އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދަރިން ކައިވެނިކޮށް ދެމަފިރިން އެކުގައި ދިރިއުޅޭއިރު ނުބައި ކަމެއް ނުކުރާނަމަ ދެމަފިރިންގެ ކަންކަމަށް ފާރަލުމަކީ ބެލެނިވެރިންނަށްވެސް ކުރުން ހުއްދަ ކަމެއް ނޫން!

ދަރިން ކައިވެނިކޮށް ދެމަފިރިން އެކުގައި ދިރިއުޅޭއިރު ނުބައި ކަމެއް ނުކުރާނަމަ ދެމަފިރިންގެ ކަންކަމަށް ފާރަލުމަކީ ބެލެނިވެރިންނަށްވެސް ކުރުން ހުއްދަ ކަމެއް ނޫން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 4 ސިކުންތު

ފުރަތަމަ މިކިޔައިދެނީ މައިންބަފައިން ނުވަތަ ބެލެނިވެރިން ސަމާލުކަންދޭންޖެހޭނެ ކަމެއްގެ ވާހަކައެވެ. މިޘާލަކަށް ދަރިފުޅު ކައިވެނިކުރީއެވެ. އެކުވެރިއަކު އައިސް ކޮންމެ ރެއަކު ދަރިފުޅު ނުވަތަ ދަރިފުޅުގެ ބައިވެރިޔާ ބޭރަށް ގެންދަނީއެވެ.  

އެޙާލަތުގައި އެކަމަށް ސަމާލުކަންދޭންވާނެއެވެ. ފާރަލައިގެން ބަލަންވެސްވާނެއެވެ. އެއީ ދެކުދިންގެ ކައިވެނި ރޫޅުނަނުދީ ސަލާމަތްކުރުމަށެވެ. ނަމަވެސް ދެމަފިރިން އެކުގައި ބޭރަށްދާނަމަ ފާރަލުމެއް ނެތެވެ.  

ލޮބުވެތި މައިންބަފައިންނޭވެ! ބުނަން އޮތީ ރައްކައުތެރިކަމުގެ ފިޔަވަޅު އެޅުމާއި ފާރަލުން އޮޅުވައި ނުލާށެވެ! ރައްކައުތެރިކަމުގެ ފިޔަވަޅު އަޅަން ﷲ ތަޢާލާ ވަނީ އަންގަވަފައިފައެވެ. ފާރަލުން ވަނީ ނަހީ ކުރައްވަވައިފައެވެ. ވީމާ މިއީ މުޅިންތަފާތު ދެކަމެކެވެ. މި ދެކަންތައް އޮޅުވާލައިގެން ނުވާނެއެވެ. 

ހަމަ އެއާއިއެކު ވަރަށް ބޮޑަށް ފާރަލާން ޖެހޭ ޙާލަތެއްވެސް އެބަ އޮތެވެ. އެއީ ދަރިންގެ ކަންކަމުގައެވެ. ދަރިއަކު ނުރަނގަޅު މަގަކުން ކުރިއަށްދާކަމަށް ޝައްކު ކުރެވޭނަމަ ފުރަތަމަ ކުރަން ޖެހޭނެ ކަމަކީ އެކަމެއް ހިނގާކަން ކަށަވަރުކުރުމެވެ. އެކަމެއް ދަރިފުޅު ކުރާކަން ޔަޤީން ނުކޮށް ފިޔަވަޅު އެޅޭގޮތް ބައެއް ފަހަރު މެދުވެރިވެއެވެ. އެފަދަ ޙާލަތްތަކުގައި މައިންބަފައިން އިތުބާރު ނުކުރީތީ ދުނިޔޭގައި ހުންނަން ބޭނުން ނުވެގެން ދަރިން އަމިއްލައަށް މަރުވެފައިވެސް އެބަހުއްޓެވެ. ވީމާ ދަރިއަކާއިމެދު އެއްވެސް ފިޔަވަޅެއް އެޅުމުގެ ކުރިން ވަރަށް ބޮޑަށް ބަލަން ޖެހޭނެއެވެ.  

މިގޮތަށްވެސް ވިސްނާށެވެ!  މީހަކު ތިބާއަށް ދެރައެއް ދީފިނަމަ އެކަން އެނބުރި ތިބާއަށް ލިބޭނީ ފައިދާއެއްގެ ގޮތުގައެވެ. އަނިޔާ ނުވަތަ ގެއްލުން ދިން މީހާގެ ކިބައިން އެކަމަށް ހައްޤު ބަދަލު އެންމެ ފުރިހަމަ ގޮތުގައި ﷲ ތަޢާލާ ތިބާއަށް ހޯއްދަވައިދެއްވަވާނެތެވެ. ނަމަވެސް ތިބާއަށް ބަލަހައްޓަން ޖެހޭ ދަރިއަކު ތިބާ ނުބަލަހައްޓައިގެން މަގުން ކައްސައިލި ނަމަ އެކަމުގެ ޒިންމާ އުފުލަން ޖެހޭނީ ތިބާއަށެވެ. ވީމާ މިއީ މުޅިން ދެ ޙާލަތެކެވެ.  

ދަރިން ބޮޑެތިވެ ތިބާގެ ކިބައިން ބެލެނިވެރިކަން ނެތިގެން ދިއުމުން ދީނުގައި ހުއްދަ މަގުން ނޫނީ ފާރަލައިގެން ނުވާނެއެވެ. ބައެއް ޢާއިލާތަކުގައި ދަރިން ބޮޑެތިވެ ކައިވެނިކޮށް އަމިއްލަ ދިރިއުޅުމަށް ފެށުމުން ވެސް އެބަފާރަލައެވެ. ދެމަފިރުން ދައްކާވާހަކަ ސިއްރުން އެބަ އަޑުއަހައެވެ. މިއީ އެއްވެސް ޙާލެއްގައި ހުއްދަވެގެންވާ ކަމެއް ނޫނެވެ. އެހެންކަމުން އެއީ ދަރިންނަށްވީތީ އެފަދަ ކަމެއް އެއްވެސް ބެލެނިވެރިއަކު ކޮށްގެން ނުވާނެއެވެ. ކޮށްފިނަމް އެކަން ވާނީ އިމުން ބޭރުވުން ކަމަށެވެ! 

ކޮންމެ މީހެއްގެވެސް ހަސަދަވެރިން ތިބޭނެއެވެ. ގެއްލުންދޭން ބޭނުންވާ ބައަކުވެސް ތިބޭނެއެވެ. އަދި އެމީހަކަށް އެއްވެސް ރަނގަޅު ގޮތެއް ވުމަށް ނުއެދޭ މީހުން ވެސް ތިބޭނެއެވެ. އެފަދަ މީހުން ފާހަގަކުރެވޭނަމަ އެމީހެއްގެ ކިބައިން ރައްކައުތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަންވާނެއެވެ.  

ނަމަވެސް ޝައްކެއްގެ މައްޗަށް އެއްވެސް މީހަކަށް ފާރަ ނުލާށެވެ. ފާރަލުމަކީ ﷲ ތަޢާލާ ނަހީކުރައްވަވާފައިވާ ކަމެކެވެ. ﷲ ތަޢާލާ އަންގަވާފައިވަނީ އެކަން ތިމަން ﷲ އަށް ދޫކޮށްލުމަށެވެ. ތިމަން ﷲ އެކަން ބައްލަވައިވޮޑިގަންނަވާ ކަމަށެވެ. ވީއިރު ﷲ ތަޢާލާ ނަހީ ކުރައްވަވާފައިވާ ކަމެއް ކޮށް، ފާފަވެރިވާންވީ ކީއްވެގެން ހެއްޔެވެ؟ 

މީހަކު ތިބާއަށް ދެރައެއް ދޭން ކިތަންމެ ވަރަކަށް މަސައްކަތް ކުރި ނަމަވެސް އެކަމެއް ނުކުރެވޭނެއެވެ. ﷲ ތަޢާލާ އެކަމަށް އިރާދަކުރައްވަވާފައިވާނަމަ މެނުވީއެވެ. ﷲ ތަޢާލާ އެކަން އެމީހެއްގެ ސަބަބުން މެދުވެރިވުމަށް މިންވަރު ކުރައްވަވާފައިވާނަމަ އެކަން ހުއްޓުވޭނެ އެއްވެސް ގޮތެއްވެސް ނުއޮންނާނެއެވެ.

ވީއިރު މީހަކު ދީފާނެ ގެއްލުމަކުން ބަރީޢަ ވުމުގެ ވިސްނުމުގައި ﷲ ތަޢާލާ ނަޙީ ކުރެއްވެވި ކަމެއް ކުރަންވީ ކީއްކުރަން ހެއްޔެވެ؟ އަމަލުކުރަން ޖެހޭނީ ﷲ ތަޢާލާ އަނގްވާފައިވާ ގޮތަށް ނޫން ހެއްޔެވެ؟

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް