އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

37 ވަނަ ޤައުމީ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

37 ވަނަ ޤައުމީ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 12 ސިކުންތު

ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ހުޅުވާލައިފިއެވެ. މި މުބާރާތަކީ ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މުހިންމު ދީނީ މުބާރާތެކެވެ.

ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ވިދާޅުވީ، މި މުބާރާތުގައި ރާއްޖޭގެ ކައުންސިލްތަކާއި ސްކޫލްތަކުގެ އިތުރުން ޖަމިއްޔާތަކަށް ބައިވެރިވުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށެވެ. މުބާރާތުގައި ބައިވެރިވުމަށް ފުރަތަމަ ރަޖިސްޓްރީވާންޖެހޭނީ މުއައްސަސާތަކާއި ޖަމިއްޔާތަކުން ކަމަށާއި، އެ ތަންތަން ތަމްސީލުކުރާ ބައިވެރިން ރަޖިސްޓްރީކުރުން ކުރިއަށްދާނީ މުއައްސަސާތައް ރަޖިސްޓްރީވުމަށްފަހު ކަމަށް މަރުކަޒުން މަޢުލޫމާތު ދެއްވިއެވެ.

މިހާރު ހުޅުވާލާފައިވަނީ މުއައްސަސާތަކާއި ޖަމިއްޔާތައް ރަޖިސްޓްރީކުރުމުގެ ފުރުޞަތެވެ. މި ފުރުޞަތު މިމަހުގެ 18 ވަނަ ދުވަހުން ފެށިގެން މިމަހުގެ 29 ވަނަ ދުވަހާ ހަމައަށް ހުޅުވާލެވިފައިވާނެއެވެ. މުއައްސަސާތަކާއި ޖަމިއްޔާތަކުން ރަޖިސްޓްރީވާންޖެހޭނީ ވަންގަވް ޕޯޓަލް މެދުވެރިކޮށެވެ. މުއައްސަސާތަކާއި ޖަމިއްޔާތައް ރަޖިސްޓްރީވުމަށްފަހު، އެ ތަންތަނުން ބައިވެރިވާ ކުދިންނާއި މީހުން ރަޖިސްޓްރީވުމަށް ހުޅުވާލެވޭނެކަމަށް ޤުރުއާނާ ބެހޭ މަރުކަޒުން ވިދާޅުވިއެވެ.

މިފަހަރުގެ މުބާރާތުގައިވެސް ބަލައިގެން ކިޔެވުމާއި ނުބަލާ ކިޔެވުމާއި ޙާފިޒުންގެ ގޮފީގައި ދަރިވަރުންނަށް ވާދަކުރެވެއެވެ. އަދި މި މުބާރާތް ކުރިއަށްދާނީ ތިން ބަޔަކަށް ބަހާލައިގެންނެވެ. އެއީ ސްކޫލްތަކުގެ ބަޔާއި، ޙާފިޒުންގެ ބަޔާއި، ކުލަބު ޖަމިއްޔާތަކުގެ ބަޔެވެ. މި މުބާރާތުގެ މަޤްޞަދަކީ ކީރިތި ޤުރުއާނުގެ ޢިލްމު ދިވެހި މުޖުތަމަޢުގައި ފުޅާކުރުމާއި، ޤުރުއާން ކިޔެވުމަށް ދަރިވަރުންނާއި އާންމުންނަށް ހިތްވަރުދިނުމެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު