އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 56 ސިކުންތު
ސްޓެލްކޯއަކީ ރާއްޖެއަށް ބެލިނަމަވެސް އެންމެ ކިޔަވައިގެން ތިބި އެންމެ ޤާބިލް މުވައްޒިފުން ތިބި ދެވަނަ ކުންފުނިކމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
ފަހުމީ މިމޭރުމުން ވިދާޅުވީ ސްޓެލްކޯ އިންހައުސް ޓްރެއިނަރސް ޕޫލް އިފްތިތާހުކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ފަހުމީގެ ވާހަކަފުޅުން:
އިރާދުކުރެއްވިއްޔާ ކުންފުނީގެ ކުރިމަގު ރަނގަޅުކަމަށް އަޅުގަނޑަށް ޤަބޫލު ކުރެވެނީ. ހަމަ ޒުވާނުންތަކެއް، އަނެއްކާ ކިޔަވައިގެން ތިބި ބޭބޭފުޅުން މުޅިންވެސް ތިއްބެވީ. ރާއްޖެއަށް ބަލައިލި ކަމުގައި ވަންޏާ، އަޅުގަނޑުމެންގެ ކުންފުނި ހިމެނޭނެ އެންމެ ކިޔަވައިގެން ތިބި އެންމެ ޤާބިލް މުވައްޒިފުން ތިބި ދެވަނަ ކުންފުންޏަކަށް.
ފުރަތަމަ ކުންފުނި އަބަދުވެސް ދާނީ އައި.ޖީ.އެމް.އެޗް އަށް. އޮޕަރޭޝަންކުރާ ޑޮކްޓަރުންނާއި ދެން އެހެން ފީލްޑްއެއް ކަންނޭންގެ. އެ ފީލްޑްގަ ކަންނޭންގެ ގިނައިން ކިޔަވައިގެން ތިއްބެވި ބޭފުޅުން ތިއްބެވީ ހޮސްޕިޓާތަކުގަ ކަންނޭންގެ. ހޮސްޕިޓަލް ފިޔަވާ އެންމެ ގިނައިން ކިޔަވައިގެން ތިބި ބަޔަކު ތިބޭނީ މިހާރު ސްޓެލްކޯގަ.
އެހެންމަ އަޅުގަނޑުމެންނަށް ނުވިކަމެއް އެހެން ކުންފުންޏަކަށް ވާތަން އަޅުގަނޑުމެން ދެކެން ބޭނުމެއް ނުވާނެ. އަޅުގަނޑަކަށް ހިޔެއް ނުވޭ ތިބޭފުޅުންވެސް އެހެން ބޭނުންވާނެހެނެއް. ދެން ނޮލެޖް ޕޫލް އަޅުގަނޑުމެންނަށް ފެނިއްޖެ. ތިބޭފުޅުންނަށް ދެތިން ސެޝަން މީގެ ކުރިންވެސް ނަގައިދީފި. އެހެންމަ އަޅުގަނޑު އެދޭ އެދުމަކީ ހަމަ މެނޭޖްމަންޓުން ނިންމަވާފަ އޮތްގޮތަށް ހުރިހާ މުވައްޒަފުންނަށް ޓްރެއިނިންގް ދެއްވާ. އަދި އަޅުގަނޑަށް އެނގޭ ތި ދެއްވާ، ތިބޭފުޅުން ތި ދެއްވާ ޓްރެއިނިންގް ދެއްވަނީވެސް ވަރަށް އިޚްލާސްތެރިކަމާ އެއްކޮށް ވަރަށް ގިނަ ވަޤުތުތަކެއް ހޭދަ ކޮށްގެންކަން. އެކަމަށްޓަކާ ހަމަތި ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން.
Advertisement
26 ޖޫން 2025