އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މި 3 ޙާލަތުގަ ކެތްތެރިވެއްޖެ މީހާ އިރާދަކުރެއްވިއްޔާ ﷲ ގެ ޙަޟްރަތުން ކެތްތެރިކަމުގެ މެޑެލްޖަހައި ސުވަރުގެ ވަންނާނެ! އިން ޝާ ﷲ

މި 3 ޙާލަތުގަ ކެތްތެރިވެއްޖެ މީހާ އިރާދަކުރެއްވިއްޔާ ﷲ ގެ ޙަޟްރަތުން ކެތްތެރިކަމުގެ މެޑެލްޖަހައި ސުވަރުގެ ވަންނާނެ! އިން ޝާ ﷲ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 11 ސިކުންތު

ތިމަން ﷲ ވޮޑިގެންވަނީ ކެތްތެރިންނާއިއެކުގައި ކަމަށް އޮތް ވަޙީބަސްފުޅުގައި އެވަނީ ވަރަށް ބޮޑު ވާހަކައެކެވެ. މުޞީބާތުގެ ވަޤުތުގައިވެސް އޮތީ ކެތްތެރިވުމެވެ. ނަމަވެސް ކެތްތެރިކަމަކީ ހަމައެކަނި މުޞީބާތަށް ކެތްތެރިވުމެއް ނޫނެވެ. ކެތްތެރިވުމުގެ މާނައިގައި 3 ކަމެއް ވެއެވެ.

1 މުޞީބާތްތަކާއި ހިތްދަތި ޙާލަތުގައި ކެތްތެރިވުން

2 ﷲ ތަޢާލާ އަމުރުކުރެއްވެވި ކަންކަން ކުރާނެ ހިތްވަރު ލިބިގަތުމާއި ނަހީކުރެއްވެވި ކަންކަން ނުކޮށް ހުރުމުގެ ކެތްތެރިކަން ލިބިގަތުން

މިސާލަކަށް ނިދިން ބައެއް މަހްރޫމްކޮށްފައި ދަމު ނަމާދުކުރެވޭނީ، ފަޖުރުލުމުން ފަތިސްނަމާދުކުރެވޭނީ އެމީހެއްގެ ކިބައިގައި ކެތްތެރިކަން ހުރިނަމައެވެ. ހަމައެފަދައިން ނަފްސް ކިތަންމެ ވަރަކަށް އެދުނަސް ފާހިޝް އަމަލުތައް ކުރުން ފަދަ ނަހީކުރައްވަވާފައިވާ ކަންކަން ނުކޮށް ހުރެވޭނީވެސް ކެތްތެރިވެވިގެންނެވެ.

3 ﷲ ތަޢާލާ ކުރިމަތިކުރެއްވެވި ކޮންމެ ކަމަކަށް ކެތްތެރިވުމުގެ ބާރު ލިބިގަތުން

މިސާލަކަށް އަހަރެމެން އެންމެ ލޯބިވާމީހުން، އަނބިދަރިން، އަދި ފިރިންވެސް މަރުވާނެކަމާއި އެއީ އިމްތިޙާނެއްކަން ޤުރްއާނުން އެނގެން އެބައޮތެވެ. ވަކީލުކުރުމަކީ ކެތްތެރިވެ ﷲ ތަޢާލާ ވަޢުދުކުރައްވަވާފަދައިން ސުވަރުގެއިން ބައްދަލުކުރަން ގަދައަޅައި މަސައްކަތްކުރުމެވެ.

މިއީ ވަރަށް ތަފާތު 3 ޙާލަތެވެ. މި 3 ޙާލަތުގައިވެސް ކެތްތެރިވެގެން މެނުވީ ﷲ ތަޢާލާ ވަޙީކުރައްވަވާފައިވާފަދަ ކެތްތެރިއަކު ކަމުގައި ނުވާނެއެވެ. މި 3 ޙާލަތުގައިވެސް ކެތްތެރިވެއްޖެ މީހާއަށް އެވަނީ ދުނިޔެއާއި އާޚިރަތްވެސް ކާމިޔާބުކުރެވިފައެވެ. އިން ޝާ ﷲ

--މުފްތީ މެންކުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް