އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހައްޖުގެ ފަރުޟް އަދާކުރަންޖެހެނީ ފުރަތަމަ ތިމާ, ނަމަވެސް މައިންގެ ހިތުގަ ޖައްސުވާފައި ޙައްޖަށްދިއުމެއް ނެތް!

ހައްޖުގެ ފަރުޟް އަދާކުރަންޖެހެނީ ފުރަތަމަ ތިމާ, ނަމަވެސް މައިންގެ ހިތުގަ ޖައްސުވާފައި ޙައްޖަށްދިއުމެއް ނެތް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 6 ސިކުންތު

އަދި ފައިސާ އެއްކުރެވުނީ އަޅުގަނޑަށް އެކަނި ޙައްޖަށް ދެވޭވަރަށެވެ. މީހުން ބުނަނީ ފައިސާ އެއްކުރެވުނީމާ އަވަހަށް ޙައްޖުވާންޖެހޭނެ ކަމަށެވެ. އެކަމަކު މައްސަލައެއް އެބަ އޮތެވެ. އެއީ މަންމަ އަބަދުވެސް އެންމެ އެދޭ ކަމަކީ ޙައްޖުވުން ކަމަށްވާތީ މަންމަ ނުލައި ހިނގައްޖެނަމަ ދެރަވާނެތީއެވެ. ހަމަ އެގޮތަށް މީހުން ބުނަނީ މަންމަ ދެރަކޮށްފައި ޙައްޖަށްވެސް ދާން ނުވާނެކަމަށެވެ. އެހެންވީމާ ޢަމަލުކުރަން އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ؟ 

ކިޔުންތެރިޔާއަށް ބުނެލަން އޮތީ އަތުގައި ފައިސާހުރީމާ އަވަހަށް ތިމާ ޙައްޖުވާން ފައިސާ ދައްކާށެވެ. އަދި މަންމައަށްވެސް ޙައްޖު ކޯޕޮރޭޝަނުގައި އެކައުންޓެއް ހުޅުވައި ފައިސާ ޖަމާކުރަމުން ގެންދާށެވެ. މިހާރުވެސް 7 އަހަރުގެ ކިޔޫއެބައޮތެވެ. ޖެހެންވާއިރަށް މަންމަ ގޮވައިގެންވެސް ދެވޭނެ މަގެއް ދެއްކެވުން އެދިގެން ދުޢާކުރަމުން ގެންދާށެވެ.  

ފުދުންތެރިކަން އެހައި ބޮޑު ނޫންނަމަ މަންމަ ގޮވައިގެން ދެމައިން އެކުގައި ޙައްޖަށްދާވަރަށް ނުލިބިދާނެއެވެ. މާނައަކީ ދެމައިންނަށް އެކުގައި ދެވޭވަރަށް ފައިސާނެތިފައި އެކަކަށް ދެވޭވަރަށް ހުރެދާނެއެވެ. އެޙާލަތުގައި އިސްކަންދިނުން އޮތީ އަމިއްލަ ނަފުސަށެވެ. އެއީ ފުރަތަމަ ޙައްޖުވާންޖެހޭނީ ތިމާކަމަށްވާތީއެވެ.  

މިޙާލަތުގައިވެސް މަންމަގެ ހިތުގައި ޖައްސުވާފައި ޙައްޖަށް ދިއުމެއް ނެތެވެ. ޚާއްޞަކޮށް އެކަމުގެ ސަބަބުން މައިމީހާ ދެރަވެ، ހިތުގައި ޖެހި ގެއްލުމެއް ލިބިދާނެކަމުގެ ބިރު އޮތްނަމަ އެކަން ކުރުމެއް ނެތެވެ.  

ތިރީގައިވާ ސުވާލަށް ޝައިޚް ދެއްވާފައިވާ ޖަވާބުވެސް ވިދާޅުވެލައްވާށެވެ!  

އަޅުގަޑު އަތުގައި ހުރީ ހަމައެކަނި އެކަކު ހައްޖައް ދިއުމަށް ދައްކަންޖެހޭ ވަރަށް ފައިސާ ޖަމާކުރެވިފައެވެ. ނަމަވެސް މަންމަ މާކުރީންސުރެ ވެސް ހައްޖަށްދާން ބޭނުން ވެގެން އެވާހަކަ ދައްކައެވެ. މަންމަ ނުފޮނުވައި އަޅުގަޑު ގޮސްފިނަމަ މަންމައަށް ހާޓްއެޓޭކް ޖެހިދާނެ ކަމުގެ ބިރުއެބައޮތެވެ. އަޅުގަޑުގެ އުމުރަކީ 28 އަހަރެވެ. ދެން ހަދާނީ ކިހިނެއްތޯއެވެ؟ 

އިސްލާމްދީނުގައި މިކަމުގެ ޙުކުމް އޮތްގޮތް މަންމަ އަށް ވިސްނައިދޭށެވެ. އިންޝާ ﷲ މަންމަ ގަބޫލު ކުރާނެއެވެ. ނޫންނަމަ ތިބާގެ މައްޗަށް ޙައްޖު ފަރްޟު ނުވަނީ އެވެ. ޙައްޖު ފަރްޟުވެގެންވަނީ ހަމައެކަނި ފައިސާގެ ތަނަވަސްކަން ލިބުމަކުން ނޫނެވެ. ޙައްޖުގެ ދަތުރުކުރުމުގެ މަގު އަމާންވުމަކީވެސް ޙައްޖުގެ ކުޅަދާނަކަން ލިބުމުގެ ތެރޭގައި ހިމެނޭ ކަމެކެވެ. 

އެހެނީ މަންމަ ނުގެންގޮސް ޙައްޖަށް ހިނގައްޖެނަމަ މަންމައަށް ހާޓްއެޓޭކެއް ޖެހުން ފަދަ ކަމެއް މެދުވެރިވެދާނެކަމުގެ ޔަޤީންކަން އޮތްނަމަ (އަދި އެފަދަ ކަމެއް މެދުވެރިވެދާނެކަމަށް ބެލެވޭނަމަވެސް) މަންމަގެ ފުރާނައަށް ނުރައްކައުވެދާނެ ފަދަ ކަމެއް ކުރާކަށް ނުވާނެއެވެ.

والله أعلم.

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް