އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުރިމަތިވާ ހުރިހާ ކަންބޮޑުވުންތައް ﷲ ތަޢާލާ ޙައްލުކޮށް ދެއްވަވާނެ މީހަކަށް ވެވެން އެބައޮތް! އިން ޝާ ﷲ

ކުރިމަތިވާ ހުރިހާ ކަންބޮޑުވުންތައް ﷲ ތަޢާލާ ޙައްލުކޮށް ދެއްވަވާނެ މީހަކަށް ވެވެން އެބައޮތް! އިން ޝާ ﷲ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 41 ސިކުންތު

އަހުރެމެންނަކީ މުސްލިމުންނެވެ. މުސްލިމުންނަކީ މާދަމާވެދާނެ ގޮތަކާއިމެދު ކަންބޮޑުވެ ތެޅިފޮޅެންޖެހޭ ބައެއް ނޫނެވެ. ކޮންމެ ދުވަހަކުވެސް ކަންބޮޑުވާންވީ އެދުވަހަކާއިމެދުގައެވެ. އެދުވަހު ކުރަންހުރި ކަންކަމަށެވެ. އެއިގެ ތެރޭގައި ދިރިއުޅެންކުރަންހުރި ކަންކަމާއި އެދުވަހު ކުރަންޖެހޭ އަޅުކަން ހިމެނެއެވެ. އެތަނުންވެސް ބޮޑަށް ކަްނބޮޑުވާންވީ އެދުވަހު ކުރަންހުރި އަޅުކަމާއިމެދުގައެވެ.

ވީމާ ހަޔާތުގައި ދެން ކުރިމަތިވެދާނެ ކަންކަމަށް ވިސްނަން ވަގުތު ބޭކާރު ނުކުރާށެވެ! ވާންހުރި ކަންކަން ﷲ ތައާލާއަށް ވަކީލުކުރާށެވެ! އެހެނީ ކުރިމަތިވެދާނެ ކަންކަމަށް ބިރުގަނެ ކިތަންމެ ވަރަކަށް ކަންބޮޑުވި ނަމަވެސް ކުރިވާނެ ކަންކަމެއް ނުއެނގޭނެއެވެ. އެކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތާޢާލާއެވެ. ކުރިމަތިވާން ހުރި ކަމެއް ކުރިމަތިނުވާނެ ގޮތެއް ނުހެދޭނެއެވެ.

އަހަރެމެންނަށް އޮތީ ކުރާ ކޮންމެ އަމަލެއް ﷲ ތަޢާލާ ރުހިވޮޑިގަންނަވާނެ ގޮތަށް ކުރުމެވެ. ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާނެ ފެންވަރުގައި ހެޔޮ އަމަލުކުރުންމަތީގައި ދެމިތިބުމެވެ. އެގޮތުގައި ދެމި ތިބޭނަމަ އެ މީހެއްގެ މުސްތަޤްބަލުގައި ކުރިމަތިވާނެ ކަންކަން ﷲ ތައާލާ މިންވަރު ކުރައްވަވާނީ އެމީހަކަށް އެންމެ ފައިދާހުރި ގޮތުގައެވެ. އެކަމުގެ ޔަޤީންކަން ހިތުގައި ބާއްވައިގެން ދިރިއުޅޭ މީހަކު މާދަމާ ކަންތައްތައް މެދުވެރިވެދާނެ ގޮތަކާއިމެދު ބިރެއް ނުގަންނާނެއެވެ.

ތިމާއަށް ލިބޭ އާމްދަނީން މަހުގެ ޚަރަދުތައް ހަމަ ޖައްސާނެ ގޮތާއިމެދު ވިސްނުމަކީ އޮތް ކަމެކެވެ. ނަމަވެސް ދެކޮޅު ނުޖެހިދާނެތީ ކަންބޮޑުވެ ތެޅިފޮޅުމެއް ނެތެވެ. ބަލިތަކުން ސަލާމަތްވެ ހުރުމަށް މަސައްކަތްކުރަންވާނެއެވެ. ނަމަވެސް ބަލިވެދާނެތީ ބިރުން އުޅުމެއް ނެތެވެ.

ދިހަ ބާރަ ފިނޭންޝަލް އެޑްވައިޒަރުން ލައިގެން މަސައްކަތްކުރާ ބޮޑެތި ކުންފުނިތައް ބަނގުރޫޓެއް ނުވޭ ހެއްޔެވެ؟ ކިތަންމެ ވަރަކަށް ޞިއްހަތަށް ބަލައިގެން އުޅުނު ނަމަވެސް ބަލި ނުވަނީ ހެއްޔެވެ؟

ވީމާ ވަގުތު ހޭދަކުރަންވީ ބޭކާރު ކަންކަމަށް ވިސްނުމަކަށް ނޫނެވެ. އެދުވަހު ތިމާ ކުރާ ހެޔޮ އަމަލުތައް ވީހައި ފުރިހަމައަކަށް ކުރުމަށެވެ. އަދާކުރަންޖެހޭ ފަރުޟުތައް ވީހައި ފުރިހަމައަކަށް އަދާކުރުމަށެވެ. އާޚިރަތް ލިބޭނީ ވެސް އަދި ދުނިޔެ ލިބޭނީވެސް އެއިރުންނެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް