އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފަޚުރުވެރި ވެވެން ތިބި މައިންބަފައިންނަކީ ކޮބާތަ؟ ޙަޤީޤީ ފަޚުވެރިންނަށް ވެވެން އޮތްގޮތް ގިނަ ބައަކަށް ނުވެސް އެނގޭ!

ފަޚުރުވެރި ވެވެން ތިބި މައިންބަފައިންނަކީ ކޮބާތަ؟ ޙަޤީޤީ ފަޚުވެރިންނަށް ވެވެން އޮތްގޮތް ގިނަ ބައަކަށް ނުވެސް އެނގޭ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 35 ސިކުންތު

އެއީ ކުޑައިރުންސުރެ އަޅުގަނޑު ވަރަށް އިޙްތިރާމްކުރާ އެކުވެރިއެކެވެ. އޭނާގެ އެންމެ ހަގުދަރިފުޅުދެކެ އަޅުގަނޑުވެސް ވަރަށް ލޯބިވެއެވެ. އެއީ ކުޑައިރު ވަރަށް ގާތްކޮށް ގެންގުޅެވުނީތީއެވެ. ކޮންމެއަކަސް އަހަރުތަކަކަށްފަހު އެކުވެރިޔާ އާއި ބައްދަލުވެ ދެކެވުނު ވާހަކައިގެ ތެރެއިން ހަގުދަރިފުޅުގެ ވާހަކައިން ސުވާލުކުރީމާ ވަރަށް ފަޚުރުވެރިވެލާފައި ބުނީ އެއީ މިހާރު ބޮޑު ވިޔަފާރިވެރިއެއް ކަމަށެވެ.

ކުރާ ވިޔަފާރީގެ ވާހަކަ ބުނުމުން ދިއައީ ސިއްސައިގެންނެވެ. އެއީ މުސްލިމުންނަށް ކުރުން ހުއްދަނޫން މަސައްކަތެއް ވިޔަފާރީގެ ގޮތުގައި ކުރާތީއެވެ. އަޅުގަނޑުގެ ކަންބޮޑުވުމަކީ ފައިސާލިބޭނަމަ ހުރިހާ ކަމެއް ފުރިހަމަވީކަމަށް ޤަބޫލުކުރެވޭނަމަ ޤިޔާމަތް ދުވަހު އެމީހަކަށް ކުރިމަތިވާނެ ޙާލަތެވެ. އެހެންވެ އަޅުގަނޑު އެދެނީ މި މައުޟޫއަށް ހޭލުންތެރިކުރުވަން މަސައްކަތްކޮށްދިނުމެވެ.

މިއީ ކިޔުންތެރިއަކު ފޮނުއްވި ބަސްކޮޅެކެވެ. ދަންނަވާލަން އޮތީ އެކަމަށް މިއަދުނޫހުން އަބަދުވެސް މަސައްކަތްކުރަމެވެ. ތިރީގައިވާ ލިޔުމަކީވެސް އެފަދަ ލިޔުމެކެވެ. ވިދާޅުވެލައްވާށެވެ!

އާޚިރަތް ދުވަހާއިމެދު ފުންކޮށް ވިސްނާ މައިންބަފައިން މަދުވަމުން އަންނަކަން އެއީ ހިތާމަކުރަންޖެހޭ ކަމެކެވެ. އެހެނީ އާޚިރަތް ދުވަހަށް ބިރުވެތިވާ ޖީލެއް އުފެއްދުމުގައި އެންމެ އިސްދައުރެއް އަދާކުރަންޖެހޭނެ ބައަކީ މައިންބަފައިން ކަމުގައިވާތީއެވެ.

ފަޚުރުވެރި ބައްޕައަކީވެސް އަދި މަންމަ އަކީވެސް އެމީހެއްގެ ހުރިހާ ދަރިން ގޮވައިގެން ސުވަރުގެއަށް ވަންނަން މަސައްކަތްކުރާ މީހެކެވެ. އެންމެ ފަޚުވެރި ޢާއިލާއަކީ ޢާއިލާގެ އެންމެން އެކުގައި ސުވަރުގެ ވަދެވޭ ޢާއިލާއެވެ. ނަމަވެސް މައިންބަފައިންގެ ތެރެއިން މިކަމަށް ވިސްނަނީ ހަމަ ވަރަށް މަދު ބައެކެވެ. ގިނަ ބައަކު ބަލަނީ ޢާއިލާގެ ވިޔަފާރީގައި ވީހައި ގިނަ ދަރިން ބައިވެރިކޮށް ވިޔަފާރި ބޮޑުކޮށް ފުޅައުކޮށް އިތުރު މުއްސަނދިކަން ހޯދުމަށެވެ!

ތިމާގެ އަމިއްލަ އަނބިދަރިން ނަމަވެސް އެއްވެސް މީހަކު ސުވަރުގެ ވެއްދުމަކީ އެއްވެސް މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ. ސުވަރުގެ ވަދެވޭނީ އެމީހަކު އެކަމަށް އެދިގެން ގަދައަޅައި މަސައްކަތްކުރުމުންނެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން އެމީހަކަށް ނުލިބި ސުވަރުގެ ނުވަދެވޭނެއެވެ.

 

ވީމާ ޢާއިލާތައް އެކުގައި ތިބެގެން މަސައްކަތްކުރަންވީ ސުވަރުގެ ވެއްދެވުން އެދިގެންނެވެ. ކުރަންވީ މަސައްކަތަކީ ސުވަރުގެ ލިބިގަތުމަށް ކުރަން ޖެހޭ މަސައްކަތެވެ! ޙަޤީޤީ ކާމިޔާބު ޙާޞިލުކުރެވޭނީ އެއިރުންނެވެ.

ބައެއް މީހުން ވަރަށް ފަޚުރުވެރިވެލާފައި ބުނެއެވެ. "އަހަރެންގެ 6 ފިރިހެން ދަރިން އެބަތިއްބެވެ. ހުރިހާ ދަރިންވެސް އުޅެނީ އަހަރެންގެ އަމިއްލަ ވިޔަފާރީގެ މަސައްކަތުގައެވެ."

ތިމާގެ ދަރިން ތިމާގެ ވިޔަފާރީގައި ބައިވެރިވެގެން ވިޔަފާރި ކުރިއަރުވަން މަސައްކަތްކުރުމަކީ ދުނިޔަވީ ގޮތުން ބަލައިފިނަމަ ހަމަ ރަނގަޅުކަމެކެވެ. ނަމަވެސް 20 ދަރިން ތިބެފައި އެހުރިހާދަރިން އެކުގައި ތިމާގެ އަމިއްލަ ވިޔަފާރީގައި އުޅުނު ނަމަވެސް ޤިޔާމަތް ދުވަހުން އެކަމުން ތިމާއަށް އޮތީ ކޮން ފައިދާއެއް ހެއްޔެވެ؟

އަހުރެންނާއި ބައްދަލުވި ތަނަވސް މީހެއްހެ ހުންނަނީ އެންމެ ދަރިއެކެވެ. އެދަރިފުޅުގެ ވިޔަފާރީގައި ކުރިއަރައިދާތީ އޭނާ ހުންނަނީ އުފަލުންނެވެ. އޭނާކުރާ މަސައްކަތަކީ ސީޝާބޯތަނެއް ހިންގައި މީސްތަކުންނަށް ސީޝާ ބޯންދިނުމެވެ. އެހެންކަމަށްވާއިރު އޭނާއަށް ލިބޭ ފައިސާއަކީ ޙަލާލް ފައިސާއަށްވާނީ ކިހިނަކުން ހެއްޔެވެ؟ ދެންވެސް ހަމަ ފަޚުރުވެރިވާންވީ ހެއްޔެވެ؟ ވީމާ މިއީ ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހިފައިވާ ކަމެކެވެ.

- މުފްތީ މެންކުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް