އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނަމާދުކުރުމުގައި ދަތުރުވެރިންނަކީ ކޮބާ؟

ނަމާދުކުރުމުގައި ދަތުރުވެރިންނަކީ ކޮބާ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 55 ސިކުންތު

. ދަތުރުވެރިންނަކީ ކޮބާ؟ މި ސުވާލުގެ ޖަވާބުގައި ޑރ. މުޙައަމްދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެފައިވަނީ ދަތުރުވެރިންނަކީ އެމީހަކު ކުރާ ދަތުރުގައި 81 ކިލޯމީޓަރު ހުންނަ ދަތުރުތަކުގައި އުޅޭ މީހުންނެވެ. ޑރ. އިޔާޟްގެ މި ޖަވާބުން އެނގިގެންދަނީ ނަމާދުކުރުމުގައި ދަތުރުވެރިންނަށް ލިބިގެންވާ އިނާޔަތްތައް ބޭނުން ކުރެވޭނީ 81 ކިލޯމީޓަރު ހަމަވާ ނުވަތަ އެއަށްވުރެ ދިގު ދަތުރުތަކުގައި އުޅޭ މީހުން ކަމެވެ. އެހެންކަމުން މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި އުޅޭ މީހުން އެއްރަށުން އަނެއް ރަށަށް ދިއުމުގައި ދަތުރުވެރިއެއް ކަމަކަށް ނުބެލެވޭނެއެވެ.

ދަތުރުވެރިންނަށް ލިބޭ އިނާޔަތްތައް ބޭނުމެއް ނުކުރެވޭނެއެވެ. ނަމަވެސް ރާއްޖޭގައި ކުރާ ދަތުރެއް ނަމަވެސް އެ ދަތުރުގައި 81 ކިލޯ މީޓަރު ހަމަވާ ދަތުރެއް ނަމަ ޢިނާޔަތް ބޭނުންކުރެވޭނެއެވެ. މަހަށް ނުކުތުމުގައިވެސް 81 ކިލޯމީޓަރު ރަށާއި ބޭރަށް ނުކުންނަ ނަމަ ޢިނާޔަތް ބޭނުންކުރެވޭނެއެވެ. ދަތުރުވެރިންނަށް ނަމާދުކުރުމުގައި ވަނީ ލުއިފަސޭހަ ގޮތްތަކެއް މިންވަރު ކުރައްވަވައިފައެވެ.

އެއީ 4 ރަކްޢަތް ނަމާދުތައް 2 ރަކްޢަތަށް ކުރުކޮށް އިސްކޮށް ޖަމްޢްކުރުމާއި ފަސްކޮށް ޖަމްޢްކުރުމުގެ ލުއިފަސޭހަކަމެވެ. ދަތުރަކީ އުޒުރެއް ކަމަށް ބަލައި ނަމާދު އެޅުމެއް ނެތެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް