އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފަތުރުވެރިކަމުގެ ވިޔަފާރި ފުޅާކުރެވިފައި ނެތް އަތޮޅުތަކުގައި ރިސޯޓު ތަރައްޤީކުރުމަށް ގެންގުޅުއްވާ ޕްލޭން އިޢުލާންކޮށްފި

ފަތުރުވެރިކަމުގެ ވިޔަފާރި ފުޅާކުރެވިފައި ނެތް އަތޮޅުތަކުގައި ރިސޯޓު ތަރައްޤީކުރުމަށް ގެންގުޅުއްވާ ޕްލޭން އިޢުލާންކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 10 ސިކުންތު

އެކަށީގެންވާ މިންވަރަށް ފަތުރުވެރިކަމުގެ ވިޔަފާރި ފުޅާކުރެވިފައި ނެތް އަތޮޅުތަކުގައި ރިސޯޓު ތަރައްޤީކުރުމަށް ގެންގުޅުއްވާ ޕްލޭން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިޢުލާނުކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަން އިޢުލާނު ކުރެއްވީ އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ.

‎އެ ޕޯސްޓުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ، އެމަނިކުފާނުގެ މެނިފެސްޓޯ އަދި ފެބްރުއަރީ މަހު އިއްވެވި ރިޔާސީ ބަޔާނުގައި ބަޔާންކުރައްވާފައިވާ ގޮތަށް، މި މަޝްރޫޢުގެ ދަށުން ސަރުކާރުން އިސްކަންދެއްވާނީ ހއ. އަތޮޅު، ހދ. އަތޮޅު، ށ. އަތޮޅު، ތ. އަތޮޅު، ލ. އަތޮޅު އަދި އައްޑޫ ސިޓީގައި ފަތުރުވެރިކަމުގެ ވިޔަފާރީގެ ފުރުސަތުތައް އިތުރުކުރެއްވުމަށެވެ.

‎މި މަޝްރޫޢު ކުރިއަށް ގެންދާނީ ގިނަ ދާއިރާތަކެއް ހިމެނޭ ގޮތަށް، އޭގެ ތެރޭގައި އެކިކަހަލަ ލުއިތަކާއި، އިސްތިސްނާތައް ދީގެން، އިންވެސްޓްކުރުމާއި، އަދި މާކެޓިންގެ މަސައްކަތްތައްވެސް ހިމެނޭ ގޮތަށެވެ. މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ އިންވެސްޓްމަންޓް އިތުރުކޮށް، ސަރަޙައްދީ އަދި އިޤުތިޞާދީ ޙަރަކާތްތައް ކުރިއެރުވުމެވެ.

‎ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުން އަންނަ ހަފްތާގައި މިކަމާ ގުޅޭ އިތުރު ތަފްޞީލުތައް ހާމަކުރައްވާނެ ކަމަށެވެ.

‎ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ގޮތުގައި، ޢާންމު ދަތުރުފަތުރުގެ ވަސީލަތްތައް ފުޅާކުރުމަށް ކުރެވޭ މަސައްކަތްތަކާއެކު، ދިވެހިރާއްޖެ މިހާރު ވަނީ ފަތުރުވެރިކަމުގެ އައު ބާބެއް ފެށުމަށް ތައްޔާރުވެފައެވެ‎.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު