އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙައްޖުވެރިން ފަސޭހައިން އެއަރޕޯޓަށް ދިއުމަށް މާލެއާއި ހުޅުމާލެއިން ބަހުގައި ދަތުރުކުރެވޭނެ އިންތިޒާމްތައް ހަމަޖައްސައިފި

ޙައްޖުވެރިން ފަސޭހައިން އެއަރޕޯޓަށް ދިއުމަށް މާލެއާއި ހުޅުމާލެއިން ބަހުގައި ދަތުރުކުރެވޭނެ އިންތިޒާމްތައް ހަމަޖައްސައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 32 ސިކުންތު

މާދަމާ ފުރުމަށް ހަމަޖެހިފައިވާ ޙައްޖުވެރިންނަށް ފަސޭހައިން އެއަރޕޯޓަށް ދިއުމަށްޓަކައި މާލެއާއި ހުޅުމާލެއިން ބަހުގައި ދަތުރުކުރެވޭނެ އިންތިޒާމްތައް ވަނީ ހަމަޖައްސައިފިއެވެ.

މި އިންތިޒާމުގެ ދަށުން މާލެއިން 3 ރޫޓަކުންނާއި ހުޅުމާލެއިން 2 ރޫޓަކުން ބަސް ދަތުރުތައް ހަމަޖައްސާފައިވާކަމަށް އެ ވުޒާރާއިން ބުނެއެވެ. މި ބަސް ދަތުރުތައް މާދަމާ ފެށުމަށް ހަމަޖެހިފައިވަނީ ހެނދުނު 10:30 ގައެވެ.

މާލޭގެ ބަސް ރޫޓްތަކުގެ ތެރޭގައި އަމީނީ މަގު، މަޖީދީ މަގު އަދި އޯކިޑު މަގު ހިމެނެއެވެ. އަމީނީ މަގުގެ ރޫޓުގައި ނޫސަންދަ، މީރާ އަދި ސްޓެލްކޯ ބަސް ސްޓޮޕްތައް ހިމެނޭއިރު، މަޖީދީ މަގުގެ ރޫޓުގައި ސޯޝަލް ސެންޓަރު، ކަލަބޭންކް، ވިލާ މާރޓް، ޒިކުރާ މިސްކިތް، މާލޭ ގްރޭންޑް، ސިޓީ ކައުންސިލް ޕާކިން، ހީނާމާގެ ޕާކިން އަދި ދަމަނަވެށި ބަސް ސްޓޮޕްތައް ހިމެނެއެވެ. އޯކިޑު މަގުގެ ރޫޓުގައި ގަޑި ބުރު އަދި ވެމްކޯ ޝޯރޫމް ބަސް ސްޓޮޕްތައް ހިމެނެއެވެ.

ހުޅުމާލޭގެ ފޭސް 1 އާއި ފޭސް 2 ގައިވެސް ބަސް ރޫޓްތައް ހަމަޖައްސާފައިވެއެވެ. ފޭސް 1 ގެ ރޫޓުގައި އެން 2 ބަސް ސްޓޮޕް 5 އާއި 6، އަދި ސިފްކޯ ހިޔާ ބަސް ސްޓޮޕް ހިމެނެއެވެ. ފޭސް 2 ގެ ރޫޓުގައި ހިޔާ 12، ހިޔާ 16، ހިޔާ 9، ވިނަރެސް 4، އެމްޕީއެލް ބަސް ސްޓޮޕް، އެސްޓީއޯ ބަސް ސްޓޮޕް އަދި ރެއިންކްރެސްޓް ބަސް ސްޓޮޕްތައް ހިމެނެއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ޙައްޖުވެރިން ބަސްތައް ފެށުމުގެ 15 މިނެޓް ކުރިން ބަސްތައް ކައިރިއަށް ނުކުތުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕް މާދަމާ ފުރުމަށް ހަމަޖެހިފައިވަނީ ހަވީރު 15:25 ގައި ކަމަށްވެސް އެ ވުޒާރާއިން މަޢުލޫމާތު ދެއްވިއެވެ.

 

މި އިންތިޒާމްތަކަކީ ޙައްޖުވެރިންނަށް ފަސޭހަކަމާއެކު އެއަރޕޯޓަށް ދަތުރުކުރެވޭނެ ގޮތް ހަމަޖެއްސުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ ބައެއްކަމަށް ބެލެވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު