އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 25 ސިކުންތު
ﷲ ބާވައިލެއްވި ޙުކުމްތަކަށް ޙުކުމް ނުކުރާ މީހަކީ ޠާޣޫތެކެވެ. އެކަން އެނގެނީ ތިރީގައި މިވާ ބަސްފުޅުންނެވެ.
ތާޣޫތުންގެ ޢަދަދަކީ ކޮބާ؟
ޖަވާބު: ތާޣޫތުންގެ ޢަދަދު ވަރަށް ގިނައެވެ. ތާޣޫތުންގެ ބޮޑުން ފަހެކެވެ.
އެއީ ލަޢުނަތްލެއްވި އިބިލީހާއި، އެފަރާތެއްގެ ރުހުމުގައި އެފަރާތަށް އަޅުކަންކުރެވޭ ކޮންމެ ފަރާތަކާއި، އެމީހާގެ ނަފްސަށް އަޅުކަންކުރުމަށް މީސްތަކުންނަށް ގޮވާމީހާއާއި، ޣައިބުގެ ޢިލްމު އެނގޭކަމަށް ދަޢުވާކުރާ މީހާއާއި، އަދި ﷲ ބާވައިލެއްވި ޙުކުމްތަކަށް ޙުކުމް ނުކުރާ މީހުންނެވެ.
= ޝައިޚުލް އިސްލާމް މުޙައްމަދު ބިން ޢަބްދުލްވައްހާބް ލިޔުއްވާފައިވާ ދަލާއިލުއްތައުޙީދި (ތައުޙީދުގެ ދަލީލުތައް) ގެ ތަރުޖަމާއިން
- ޝައިޚް މުޙައްމަދު ޝާފިޢު
Advertisement
6 ޖޫން 2025