އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނަރަކައިން ސަލާމަތްވުން އެދދިގެން ނިކަން މިމަގުން ޢަމަލުކޮށްބަލަ! މަލާއިކަތުންގެ ދުޢާވެސް އެމީހަކަށް ލިބެމުންދާނެ! އިން ޝާ ﷲ

ނަރަކައިން ސަލާމަތްވުން އެދދިގެން ނިކަން މިމަގުން ޢަމަލުކޮށްބަލަ! މަލާއިކަތުންގެ ދުޢާވެސް އެމީހަކަށް ލިބެމުންދާނެ! އިން ޝާ ﷲ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 36 ސިކުންތު

އަހުރެމެން އެންމެ ބޮޑަށް މަސައްކަތްކުރަން އޮތީ ސުވަރުގެ ވަދެވުން އެދިގެންނެވެ. ސުވަރުގެ ވަދެވެން އޮތީ ނަރަކައިން ސަލާމަތްވެވިގެންނެވެ. ވީމާ ސުވަރުގެ ލިބުން އެދުމާއި ނަރަކައިން ސަލާމަތްވެވުމަށް އެދުމާއި މިއީ ހަމަ އެއްކަމެކެވެ. ޙާޞިލްކުރަން މިއެދެވީ އެއްކަމަކަށްވާތީއެވެ.

މާޒީގައި ފާފަކުރެވިފައިވާ ބައެއް މީހުން އެންމެ ބޮޑަށް ކަންބޮޑުވަނީ އެމީހުން ތައުބާވުމުންވެސް މީސްތަކުން އެމީހުން ބަލައިނުގެންފާނެތީއެވެ. އެމީހުންނަށް އެހީތެރި ނުވެދާނެތީއެވެ. އެކަމާއިމެދު އެއްވެސް ވަރަކަށް ކަންބޮޑުވާން ޖެހެންވީ ކީއްވެގެން ހެއްޔެވެ؟ އިޚްލާޞްތެރިކަމާއިއެކު ތައުބާވެ އެގޮތުގައި ސާބިތުވެ ހުންނަން މީހަކު މަސައްކަތް ފެށުމާއިއެކު މަލާއިކަތްބޭކަލުން ތިއްބަވާނީ އެމީހަކާއިއެކުގައެވެ. އެމީހަކަށް ހެޔޮ ދުޢާ ކުރެއްވެވުންމަތީގައެވެ! ވީއިރު މީހަކު ނުވަތަ ބައަކު އަޅައިނުލާފާނެތީ ނުވަތަ ބަލައިނުގެންފާނެތީ ކަންބޮޑުވާންވީ ކީއްވެގެން ހެއްޔެވެ؟

މީހަކު އިޚްލާޞްތެރިކަމާއިއެކު ތައުބާވުމުން ލިބޭ ފައިދާތަކާއިމެދު ފުރިހަމައަށް ވިސްނައިލެވޭނަމަ ކޮންމެ މީހަކުވެސް ގިނަގިނައިން ތައުބާވާނެއެވެ! ފާފައެއް ކުރެވުމުން ތައުބާވުމަށް އަވަސްވެގަންނަ މީހާއަށަް ދެއްވަވާ ރަޙްމަތުގެ ބޮޑުކަން ވިސްނޭނަމަ ތައުބާނުވެ ހިނދުކޮޅަކުވެސް ނުހުންނާނެއެވެ.

އެފަދަ މީހާ އެއްވެސް ފާފައެއް ނުކޮށް ހުންނަން ގަދައަޅައި މަސައްކަތްވެސް ކުރާނެއެވެ. މައްސަލައަކަށް ވެގެން މިއުޅެނީ އެފަދަ ކަންކަމަށް ވިސްނައި ނުލެވޭ ކަމެވެ.

އިޚްލާޞްތެރިކަމާއެކު މީހަކު ތައުބާވެއްޖެ ނަމަ އެމީހަކު ނަރަކައިން ސަލާމަތްކޮށްދެއްވެވުން އެދިވަޑައިގެން މަލާއިކަތުން ދުޢާކުރައްވަވާނެތެވެ. އެމީހަކަށް ހެޔޮ ރަޙްމަތް ލެއްވެވުން އެދިވަޑައިގެން ދުޢާ ކޖުރައްވަވާނެތެވެ. އެމީހަކަށް ސާބިތުކަން ދެއްވެވުން އެދިވަޑައިގެންވެސް ދުޢާ ކުރައްވަވާނެތެވެ.

މީހަކު ތައުބާވެ އެގޮތުގައި ސާބިތުވާން މަސައްކަތްކުރާނަމަ އެމީހަކަށް ސުވަރުގެ ދެއްވެވުން އެދިވަޑައިގެން މަލާއިކަތްބޭކަލުން ދުޢާކުރައްވަވާނެކަން ކީރިތި ޤްރްއާނުން އެނގެން އެބައޮތެވެ. މަލާއިކަތް ބޭކަލުން ދަންނަވާނެތެވެ! "ޔާ ﷲ! މިވެނި މީހަކަށް ސުވަރުގެ ދެއްވަވާނދޭވެ! އޭނާއަށް ހެޔޮ ރަޙްމަތް ލައްވަވާނދޭވެ! އޭނާ ނަރަކައިން ސަލާމަތްކުރައްވަވާނދޭވެ!" ވީއިރު އެހިސާބުން އެމީހަކަށް އެވަނީ ހުރިހައި ކާމިޔާބީތަކެއް ލިބިފައި ނޫން ހެއްޔެވެ؟

--މުފްތީ މެންކުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް