އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަންމަގެ ބޭސްފަރުވާއަށް ސަލާންޖަހަން މަގުތަކުގަ ހިނގި އަންހެން ކުއްޖަކު ޓޯކިޔޯގެ އެންމެ މުއްސަދި އަންހެނަކަށް ވީގޮތުގެ ވާހަކަ-

މަންމަގެ ބޭސްފަރުވާއަށް ސަލާންޖަހަން މަގުތަކުގަ ހިނގި އަންހެން ކުއްޖަކު ޓޯކިޔޯގެ އެންމެ މުއްސަދި އަންހެނަކަށް ވީގޮތުގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 51 ސިކުންތު

އެއީ ޢުމުރުން 14 ވަރަކަށް އަހަރުގެ އަންހެން ކުއްޖެކެވެ. މަގުތަކުގައި ހިނގަމުން ދިއައީ ބަލިހާލުގައި އޮތް މަންމައަށް ބޭސްފަރުވާކުރެވޭނެ ގޮތެއް ނެތިގެން ސަލާންޖަހަމުންނެވެ. ފެންބޮވައިގަނެގެން ފޮންފޮދެއް ލިބޭތޯ ރިސްޓޯރަންޓަކަށް ވަންތަނުން އެތަނުގައި ކާން އިން މިލިއަނަރެއްގެ ސަމާލުކަމަށް އެކުއްޖާ އައެވެ.  

ގޮވާލައި ގެނެސް ކުރިމަތީގައި ބައިންދާފައި ޙާލުގެ ވާހަކައިން ސުވާލުކުރުމުން ކުއްޖާ ކިޔައިދިނެވެ. "އަޅުގަނޑުގެ މައިންބަފައިންނަކީވެސް ވަރަށް ތަޤްވާވެރި ބައްޕައެކެވެ. އަޅުގަނޑުވެސް މަސައްކަތްކުރަމުން މިއަންނަނީ އެކަމަށް އެދިގެންނެވެ. މައްސަލަތައް ކުރިމަތިވީ ބައްޕަ ނިޔާވުމާއި ގުޅިގެންނެވެ. ބައްޕަ ނިޔާވިތަނުން މަންމަވެސް ބަލިވީއެވެ. މަންމައަށް ބޭސްފަރުވާކުރެވޭނެ އެއްވެސް ގޮތެއް ނެތެވެ. ޢާއިލާގެ އެއްވެސް މީހަކު އެހީތެރިއެއް ނުވިއެވެ. އެހެންވެ މިހިނގަނީ މަންމަގެ ފަރުވާއަށްޓަކައި ސަލާންޖަހަމުންނެވެ."  

އެކުއްޖާގެ ވާހަކައިން މިލިއަނަރަށް ވަރަށް އަސަރުކުރިއެވެ. ބުންޏެވެ. ފުރަތަމަ ކަމަކަށް ރަނގަޅަށް ކާށެވެ! ކައިގެން މަންމައާއި ބައްދަލުކުރަންދާނީއެވެ. ސަލާން ޖަހަން ނުޖެހި ބޭސްފަރުވާކުރެވޭނެ ގޮތް ހަދައިދޭނަމެވެ. އިން ޝާ ﷲ"  

ކައިގެން ގެއަށް ދެވުނުއިރު މަންމަ އޮތީ ނިޔާވެފައެވެ. ކުއްޖާއަށް ބާރަށް ރޮވެން ފެށިއެވެ. "މަންމަވެސް ނިޔާވީއެވެ. ވަޅުލެވޭނެ ގޮތެއްވެސް ނެތެވެ. އަހުރެންނަށް ދެން އަޅައިލާނީ ކާކުހެއްޔެވެ؟ ދުނިޔެއަށް އެކަނިވީއެވެ. މަގުމަތިވީއެވެ. ނިކަމެތިވީއެވެ."  

މިލިއަނަރު ކުއްޖާ ގައާއި ކައިރިކޮށްލައި ބައްދައިލާފައި ބުންޏެވެ. "ޔަޤީން ކުރާށެވެ! ނިޔާވީ ދަރިފުޅުގެ އެކަނި މަންމައެއް ނޫނެވެ. އަހުރެންގެވސް މަންމައެވެ. މިވަޤުތުން ފެށިގެން ތިއައީ އަހުރެންގެ އަމިއްލަ ދަރިއެކެވެ. ދެން ދަރިފުޅު ހުންނާނީ މިބައްޕަގެ ގާތުގައެވެ."  

ކަންދިމާވި ގޮތުން މިލިއަނަރުވީ ދަރިން ނުލިބޭ މީހަކަށެވެ. އޭނާގެ ހުރިހާ ތަނަވަސްކަމެއް ހަދިޔާކުރީ އެއަންހެންކުއްޖާއަށެވެ. މިއަދު އެއަންހެން ކުއްޖާއަކީ ޓޯކިޔޯގެ އެންމެ މުއްސަނދި 100 އަންހެނުންގެ ތެރެއިން އެކެކެވެ.  

މިއީ އަޅުގަނޑަށް ފެނިފައިވާ ވީޑިއޯއެއްގައި ކަންތައް ހިނގައިދިއަގޮތެވެ. މިއަދުނޫހުގެ ކިޔުންތެރިންގެ ސަމާލުކަމަށް ގެނައުމުގެ ބޭނުމަކީ މައިންނަށް އަޅާލައި އެހީތެރިވާން މަސައްކަތްކުރީމާ ދުނިޔޭގައިވެސް ކުރާ ފައިދާގެ ވާހަކަ ބުނެލުމަށާއި އަދި ކިތަންމެ ފަޤީރު ނަމަވެސް އެމީހަކަށް ﷲ ތަޢާލާ ތަނަވަސްކަން ދެއްވަވަން އިރާދަކުރައްވަވައިފިނަމަ ތަނަވަސްކަން ދެއްވަވާނެ ކަމަށާއި އެކަން މިންވަރުކުރައްވަވާނެ ގޮތް ނުވެސް އެނގޭނެކަމަށް ބުނެލުމެވެ. 

ނިންމާލަމުންވެސް ބުނެލާނަމެވެ! މައިންނަށް ހެޔޮކޮށް ހިތާށެވެ! އެއީ ތަނަވަސްކަން އިތުރުކުރައްވަވާނެ ސަބަބެކެވެ. އިން ޝާ ﷲ  

- މަންމައެއް، މިއަދުނޫހުގެ ކިޔުންތެރިއެއް  

- ޢިބްރަތްތެރި ޥާހަކަ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް