އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 19 ސިކުންތު
ޕެޓީނާ މޯލްޑިވްސް ފަރި އައިލެންޑްސްއިން އިންތިޒާމްކޮށްގެން ހިންގި ހަޔަރ ޑިޕްލޮމާ ޕްރޮގްރާމްގެ ގްރެޖުއޭޝަން ރަސްމިއްޔާތު މިއަދު ބާއްވާއިފިއެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް އޮނަރަބަލް ޠާރިޤް އިބްރާހީމެވެ.
މި ޕްރޮގްރާމުން ޖުމްލަ 12 ދަރިވަރުން ވަނީ ގްރެޖުއޭޓްވެފައެވެ. މި ޕްރޮގްރާމަކީ ދުނިޔޭގެ ނަން މަޝްހޫރު ހޮޓެލް މެނޭޖްމަންޓް ސްކޫލެއް ކަމުގައިވާ އެކޯލް ހޮޓެލިއަރ ޑި ލޯޒާން (École Hôtelière de Lausanne) އިން އެކްރެޑިޓްކޮށްފައިވާ ޕްރޮގްރާމެކެވެ.
ގްރެޖުއޭޝަން ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވީ، މި ފަދަ ޕްރޮގްރާމްތަކަކީ ދިވެހި ޒުވާނުންނަށް ފަތުރުވެރިކަމުގެ ދާއިރާގައި ކުރިއަށް ދިއުމަށް ލިބޭ ރަނގަޅު ފުރުސަތުތަކެއް ކަމަށެވެ. އަދި ޕެޓީނާ މޯލްޑިވްސް ފަރި އައިލެންޑްސްއިން މިފަދަ ޕްރޮގްރާމެއް ހިންގުމަށް ކުރާ މަސައްކަތަށް ޝުކުރު އަދާކުރެއްވިއެވެ.
ޕެޓީނާ މޯލްޑިވްސް ފަރި އައިލެންޑްސްގެ ޖެނެރަލް މެނޭޖަރ މާރކޯ މެޓިއޯލި ވިދާޅުވީ، މި ޕްރޮގްރާމަކީ ދިވެހި ޒުވާނުންނަށް ބައިނަލްއަޤްވާމީ ފެންވަރުގެ ތަމްރީނެއް ލިބިދޭ ޕްރޮގްރާމެއް ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް މިފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދާނެ ކަމަށެވެ.
ގްރެޖުއޭޓްވި ދަރިވަރުންގެ ތެރެއިން އެއް ދަރިވަރު ވާހަކަ ދައްކަމުން ބުނީ، މި ޕްރޮގްރާމުން ލިބުނު ތަޖުރިބާއަކީ އެ ދަރިވަރުންގެ މުސްތަޤްބަލަށް ވަރަށް މުހިންމު ތަޖުރިބާއެއް ކަމަށެވެ. އަދި މި ފުރުސަތު ދިން ފަރާތްތަކަށް ޝުކުރު އަދާކުރިއެވެ.
ހަބަރު: ސަރުކާރު
Advertisement
21 މެއި 2025