އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދިރިއުޅެން ކުރަން ބޭނުންވާ ކަމެއް ކުރާނެވަރަށް އަތުގަ ފައިސާ ހުއްޓައިވެސް އިތުރަށް ބޭނުންވާ ބައި ދަރަންޏަސް ހޯދުމަކީ މައްސަލައެއް ނޫން! އޮތީ ތެދުވެރިވުން!

ދިރިއުޅެން ކުރަން ބޭނުންވާ ކަމެއް ކުރާނެވަރަށް އަތުގަ ފައިސާ ހުއްޓައިވެސް އިތުރަށް ބޭނުންވާ ބައި ދަރަންޏަސް ހޯދުމަކީ މައްސަލައެއް ނޫން! އޮތީ ތެދުވެރިވުން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 28 ސިކުންތު

އަޅުގަނޑުގެ ސޭވިންގސްގައި ފައިސާކޮޅެއް އެބަހުއްޓެވެ. މިއުޅެނީ ކާބޯތަކެތި ތައްޔާރުކޮށް ވިއްކުމުގެ މަސައްކަތެއް ފަށަންވެގެންނެވެ. އެކަމަށް ބޭނުންވާ ތަކެތި ހޯދެން އަންނަނީ އަދި ރުފިޔާކޮޅެއް ލިބިގެންނެވެ. އެކުވެރިއަކު ހުރީ ދަރަނަޏަށް ފައިސާދޭށެވެ. މިޙާލަތުގަ އޭނާގެ އަތުން ދަރަންޏަސް ނެގުމަކީ ކޮންކަހަލަ ކަމެއްތޯ؟ މިސުވާލު މިކުރަނީ އަތުގަ ކޮންމެވެސް ވަރަކަށް ފައިސާ ހުރީމަ-! 

ކިޔުންތެރިޔާއަށް ތިރީގައިވާ ލިޔުމުން ޖަވާބު ލިބިލައްވާނެއެވެ. އިން ޝާ ﷲ 

ތިމާގެ އަތުގައި ފައިސާހުރިނަމަވެސް ދަރަނިވެރިވެވިދާނެއެވެ. އެއީ މިޘާލަކަށް ކުރަން ބޭނުންވާ ކަމަކަށް ފައިސާ މަދުވެގެން ހޯދަންޖެހުން ފަދަ ޙާލަތްތަކުގައެވެ. ވިޔަފާރިއެއް ކުރަން އިތުރަށް ފައިސާ ބޭނުންވުން ފަދަ ކަންކަމުގައެވެ. 

އެޙާލަތުގައި ތެދުވެރިކަމާއިއެކު ޙަޤީޤަތް ހާމަކުރަންވާނެއެވެ. އަތުގައި އެއްވެސް ފައިސާއެއް ނެތްކަމަށް ބުނުން ފަދަ ދޮގުތައް ހަދައިގެން މަކަރާއި ޙީލަތުން ކަންކަން ކޮށްގެން ނުވާނެއެވެ. 

ހަމަ އެއާއިއެކު މީސްމީހުންނަށް އާދޭސްކޮށްގެން ނޫނީ ސަލާންޖަހައިގެން ކަންކަން ކުރަން އުޅުމެއްވެސް ނެތެވެ. އެހެނީ ޙަދީޘްފުޅުގައި އޮތީ މިފަދައިންނެވެ. 

Zubair bin 'Awwam (May Allah be pleased with him) reported: Messenger of Allah  said,

 "It is far better for you to take your rope, go to the mountain, (cut some firewood) carry it on your back, and sell it and thereby save your face than begging from people whether they give you or refuse".

Al-Bukhari. 

ޙަދީޘްފުޅުގައި އެއޮތީ މީސްތަކުންގެ ގާތުން ސަލާންޖެހުމަށްވުރެ ދަރުކޮށައި ދަރު އުފުލައިގެން ފައިސާ ހޯދުންވެސް ރަނގަޅުކަމަށެވެ. ހަމައެފަދައިން އެނގިގެންދަނީ މީހުންގެ ގާތުގައި ކަންކަމު ކިޔައި ސަލާންޖަހައި ހެދުމަކީ އެމީހެއްގެ ޢަބުރާއި ޢިއްޒަތް ގެއްލިގެންދާނެ ކަމެއްކަމެވެ. މުހިންމީ ޢަބުރާއި ޢިއްޒަތް ރައްކައުތެރިކުރުންކަމެވެ. 

ކުރިން ބުނިފަދައިން އަތުގައި ފައިސާ ހުރިނަމަވެސް ރަނގަޅު ނިޔަތުގައި ދަރަންޏަށް ފައިސާ ނެގުމަކީ އޭގެ ޛާތުގައި މައްސަލައެއް ނޫނެވެ. ނަމަވެސް، ދަރަނި އަދާ ކުރުމަށް ޚާއްޞަ ސަމާލުކަމެއް ދޭންވާނެއެވެ. އެހެނީ ދަރަންޏަކީ އަނެކާއަށް އަދާނުކޮށް ސަލާމަތްވެވޭނެ އެއްޗެއް ނޫނެވެ. އޭނާ މާފުނުކުރާހައި ހިނދަކު އެއީ އަދާކުރަންޖެހޭނެ ޙައްޤެކެވެ. 

އެންމެ ރަނގަޅު ގޮތަކީ ދެން އެހެން ގޮތެއް ނެތިގެން ނޫނީ ދަރަނިވެރިނުވުމެވެ. ދަރަނިވެރިވާންޖެހިގެން، މަޖުބޫރުވެގެން ދަރަނިވެރިވީނަމަވެސް އެއްބަސްވި ގޮތަށް އަދާކުރަންވާނެއެވެ. އެކަމަށް އަވަސްވެގަންނަންވާނެއެވެ. އެއްބަސްވި މުއްދަތުގެ ކުރިންވެސް އަދާކުރެވޭނެ ގޮތެއް މެދުވެރިވެއްޖެނަމަ އޮތީ އަދާކުރަން އަވަސްވެގަތުމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް