސަލަތައް ވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަނުން (އޭސީސީ) ތަޙުޤީޤުކޮށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް (ޕީޖީ) ފޮނުވާފައިކަން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހާމަކޮށްފައިވެއެވެ.

މި އޮޑިޓް ރިޕޯޓާ ގުޅިގެން ސަަރުކާރުގެ ކަމާބެހޭ އިދާރާތަކުން އަޅާނެ ފިޔަވަޅުތަކާ ބެހޭ ގޮތުން އަދި އެއްވެސް މަޢުލޫމާތެއް ލިބިފައެއް ނުވެއެވެ. ނަމަވެސް، މި މައްސަލަތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބަލައި، އިތުރު ފިޔަވަޅުތަކެއް އަޅާނެކަމަށް ބެލެވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު