އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މެއި މަހު ޒަކާތު ފަންޑުން ބޭސްފަރުވާއަށް 3،903،704.36 ރުފިޔާގެ އެހީ 116 މީހަކަށް ދީފި

މެއި މަހު ޒަކާތު ފަންޑުން ބޭސްފަރުވާއަށް 3،903،704.36 ރުފިޔާގެ އެހީ 116 މީހަކަށް ދީފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 34 ސިކުންތު

ޒަކާތު ހައުސްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، މިދިޔަ މެއި މަހު ޒަކާތު ފަންޑުން ބޭސްފަރުވާއަށް 3,903,704.36 ރުފިޔާގެ އެހީ 116 މީހަކަށް ދީފައިވެއެވެ. މި މުއްދަތުގައި ބޭސްފަރުވާއަށް އެހީގެ ގޮތުގައި 1.4 މިލިޔަން ރުފިޔާ ހަމަޖެއްސިއިރު، އެމަހު ޚަރަދުކޮށްފައިވަނީ 3.9 މިލިޔަނަށް ވުރެ ގިނަ ރުފިޔާއެވެ.

ޒަކާތު ހައުސްއިން ހާމަކުރި ތަފާސްހިސާބުތައް ދައްކާގޮތުން، މެއި މަހު އެންމެ ގިނައިން ޒަކާތު ފަންޑުން ބޭސްފަރުވާއަށް ޚަރަދުކުރީ ކެންސަރު ބައްޔަށް ފަރުވާ ކުރުމަށެވެ. އެގޮތުން ކެންސަރު ބައްޔަށް ފަރުވާ ކުރުމަށް 619,264.57 ރުފިޔާ އެހީގެ ގޮތުގައި ހަމަޖައްސާފައިވެއެވެ. މެއި މަހު ބޭސްފަރުވާއަށް އެހީ ދީފައިވާ ގޮތުގެ ތަފްސީލު ތިރީގައި މިވަނީ:

  • ފުއްޕާމޭގެ ބަލިތަކަށް: 16,962 ރުފިޔާ
  • ކެންސަރު: 619,264.57 ރުފިޔާ
  • ހިތުގެ ބަލިތަކަށް: 72,088.50 ރުފިޔާ
  • ޓްރާންސްޕްލާންޓް: 50,886 ރުފިޔާ
  • ކިޑްނީގެ ބަލިތަކަށް: 21,835.50 ރުފިޔާ
  • ސިކުނޑީގެ ބަލިތަކަށް: 55,126.50 ރުފިޔާ
  • އެހެނިހެން ބަލިތަކަށް: 620,540 ރުފިޔާ

ބޭސްފަރުވާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، ޒަކާތު ފަންޑުން އަންނަނީ އިސްލާމް ދީނުގައި ޒަކާތް ދެވޭނެ އަށް ބަޔަށް ބަހާލެވިފައިވާ ކެޓަގަރީތަކުގެ ތެރެއިން އެހެނިހެން ދާއިރާތަކަށް ވެސް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މެއި މަހުގެ ތެރޭގައި ފަޤީރުންނާއި މިސްކީނުންގެ ބައިން ޟަރޫރީ އެހީގެ ގޮތުގައި 12,000 އަށްވުރެ ގިނަ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އަދި ޢާމިލުންގެ (ޒަކާތް ނަގާ ބަހާ މީހުން) ބައިން 2.7 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޒަކާތު ފަންޑުން ޚަރަދުކޮށްފައިވެއެވެ.

މީގެ އިތުރުން ފީސަބީލިﷲ (ﷲގެ މަގުގައި ޖިހާދުކުރާ މީހުން) ބައިން ޤުރުއާން ހިތުދަސްކުރުމާއި ޤުރުއާންގެ ޢިލްމު ފެތުރުމަށްޓަކައި 660,455.56 ރުފިޔާއަށް ވުރެއް ގިނަ ރުފިޔާ ޚަރަދުކޮށްފައިވާއިރު، ދީނީ އެކިއެކި ޕްރޮގްރާމްތައް ހިންގުމަށް ވެސް 251,096.62 ރުފިޔާއަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ޒަކާތު ހައުސްގެ ތަފާސްހިސާބުތަކުން ދައްކައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު