އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފުރުޞަތު ވަރަށް ބޮޑު ނަމަވެސް ﷲ ތަޢާލާއަށް އެކަނބަލުންގެ ވާހަކަތައް ވަގުތުން އުފުލެން ބޭނުންވާ އަންހެނުން ދަނީ މަދުވަމުން

ފުރުޞަތު ވަރަށް ބޮޑު ނަމަވެސް ﷲ ތަޢާލާއަށް އެކަނބަލުންގެ ވާހަކަތައް ވަގުތުން އުފުލެން ބޭނުންވާ އަންހެނުން ދަނީ މަދުވަމުން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 6 މިނެޓް, 35 ސިކުންތު

 

ﷲ ތަޢާލާއަށް އެމީހުންގެ ވާހަކަތައް ވަގުތުން އުފުލެން ބޭނުންވާ އަންހެނުން ދަނީ މަދުވަމުންނެވެ. ނަމަވެސް އެކަނބަލުންނަށް ވެސް އެކަމުގެ ފުރުޞަތު ވަރަށް ބޮޑެވެ. ވިސްނައި ނުލެވެނީއެވެ!

 

މިހާރަކަށް އައިސް އަވަށްޓެރިންނާއި ގޭގެ އެންމެން ޖަމާވެ ގެތަކުގެ ސިޓިންގ ރޫމްތައް ބޭނުންކުރެވެނީ އެންމެން އެއްވެގެން ތަފާތު ޓީވީ ޕްރޮގްރާމްތައް ބެލުމަށެވެ. ހިތާމައަކީ ބަލާ ޕްރޮގްރާމްތަކުގެ ތެރޭގައި ދީނީ ޕްރޮގްރާމްތައް ނުހިމެނޭ ކަމެވެ.

 

ލޮބުވެތި އުޚުތުންނޭވެ! ގިނައިން ދަރުސްތައް މި ބޭއްވެނީ މިސްކިތްތަކުގައެވެ. އެހެންކަމުން ކޮންމެ ދަރުސަކަށް ދިއުމަކީ ތިއަ ކަނބަލުންނަށް ފަސޭހަ ކަމަކަށް ނުވެދާނެއެވެ. އަދި ބައެއް މިސްކިތްތަކަކީ ތިއަ ކަނަބަލުންނަށް އެރޭ ގޮތަށް ހުރި މިސްކިތަތްކެއްވެސް ނޫނެވެ.

 

ކަން މިހެން ހުރުމުން ތިއަ ކަނބަލުން ކުރަންވީ ކަމަކީ ޖަމާއަތް ހަދައިގެން ގޭގައި ޓީވީ ޝޯތައް ބެލުމުގެ ބަދަލުގައި ޖަމާއަތް ހަދައިގެން ތިބެ ﷲ ތަޢާލާގެ މަތިން ހަނދާންކުރަންވީއެވެ. ގިނަގިނައިން ޛިކްރްކުރަންވީއެވެ. ޓީވީގައި އަޅުވައިގެން ދަރުސްތައް ބަލަންވީއެވެ.

 

މިޒަމާނުގެ ޓީވީތަކަކީ ވައިފައި ވެސް ލިބޭ ޓީވީތަކެވެ. އިންޓަނެޓް ބޭނުންކޮށްގެން އެބައަކު ބަލަން ބޭނުން ޔޫޓިޔުބެއް ހޯދުމަކީ ނުހަނު ފަސޭހައިން ކުރެވެން އޮތް ކަމެކެވެ. މިސާލަކަށް ބުނާނަމަ އެންމެ ކަމުދަނީ މުފްތީ މެންކް ކަމަށްވާނަމަ ނަން ޖަހާފައި ސާޗްކޮށްލާށެވެ. ދަރުސްތައް ފެނުމުން އެފަހަރަކު އަޑުއަހަން ބޭނުން ދަރުސް ސިލެކްޓްކޮށްލާށެވެ.

 

ނަމަވެސް އެއްކަމަކަށް ސަމާލުކަން ދޭންވާނެއެވެ. މިގޮތަށް ދަރުސްތައް ބަލާއިރު ބޭކާރު ކަންކަން ކޮށްގެން ނުވާނެއެވެ. ފިލްމް ބަލާއިރު ހީނ ސަމާސަކުރާ ފަދައިން ކަންކަން ކޮށްގެން ނުވާނެއެވެ. ދަރުސާއި ނުގުޅޭ ބޭކާރު ވާހަކަތައް ދައްކައިގެން ނުވާނެއެވެ. މިސްކިތެއްގައި އިނދެގެން އިނދެ ދަރުސްއެއް އަޑުއަހާއިރު ދޭ ސަމާލުކަން ދޭންވާނެއެވެ.

 

ގިނަ ޢާއިލާތަކެއް އެއްގެއެއްގައި ދިރިއުޅޭނަމަ ޢާއިލާގެ މީހުން ގޭގައި ޖަމާއަތް ހަދައިގެން މިބާވަތުގެ ކަންކަން ކުރިނަމަވެސް އެކަން ވާނީ ޖަމާޢަތަކުން ކުރި ކަމަށެވެ. އެކަމުގެ ސަވާބާއި ދަރުމަ ﷲ ތަޢާލާ ދެއްވަވާނެއެވެ.

 

ތިއަ ލޮބުވެތިކަނބަލުން އެކަމުގައި ތިބޭއިރު ވަށައިގެން މަލާއިކަތް ބޭކަލުން ތިއްބަވާނެއެވެ. އެކަމެއް ނިމުމުން ﷲ ތަޢާލާގެ ޙަޟްރަތަށް ވަޑައިގެން އެކަމުގެ ޚަބަރު ދެއްވަވާނެތެވެ. އެކަމާއި ގުޅިގެން ތިއަ ކަނބަލުންގެ ފާފަތައް ފުއްސަވައި ދެއްވަވާނެތެވެ.

 

މިހިރީ ހައްތާވެސް ތިއަ ލޮބުވެތި ކަނބަލުންނަށް ހުރި ފުރުޞަތުތަކެވެ. ބޭނުން ކުރުމާއި ނުކުރުން އޮތީ ތިއަ ކަނބަލުންގެ އަތްމަތީގައެވެ.

 

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް