އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އައިސް ނުލިބުމުގެ މައްސަލަ މި ދައުރުގެތެރޭގައި ހައްލު ކުރާނަަން: ވަޒީރު ޝިޔާމް

އައިސް ނުލިބުމުގެ މައްސަލަ މި ދައުރުގެތެރޭގައި ހައްލު ކުރާނަަން: ވަޒީރު ޝިޔާމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 0 ސިކުންތު

މަސްވެރީންނަށް ބޭނުންވާ މިންވަރަށް އައިސް ނުލިބުމުގެ މައްސަލައަށް މި ދައުރުގެތެރޭގައި ދާއިމީ ހައްލެއް ހޯދާނެ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަާއި ބެހޭ ވަޒީރު އަހްމަދު ޝިޔާމް މިރޭ ވިދާޅުވެއްޖެ އެވެ.

ވުޒާރާތަކުގެ މަސައްކަތްތަކާއި ވަޒީރުންނާއި ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް ފުރުސަތު ފަހިކުރަން ކުރިއަށް ގެންދާ "އަހާ" ފޯރަމްގައި ވަޒީރު ޝިޔާމް ވިދާޅުވީ މިިދިޔަ ސަރުކާރުން ފެނަކައާ ހިންގަން ހަވާލުކުރި 17 އައިސް ޕްލާންޓް ގެ ތެރެއިން ގިނަ ޕްލާންޓްތަކުގެ މަސައްކަތް ހުރީ ހުއްޓިފައި ކަމަށެވެ. އެހެން ކަމުން އެ މަސައްކަތް އަލުން މިފްކޯގެ ދަށަށް ގެނެސް އޮޕަރޭޝަން ފެށުމަށް ގިނަ މަސައްކަތްތަކަކާއި ބޮޑު ހޭދައެއް ކުރަން ޖެހުނުކަން ވަޒީރު ފާހަގަ ކުރެއްވި އެވެ.

"މިފްކޯގެ ބެލުމުގެ ދަށުގައި ހުރި 26 އައިސް ޕްލާންޓުގެ ތެރެއިން މިހާރު އޮޕަރޭޝަނުން ބޭރުގައި ހުރީ ތިން ޕްލާންޓު،" ވަޒީރު ވިދާޅުވިއެވެ.

ސަރުކާރުގެ އަމާޒަކީ މިހާރު އައިސް އުފެއްދޭ މިންވަރުގެ ތެރެއަށް 700 ޓަނުގެ އައިސް އުފެއްދުމުގެ ގާބިލުކަން އިތުރުކުރުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

 

ހަބަރު: ސަރުކާރު

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު