އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފަޤީރު މަންމައަކަށް 10 މިލިއަން ޑޮލަރު ލިބުމުން ހިފައިގެން ދޭނެ ދަރިއަކު ހޯދަން ދަރިންގެ ގޭގެއަށް ހިނގުމުން ކުރަންޖެހުނު ތަޖުރިބާ- ކޮންމެ ދަރިއަކުވެސް ވިސްނާލުން ބުއްދިވެރި ފިލާވަޅެއް!

ފަޤީރު މަންމައަކަށް 10 މިލިއަން ޑޮލަރު ލިބުމުން ހިފައިގެން ދޭނެ ދަރިއަކު ހޯދަން ދަރިންގެ ގޭގެއަށް ހިނގުމުން ކުރަންޖެހުނު ތަޖުރިބާ- ކޮންމެ ދަރިއަކުވެސް ވިސްނާލުން ބުއްދިވެރި ފިލާވަޅެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 42 ސިކުންތު

އެކަނި ގޭގައި އިންނަ މުސްކުޅި އަންހެނަކަށް ލޮޓަރީއަކުން 10 މިލިއަން ޑޮލަރު ލިބުމުން އެފައިށާއަށް ޗެކެއް ލިޔެގެން ދޭނެ ދަރިއަކު ހޯދަން ނުކުތެވެ. 

ފުރަތަމަ ދިއަ ދަރިފުޅަށް ދުރުން މަންމަ އަންނަތަން ފެނުމުން ފިރިމީހާ ގާތުގައި ގުންޏެވެ. "މަންމަ އެއަންނާނީ ކޮންމެވެސް ބޭނުމަކު އެވެ. އަހަރެން ގޭގައި ނެތްކަމަށް ބުނާށެވެ! ގެއަސް ނުވެއްދީމާ ހިނގައިދާނެއެވެ." 

ދެންދިއައީ ހަގުދަރިފުޅުގެ ގެއަށެވެ. ދަރިފުޅާއި ބައްދަލުވުމުން ފުރަތަމަވެސް ޝަކުވާކުރީ އަންގާނުލައި ގެއަށް ދިއައީތީއެވެ. އުޅެނީ ބަލިވެ ކަމަށް ބުނެ ދުވަސްކޮޅަކު އެގޭގައި ބަހައްޓައި ދިނުމަށް އެދުނެވެ. އެދަރިފުޅު ބުނީ މަންމަ ފަދަ މުސްކުޅިއަކު ގޭގައި ބަހައްޓަން ފިރިމީހާ ނުރުހޭނެ ކަމަށެވެ. 

ދެން ދިއައީ 3 ވަނަ ދަރިފުޅުގެ ގެއަށެވެ. ދަރިފުޅަށް މަންމަ ފެނުމާއިއެކު އައިސް ބައްދައިލާފައި ބުންޏެވެ. މަންމަ ދެން އެކަނި އިންނަން ގެއަށްދާނެ ކަމެއް ނެތެވެ. މަންމައަށް ތިއަ އާދެވުނީ މަންމަ ބައިންދާނެ ކޮޓަރި ތައްޔާރުކޮށްފައި ބަލައިދާނެ ވަޤުތެއް ފިރިމީހާއަށް ނުވެގެން އުޅެނިކޮށެވެ. މިހާރު ތިއަހުރީ ޢާދެވިފައެވެ. އަވަހަށް ކޮޓަރިއަށް ވަދެ ފެންވަރާލައި ރީތިވެގެން ނުކުންނާށެވެ! ލާނެ ހެދުންވެސް ކޮޓަރީގައި ހުންނާނެއެވެ. 

ފެންވަރާލައިގެން ނުކުތްތަނާ ދަނބިދަރިފުޅު ގެއަށް އައުމުން ކައިނިމިގެން މަންމަ ބުންޏެވެ. "ދެދަރިންނޭވެ! މަންމަ މިބުނާ ކަންތައް މަންމަ ބުނާ ގޮތަށް ކުރާށެވެ! މަންމަ ފަޤީރު ޙާލުގައި އިންދައި މިވަނީ މުއްސަނދިވެފައެވެ. ލޮޓަރީއަކުން 10 މިލިއަން ޑޮލަރު ލިބިއްޖެއެވެ. އެކައުންޓުގައި ފައިށާ ހުންނާނެއެވެ. މިއޮތީ ދަރިފުޅަށް އޮތް ޗެކެވެ. އަވަހަށް ދަރިފުޅުގެ އެކައުންޓަށް ފައިސާ ޓްރާންސްފަރކޮށްލާށެވެ." 

އެހެން ބުނެފައި އަނެއް 2 ދަރިންގެ ގެއިން ކަންތައްތައް މެދުވެރިވި ގޮތް ކިޔައިދިނެވެ. ބުންޏެވެ. "މަންމަގެ ފަޤީރު ޙާލުގައި މަންމަ ބަލައިގަތީ ތިއަ ދަރިފުޅެވެ. ވީމާ މިފައިސާ ދޭންބޭނުންވަނީ ހަމައެކަނި ތިއަ ދަރިފުޅަށެވެ. މަންމަގެ ފައިސާއަށް ޢަމަލުކުރަންޖެހޭނީ މަންމަ މިބުނި ގޮތަށެވެ. ގެއާއި ބިން 3 ދަރިންނަށެވެ." 

މިއީ އަޅުގަނޑަށް ފެނިފައިވާ ވީޑިއޯއެއްގައި ކަންކަން ހިނގައިދިއަ ގޮތުގެ ވާހަކައެވެ. ވޯޑިއޯގެ އަޞްލާއިމެދު އެއްޗެއް ބުނާކަށް ނެތީމެވެ. ނަމަވެސް މިއީ މުސްކުޅި ނިކަމެތި މައިންނަށް ދަރިންގެ ފަރާތުން ކަންކަން މެދުވެރިވާ ގޮތް ވީމާ މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާކޮށްލަން ބޭނުންވީއެވެ. ހަމަ ޤައިމުވެސް ޢިބްރަތްތެރި ފިލާވަޅަކަށްވާނެއެވެ.

 

- މަންމައެއް، މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް