އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އޭޕްރީލް މަހުގެ ބިލަށްވުރެ މެއި މަހުގެ ކަރަންޓު ބިލް ބޮޑުވެފައިވާ ކަމަށް ފެންނަނީ ރަމަޟާން މަހާ ގުޅިގެން ދެވުނު ޑިސްކައުންޓުގެ ސަބަބުން: ސްޓެލްކޯ

އޭޕްރީލް މަހުގެ ބިލަށްވުރެ މެއި މަހުގެ ކަރަންޓު ބިލް ބޮޑުވެފައިވާ ކަމަށް ފެންނަނީ ރަމަޟާން މަހާ ގުޅިގެން ދެވުނު ޑިސްކައުންޓުގެ ސަބަބުން: ސްޓެލްކޯ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 28 ސިކުންތު

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން މިއަދު ހާމަކުރި ގޮތުގައި، ބައެއް ކަސްޓަމަރުންނަށް އޭޕްރީލް މަހުގެ ބިލަށްވުރެ މެއި މަހުގެ ކަރަންޓު ބިލް ބޮޑުވެފައިވާ ކަމަށް ފެންނަނީ ވޭތުވެދިޔަ އޭޕްރީލް މަހު ރަމަޟާން މަހާ ގުޅިގެން ދެވުނު ޑިސްކައުންޓުގެ ސަބަބުންނެވެ.

ސްޓެލްކޯގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އަގުހެޔޮ ކުރެވުނު އައު ޓެރިފް ރޭޓުން 2025 މެއި މަހުގެ ބިލް ތައްޔާރުކުރެވުނު ނަމަވެސް، ބައެއް ކަސްޓަމަރުންނަށް އޭޕްރީލް މަހުގެ ބިލަށްވުރެ މެއި މަހުގެ ބިލް ބޮޑުވެފައިވާ ކަމަށް ފެންނަނީ އޭޕްރީލް މަހު ރަމަޟާން މަހާ ގުޅިގެން ޚާއްޞަ ޑިސްކައުންޓެއް ދެވިފައިވާތީ ކަމަށެވެ.

"އައު ޓެރިފް ރޭޓާއެކު ކަރަންޓު ބިލަށް އައިސްފައިވާ ބަދަލު ސާފުކޮށް ފެންނާނީ ވޭތުވެދިޔަ 3 ބިލް، އެބަހީ ރަމަޟާން ޑިސްކައުންޓް ހިމަނާފައިވާ 2 ބިލާއި ކުރު މުއްދަތަކަށް ބިލްކޮށްފައިވާ ބިލްގެ ކުރިން އެ ގޭބިސީއަކަށް ބިލްކޮށްފައިވާ ބިލާ އަޅައި ކިޔުމުން،" ސްޓެލްކޯއިން ބުންޏެވެ.

މި ގޮތުން، ޑިސެމްބަރ 2024 ނުވަތަ ޖަނަވަރީ 2025 ގެ ބިލާއި، އައު ޓެރިފް ރޭޓުން ބިލްކުރެވިފައިވާ ބިލް އަޅާ ކިޔުމުން ބިލުގެ ހަޤީޤީ ފަރަޤު ސާފުވާނެ ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.

ކުރިއަށް އޮތްތަނުގައި ފޮނުވާ ހުރިހާ ކަރަންޓު ބިލްތަކެއްވެސް ތައްޔާރުކުރެވިގެންދާނީ އައު ޓެރިފް ރޭޓްތަކަށް ކަމުގެ ޔަގީންކަން ސްޓެލްކޯއިން ދެއެވެ.

ފާއިތުވި ދުވަސްތަކުގައި ކަރަންޓު ބިލްތަކުގެ އަގު ބޮޑުވެފައިވާ ކަމުގެ ޝަކުވާ ގިނަ ރައްޔިތުން ކުރަމުން އައި ހިނދު، ރައީސް ޑރ. މުޢިއްޒު ވަނީ ކަރަންޓުގެ އަގު ހެޔޮކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅުއްވާފައެވެ. މި ފިޔަވަޅުތަކުގެ ނަތީޖާ ކުރިއަށް އޮތް މަސްތަކުގައި ފެންނާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު