އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 59 ސިކުންތު
މާތް ﷲ ގެ ހެޔޮ ރަޙްމަތްފުޅަށް އިއްޔެ ދަތުރފުޅު ކުރެއްވެވި ފަޟީމަތުއްޝައިޚް އިބްރާހީމް ފަރީދު ރަޙިމަހުﷲ ގެ ހަށިކޮޅު މި ހަފްތާގެ ހުކުރު ދުވަހުގެކުރިން މެލޭޝިޔާގައި ވަޅުލައިފި ނަމަ، ހުކުރު ދުވަހު ހުކުރު ނަމާދަށް ފަހު، ރާއްޖޭގެ ހުކުރުކުރާ ހުރިހައި މިސްކިތެއްގައި ޝޥައިޚުގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރަން އިސްލާމިކް މިނިސްޓްރީން ނިންމަވައިފިއެވެ.
މިނިސްޓްރީގެ ބަސް:
ޝައިޚު ފަރީދުގެ ޖަނާޒާގެ ކަންކަން މެލޭޝިޔާގައި ކުރިއަށް ގެންދަވަން އާއިލާއިން ނިންމަވާފައިވާތީވެ، ޝައިޚުގެ މައްޗަށް ރާއްޖޭގައި ޣައިބަށް ކަށު ނަމާދު ކުރުމާމެދު ވަރަށް ގިނަ ފަރާތްތަކުން އެދެމުންދާތީވެ ދަންނަވަން. އިންޝާ ﷲ މި ހަފްތާގެ ހުކުރު ދުވަހުގެކުރިން މެލޭޝިޔާގައި ވަޅުލައިފި ނަމަ، ހުކުރު ދުވަހު ހުކުރު ނަމާދަށް ފަހު، ރާއްޖޭގެ ހުކުރުކުރާ ހުރިހައި މިސްކިތެއްގައި ޝައިޚު ފަރީދުގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރަން މިނިސްޓްރީން ވަނީ ނިންމާފަ. ޖަނާޒާގެ ކަންކަން ދާ ގޮތް އިއުލާންކުރާނަމެވެ.
Advertisement
10 ޖޫން 2025