އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދަރިންނަށް އަޅާލައި ލޯބިދީގެން ގެންގުޅެ ބޮޑުކުރާ ދޮންބައްޕަ އެއްލާލައި ދަރިންގެ ބައްޕަކަމަސްވީތީ ކުރީގެ ފިރިމީހާއާ ގުޅުމަކީ ކުރެވޭ ބޮޑު ކުށެއް! ފާފަވެރިވެސްވާނެ ކަމެއް!

ދަރިންނަށް އަޅާލައި ލޯބިދީގެން ގެންގުޅެ ބޮޑުކުރާ ދޮންބައްޕަ އެއްލާލައި ދަރިންގެ ބައްޕަކަމަސްވީތީ ކުރީގެ ފިރިމީހާއާ ގުޅުމަކީ ކުރެވޭ ބޮޑު ކުށެއް! ފާފަވެރިވެސްވާނެ ކަމެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 33 ސިކުންތު

ދަރިން ލިބޭފަހުން ވަރިކޮށްލައި ދަރިންނަށް ޚަރަދުނުކޮށް ތިބެފައި އެދަރިން ބޮޑެތިވުމުން ނުވަތަ ހެދުނު ގޯހުން އަތްފައި ފިހުމުން އެކަމުން ސަލާމަތްނުވެވުނީމާ ދަރިންގެ މަންމަ ގާތަށް ގޮސް ދަރިންގެ ބައްޕަވެގަންނަ މީހުންގެ ވާހަކަތައް ވަރަށް ގިނައިން އަޑުއަހަމެވެ. އެއަޑުިތައް އިވިއިވި ހުއްޓައި އަޅުގަނޑަށްވެސް މިވަނީ އެމުމުޞީބާތް ކުރިމަތިވެފައެވެ.  

ދެދަރިންނާއިއެކު ވަރިކޮށް އެއްލައިލީމާ ދުވާލަކު އެއްއިރު ކައިގެން ދަރިފުޅު ނުހަނު ނިކަމެތި ޙާލުގައި ގެންގުޅެނިކޮށް އަތުގައި ހިފިމީހާއާއެކު އުޅޭތާ 3 އަހަރުވީތަނާ ކުއްލިއަކަށް ދިންގެ ޕައްޕަ މިހާރު އުޅެނީ ރިފޯމްވެގެންނެވެ. ނުހަނު ރަނގަޅު ފިރިމީހާގެ ކިބައިން ވަރިވެ އޭނާ އާއި ކައިވެނިނުކޮށްގެން އެއްޗެތި ގޮވަމުންވެސް ފަހަތުން ހިނގަނީއެވެ. އެކަނި މަގެއްމައްޗަށް ނުކުމެވޭކަށްވެސް ނެތެވެ.  

މިކަމުގައި ބަހެއް ނުބުނެ އިނދެވޭކަށް ނެތެވެ. އަނބިމިހާއަށް 4 އުދަރެސް ފެނުޖެހި ހައިހޫނު ކަމުގައި އިންދާ އައިސް އަތުގައި ދަރިންވެސް ނުހަނު ލޯބިން ބަލައިދީގެން އުޅެނިކޮށް އެދެމަފިރިންގެ ދެމަދަށް ވަދެގަންނަން ދައްކާ ބަހަނާއަކީ ދަރިންގެ ބައްޕަވީތީ ކަމެވެ. ބައްލަވަ! ދަރިންކޮޅު ކުޑައިރު އެކައިލަނީ، ނިކަމެތިކޮށްލަނީ ބައްޕަކަމަށް ނުވާތީ ހެއްޔެވެ؟ އެއިރު ބައްޕަ ނުވެފައި ގޮތްހުސްވުމުން ދަރިންގެ ބައްޕަވުމަކީ ދީނުގެ ކޮން ތަނެއްގައި އޮތް ކަމެއްތޯއެވެ؟ ހޯދަހޯދައިވެސް އެތަނެއް އަޅުގަނޑަކަށް ނުފެނުނެވެ.  

އަޅުގަނޑުގެ ވާހަކަކޮޅު މިއަދުނޫހާއި ޙިއްޞާ މިކުރީ މިފަދަ އަނިޔާވެރި ފިރިންނާއިމެދު ހުރިހާ އަންހެނުންވެސް ހޭލުންތެރިވުމަށް ބުނުމަށެވެ. އެންމެ މުހިންމުވާ ދުވަހު ބައްޕަނުވެ ދޭ އަނިޔާއިން އަރައިގަނެވި އުފާވެރި ދިރިއުޅުމެއް ލިބުނީމާ ބައްޕަވެގެން ތެޅިފޮޅޭ ފިރިހެނުންގެ ބޮލުގައި ތެްތްގޯނި އަޅުވަންޖެހޭ ބައެއްކަމަށް ބުނުމަށެވެ. އެއީ އަޞްލު ފިރިހެނުންނެއްވެސް ނޫނެވެ. ފިރިހެނުންނަށް ހުތުރުއަރުވަން އުޅޭ ބައެކެވެ. ފިރިހެނުންނަކީ އެމީހުންގެ ޒިންމާ އަދާކުރާ މީހުންނެވެ. ވަރިކުރިޔަސް ޚަރަދުކޮށް ދަރިންގެ ކަންކަން ބަލަހައްޓާ ފިރިހެނުންނެވެ.

- މިއަދުނޫހުގެ ކިޔުންތެރިއެއް 

މިއީ ވަރަށް ގިނައިން ކުރިމަތިވާ މައްސަލައަކަށްވާތީ ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!

އަޅުގަނޑުމެންގެ ކައިވެންޏަށް 41 އަހަރެވެ. 6 ދަރިން އެބަތިއްބެވެ. އެއިގެ ތެރެއިން 4 ކުދިންނަކީ ސްކޫލްތަކުގައި ކިޔަވާކުދިންނެވެ. އަނެއް 2 ކުދިން ކޮލެޖުގައެވެ. ނުލާހިކު ރީތި ދިރިއުޅުމެއް އުޅެމުން އައިސްފައި ކުއްލިއަކަށް ފިރިމީހާ އަޅުގަނޑު ވަރިކޮށްލައިފިއެވެ. ވީގޮތެއްވެސް ނުބުނެއެވެ. އަޅުގަނޑަށް ކުރެވުނީ ކޮން ކުށެއްކަމެއްވެސް ނުބުނެއެވެ.

ވަރިކުރުމަށްފަހު އަޅުގަނޑުމެން ދުނިޔޭގައި ތިބިތޯވެސް ބަލައެއް ނުލައެވެ. މީހަކަށް ސަލާމެއް ނުޖަހަމެވެ. އެކަމަކު މައިންބަފައިންގެ ކިބައިން ލިބިފައި ހުރި ގަހަނާކޮޅުވެސް ވިއްކާލަން ޖެހުނެވެ. ހަދާނެ އެއްވެސް ގޮތެއް ނެތިފައި ތިއްބައި ބައްދަލުވި މީހަކު އަޅުގަނޑުގެ އަތުގައި ހިފިއެވެ. އޭނާގެ 2 ދަރިން ބަލައިދިނުން ޝަރުޠުކޮށް އަޅުގަނޑުގެ 6 ކުދިން ބަލައިދޭން އެއްބަސްވުމުން ދެމީހުން ކައިވެނިކުރީއެވެ.  

ދެވަނަ ކައިވެންޏަށް 2 ވަނަ އަހަރު ދެމީހުންނަށް މިވަނީ ދަރިއަކު ލިބިފައެވެ. އެދަރިފުޅަށްވެސް މިހާރު 3 އަހަރެވެ. ކުއްލިއަކަށް ކުރީގެ ފިރިމީހާ މިތަނަށް ފުންމާލައިފިއެވެ. އޭނާ ކައިވެނިކުރި މީހާ އޭނާއަށް ކޮޅުކެހިދީފައި ދިއުމުން މިހާރު ބުނަނީ ދަރިންގެ ޙައްޤުގައި އަލުން ދެމީހުން ގުޅުމަށެވެ. އެކަން ނުކުރާނެ ކަމަށް ބުނުމުން މިހާރު މަސައްކަތްކުރަނީ އަޅުގަނޑުމެން ދެމަފިރިންގެ މެދުގައި ފިތުނަ އުފެއްދޭތޯއެވެ! އޭނާ ބުނަނީ އަޅުގަނޑަށް ފަހުން ލިބުނު އެންމެ ދަރިފުޅަށްވުރެ ދޮށީ 6 ކުދިން މާމުހިންމުވާންޖެހޭނެ ކަމަށެވެ.  

އަޅުގަނޑުގެ ސުވާލަކީ މިޙާލަތުގައި 2 ވަނަ ފިރިމީހާ އާއި ވަކިވުމަކީ ކޮންކަހަލަ ކަމެއްތޯއެވެ؟ 6 ކުދިން އޭނާއަށް ލިބިފައިވުމަކީ އަލުން އޭނާ އާއި ގުޅެންޖެހެހެންވީ ސަބަބެއްތޯއެވެ؟  

ކިޔުންތެރިޔާގެ ސުވާލު 3 ފަރާތަކަށް ޙިއްޞާކޮށްލީމެވެ. ލިބުނީ ދާދި އެއް ޖަވާބެކެވެ. އެއީ 6 ދަރިން ކިތަންމެ މުހިންމު ނަމަވެސް އެ 6 ދަރިންގެ ބައްޕައަކީ އަނިޔާވެރިއެކެވެ. ފަހުން ލިބިފައިވަނީ އެންމެ ކުއްޖެ ނަމަވެސް އޭނާ ވަނީ އެ 6 ދަރިން އެންމެ ނިކަމެތިވީ ދުވަހު އެ 6 ކުދިންގެ ޒިންމާ އުފުލާފައެވެ. ވީމާ އޭނާއަކީ ރަޙުމްހުރި ހެޔޮލަފާ މީހެކެވެ. މުހިންމީ ދަރިންތަކުގެ ބައްޕަ ކަމަށް ވުމެއް ނޫނެވެ. ދަރިން ބެލުމުގެ ޒިންމާ އުފުލުމެވެ. ނޫންނަމަ އެމީހަކު ވާނީ އެންމެ ބޮޑެތި އަނިޔާވެރިންގެ ތެރެއިންނެވެ.  

ކިޔުންތެރިޔާއަށް އަށް އަނިޔާވެރިވެ އަދި 6 ކުދިންވެސް އެއްލައިލުމުން އޭނާއަށްވެސް އެކަމުގެ ހިތިކަން ފެނުނު ފަދައިން އިޚްލާޞްތެރި ފިރިމީހާއަށް އަނިޔާވެރިވެއްޖެނަމަ ކިޔުންތެރިޔާއަށްވެސް އެފަދަ ހިތާމަވެރި ގޮތެއް މެދުވެރިވެދާނެކަމަށް ބިރުވެތިވާށެވެ. ސަބަބަކީ ތިއަ ޙާލަތުގައި މިހާރުގެ ފިރިމީހާގެ ހިތުގައި ޖެހޭނެ ގޮތަކަށް ކަންކަން ކުރުމަކީ ކުރެވޭ ފާފައަކަށްވާނެތީއެވެ.

 

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް