އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފަޤީރުންނާއި މިސްކީނުންގެ ބޭސްފަރުވާއަށް 1.9 މިލިޔަނަށް ވުރެ ގިނަ ރުފިޔާ 4 މަސްތެރޭ ޒަކާތު ފަންޑުން ހަރަދުކޮށްފި

ފަޤީރުންނާއި މިސްކީނުންގެ ބޭސްފަރުވާއަށް 1.9 މިލިޔަނަށް ވުރެ ގިނަ ރުފިޔާ 4 މަސްތެރޭ ޒަކާތު ފަންޑުން ހަރަދުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 8 ސިކުންތު

މިއަހަރުގެ ފުރަތަމަ ހަތަރު މަސްދުވަހުގެ ތެރޭގައި ފަޤީރުންނާއި މިސްކީނުންގެ ބޭސްފަރުވާއަށް 1.9 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ޒަކާތު ފަންޑުން ޚަރަދުކޮށްފައިވާކަމަށް އިސްލާމިކް މިނިސްޓްރީގެ ދަށުން ހިންގާ ޒަކާތު ފަންޑުން މިއަދު ހާމަކޮށްފިއެވެ.

ޒަކާތު ފަންޑުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިއަހަރުގެ ޖެނުއަރީ މަހު 102 މީހަކަށް ބޭސްފަރުވާގެ އެހީގެ ގޮތުގައި 761,287.50 ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މީގެ ތެރެއިން ކެންސަރު ބައްޔަށް އެކަނި 199,303.50 ރުފިޔާ ޚަރަދުކޮށްފައިވާކަން ފާހަގަކުރެވެއެވެ.

ފެބްރުއަރީ މަހު 89 މީހަކަށް ބޭސްފަރުވާގެ އެހީ ހަމަޖައްސައިދީފައިވާއިރު، އެ މަހު 759,128 ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މާރޗް މަހު 68 މީހަކަށް އެހީގެ ގޮތުގައި 2,226,523.01 ރުފިޔާ ހަމަޖައްސައިދީފައިވާއިރު، އޭގެ ތެރެއިން 847,278.50 ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

އެންމެ ފަހުން ނިމިގެން ދިޔަ އޭޕްރީލް މަހު 111 މީހަކަށް 1.7 މިލިޔަން ރުފިޔާގެ އެހީ ހަމަޖައްސައިދީފައިވާއިރު، އެ މަހު 1.1 މިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

މީގެ އިތުރުން، ޒަކާތު ފަންޑުން މި ހަތަރު މަސްދުވަހުގެ ތެރޭގައި ޟަރޫރީ އެހީގެ ގޮތުގައި 86,000 ރުފިޔާއަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އަދި ޢާމިލުންގެ ބަޔަށް 1.3 މިލިޔަނަށް ވުރެ ގިނަ ރުފިޔާ، ޤުރުއާން ދަސްކުރުމާއި އިލްމު ފެތުރުމަށް 1.1 މިލިޔަނަށް ވުރެ ގިނަ ރުފިޔާ، އަދި ދީނީ ޕްރޮގްރާމްތަކަށް 1.1 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާކަން ފާހަގަކުރެވެއެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު