އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބިރުވެތިވޭ!: ދުނިޔޭގައި ހުއްޓައިވެސް ޢަޛާބް އަވަސްކުރައްވަވާ 2 ފާފަ!

ބިރުވެތިވޭ!: ދުނިޔޭގައި ހުއްޓައިވެސް ޢަޛާބް އަވަސްކުރައްވަވާ 2 ފާފަ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 17 ސިކުންތު

ބައެއް މީހުން ވަރަށް އާދައިގެ ކަންކަމާއި ގުޅިގެންވެސް ރަޙިމުގެ ގުޅުން ކަނޑައެވެ. ވާހަކަ ނުދައްކައި ތިބެއެވެ. ފޯނުކުރިޔަސް ޖަވާބު ނުދިނުމާއި ފޯނު ބްލޮކްކުރުން ފަދަ ކަންކަންވެސް ކުރެއެވެ. މިހުރީ ހައްތާވެސް ރަޙިމުގެ ގުޅުން ކެނޑުމުގެ ޢަމަލުތަކެވެ. މިފަދަ ކަންކަން ގިނަ މީހުންނަށް ކުރެވެނީ އެކުރެވެނީ ކިހައިވަރެއްގެ ފާފައެއްކަން ނުވިސްނޭތީކަމަށްވެދާނެއެވެ.

އެހެންވެ މިބަލައިލަނީ މައިންބަފައިންނަށް މުކިޔަމަންތެރިވުމާއި ރަޙިމުގެ ގުޅުން ކެނޑުމުގެ ހުރި ނުބައިކަމުގެ މައްޗަށެވެ!

މައިންބަފައިންނަށް ކިޔަމަންތެރި ނުވުމުގެ ޙައްޤު ލިބިގެންވަނީ ހަމައެކަނި ﷲ ތަޢާލާއަށް އުރެދުމެއްވާ ކަންކަމުގައެވެ. އެހެން އެއްވެސް ކަމެއްގައި ނުކިޔަމަންތެރިވުމެއް ނެތެވެ. އަދި ނުކިޔަމަންތެރިވުމަކީ ކިހައިވަރެއްގެ ބޮޑު ފާފައެއްކަން މި ޙަދީޘްފުޅުން އެނގިގެންދެއެވެ.

”كُلُّ ذُنُوبٍ يُؤَخِّرُ الله مِنْهَا مَا شَاءَ إِلَى يَوْمِ الْقِيَامَةِ إِلَّا الْبَغْيُ وَعُقُوقُ الْوَالِدَيْنِ أَوْ قَطِيعَةُ الرَّحِمِ يُعَجِّلُ لَصَّاحِبِهَا فِي الدُّنْيَا قَبْلَ الْمَوْتِ“ رواه البخاري في الأدب المفرد

އެކުލެވިގެންވާ މާނައީ: "ހުރިހާ ފާފަތަކުގެ ތެރެއިން ﷲ އިރާދަކުރައްވާ ފާފަތަކަކަށް، އެފާފަތަކުގެ ޢަޛާބުނުދެއްވަވައި ޤިޔާމަތްދުވަހާއި ހަމައަށް ލަސްކުރައްވައެވެ. މައިންބަފައިންނަށް ނުކިޔަމަންތެރިވުމާއި ޢާއިލީ ގުޅުން ކެނޑުން ފިޔަވައެވެ. ފަހެ މައިންބަފައިންނަށް ނުކިޔަމަންތެރިވެ ޢާއިލީ ގުޅުން ކަނޑާ މީހާއަށް އޭނާ މަރުވުމުގެ ކުރިން ޢަޛާބު އަވަސްކުރައްވައެވެ."

މިހަދީޘްފުޅުން އެނގިގެން މިދަނީ ހުރިހާ ފާފަތަކުގެ ތެރެއިން ﷲ އިރާދަކުރައްވާ ފާފަތަކަކަށް، އެފާފަތަކުގެ ޢަޛާބުނުދެއްވައި ޤިޔާމަތްދުވަހާއި ހަމައަށް ލަސްކުރައްވަވާ ކަމެވެ. ނަމަވެސް މައިންބަފައިންނަށް ނުކިޔަމަންތެރިވުމާއި ޢާއިލީ ގުޅުން ކެނޑުމުގެ ފާފައަށް ޢަޛާބް ދެއްވެވުން ފަސްނުކުރައްވަވާކަމެވެ. "ފަހެ މައިންބަފައިންނަށް ނުކިޔަމަންތެރިވާ މީހާއަށާއި ޢާއިލީ ގުޅުން ކަނޑާ މީހާއަށް، އޭނާ މަރުވުމުގެ ކުރިން ޢަޛާބު އަވަސްކުރައްވައެވެ."

Nafi’ ibn al-Harith reported:

The Prophet, peace and blessings be upon him, said,

“Every consequence of sin is delayed by Allah, as he wills, until the Day of Resurrection, except for injustice, disobedience to parents, or severing family ties. He will hasten the punishment of those who commit them in this world before he dies.”

Source: al-Adab al-Mufrad 588 Grade: Sahih (authentic) according to Al-Albani

 

މިޙަދީޘްފުޅުގައި ޢަޛާބު އަވަސްކުރައްވަވާ ދެވަނަ ފާފައިގެ ގޮތުގައި ބަޔާންކުރައްވަވާފައި އެވަނީ ރަޙިމުގެ ގުޅުން ކެނޑުމެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް