އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 11 ސިކުންތު
އެސްޓީއޯ ޖެނެރަލް ޓްރޭޑިންގ އިން ރެސްޓޯރަންޓް/ކެފޭތަކަށާއި، ހޯލްސޭލް ވިޔަފާރިތަކަށް އަދި އެޕާޓްމަންޓްތަކަށް ބަދަލުވާ ފަރާތްތަކަށް އަމާޒުކޮށް ތިން ޕްރޮމޯޝަނެއް ފަށައިފިއެވެ.
ރެސްޓޯރަންޓް އަދި ކެފޭތަކަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ ޕްރޮމޯޝަން ދެމިގެންދާނީ ތިން މަސްދުވަހުގެ މުއްދަތަށެވެ. މި ޕްރޮމޯޝަންގެ ދަށުން އެންމެ ގިނައިން ވިޔަފާރިކުރާ 10 ފަރާތަކަށް ކްރެޑިޓް ފެސިލިޓީގެ ފުރުސަތު ހުޅުވާލާފައިވެއެވެ. އެގޮތުން އެންމެ މޮޅު ވިޔަފާރިވެރިޔާއަށް 150,000 ރުފިޔާގެ ކްރެޑިޓް ފެސިލިޓީއެއް ލިބޭއިރު، ދެވަނައަށް އެންމެ މޮޅު ވިޔަފާރިވެރިޔާއަށް 100,000 ރުފިޔާ އަދި ތިންވަނައަށް އެންމެ މޮޅު ވިޔަފާރިވެރިޔާއަށް 75,000 ރުފިޔާގެ ކްރެޑިޓް ފެސިލިޓީ ލިބިގެންދާނެއެވެ. މީގެއިތުރުން އިތުރު 7 ވިޔަފާރިއަކަށް 50,000 ރުފިޔާގެ ކްރެޑިޓް ފެސިލިޓީ ލިބިގެންދާނެއެވެ.
ހޯލްސޭލް ވިޔަފާރިތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޕްރޮމޯޝަން ވެސް ދެމިގެންދާނީ ތިން މަސްދުވަހުގެ މުއްދަތަށެވެ. މި ޕްރޮމޯޝަންގެ ދަށުން ކްރެޑިޓް ފެސިލިޓީގެ އިތުރުން އެޖެންޓަކަށް ވުމުގެ ފުރުސަތު ވެސް ހުޅުވާލެވިފައިވެއެވެ. ގުރުއަތުން ހޮވޭ ތިން ފަރާތަކަށް 100,000 ރުފިޔާ، 75,000 ރުފިޔާ އަދި 50,000 ރުފިޔާގެ ކްރެޑިޓް ފެސިލިޓީ ލިބިގެންދާނެއެވެ.
އެޕާޓްމަންޓްތަކަށް ބަދަލުވާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޕްރޮމޯޝަން ދެމިގެންދާނީ 2025 ވަނަ އަހަރުގެ ނިޔަލަށެވެ. މި އޮފަރގެ ދަށުން ހޯމް އެޕްލަޔަންސްގެ ބާވަތްތަކަށް ވިޔަފާރީގެ އަގުގެ މައްޗަށް ބިނާކޮށް 12% އިން 18% އަށް ޑިސްކައުންޓް ލިބޭނެއެވެ. އަދި ހިޓާޗީ އެއަރކޮންޑިޝަނަރަށް 2.5% ގެ ޚާއްސަ ޑިސްކައުންޓެއް ލިބިގެންދާނެއެވެ.
Advertisement
21 މެއި 2025