އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސައިންސްގެ ބާރު ގަދަނަމަ ނިކަން ﷲ ދިރުން ދެއްވަވާފައި ނުވާ އެއްޗަކަށް ދިރުން ދީބަލާށެވެ!: ވައްހާޖް ތަރިން

ސައިންސްގެ ބާރު ގަދަނަމަ ނިކަން ﷲ ދިރުން ދެއްވަވާފައި ނުވާ އެއްޗަކަށް ދިރުން ދީބަލާށެވެ!: ވައްހާޖް ތަރިން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 0 ސިކުންތު

ސައިންސްގެ ހޯދުންތަކުން ފެންނަމުންދާ ކަންކަމުގެ އަލީގައި ގިނަ އަދަދެއްގެ ސައިންސްވެރިން ދަނީ އިސްލާމް ވަމުންނެވެ. ޚާއްޞަކޮށް ބޮޑެތި ސައިންސިސްޓުން ނުވަތަ ސައިންސްގެ ޢިލްމުގައި ކުރިއަރާދިއަ ގިނަ ބައަކު މިހާރުވެސް ވަނީ އިސްލާމްވެފައެވެ.

އެހެންކަމާއިއެކުވެސް ސައިންސުގެ އެކިއެކި ކަންކަމާއި ގުޅުވައި އިސްލާމް ދީނަށް ފާޑު ކިޔާބައަކުވެސް އުޅެއެވެ. އެމީހުންނަށް އެގޮތް މެދުވެރިވަނީ ސައިންސުން އެނގޭ މިންވަރު ކުޑަވުމުން ކަމަށް ޤަބޫލުކުރެވެއެވެ.  

"ދިރުން ދެއްވަވަނީވެސް ދިރުން އަނބުރައި ގެންދަވަނީވެސް ﷲ އެވެ." ބުނެވޭ ބުނުމަށް ގޮން ޖަހަން ސައިންސްވެރިން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އަދި މިހާރުވެސް ދަނީ ކުރަމުންނެވެ. ނަމަވެސް އެމީހުންނަށް އެއްވެސް ކުރިއެރުމެއް ހޯދިފައެއް ނުވެއެވެ. ނުވެސް ލިބޭނެއެވެ. 

ﷲ ތަޢަލާ އެއްޗަކަށް ދިރުން ދެއްވަވާފައި ނުވާ އެއްވެސް އެއްޗަކަށް ދިރުން ދިނުމަކީ ހަމަ އެއްވެސް މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ. ސައިންސްވެރިން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް އެކަމެއް ނުކުރެވޭނެއެވެ. މިސާލަކަށް ނިކަން ވެއްޔަށް ދިރުން ދީބަލާށެވެ. ފަރުބަދައަކަށް ދިރުން ދީބަލާށެވެ. ނުވަތަ މަރުވެ ހިކި ދަރަށްވެފައިވާ ގަހަކަށް ދިރުން ދީބަލާށެވެ. ދުނިޔޭގައި ތިބި ހުރިހާ ސައިންސްވެރިން އެކުވެގެން މަސައްކަތް ކުރި ނަމަވެސް އެކަމެއް ނުކުރެވޭނެއެވެ. އީޖާދު ކުރެވިފައިވާ ހުރިހާ ކެމިކަލްތަކެއް އެކުގައި ބޭނުންކުރި ނަމަވެސް އެކަމެއް ނުކުރެވޭނެއެވެ.  

އެއްވެސް ދީނެއް ޤަބޫލު ނުކޮށް ސައިންސަށް ބުރަވާ ކަމަށް ބުނާ މީހުން މި މައުޟޫޢުގައި ބުނާނީ ކީކޭހެއްޔެވެ؟ ސައިންސަކީ ހުރިހާ ބާރެއް ލިބިގެންވާ ޢިލްމެއް ނަމަ އެ އިލްމުގެ ތެރެއިން ދިރުން ނުގެންވީ ކީއްވެގެން ހެއްޔެވެ؟ ތަފާތު ޓެކްނޮލޮޖީ ބޭނުންކޮށްގެންވެސް މިކުރެވޭ ކަމަކީ ހަމަ އެކަނި މެރުމެވެ. އިނަސާނުންވެސް މަރައިލެވިދާނެއެވެ. ގަސްތަކާއި އެހެނިހެން ދިރޭ ތަކެތި ވެސް މެރިދާނެއެވެ.

މިކަމުގައިވެސް ވިސްނައިލުން ވަރަށް މުހިންމު ކަމެއް އެބައޮތެވެ. ނުރައްކައުތެރި ކެމިކަލް ފަދަ ތަކެތި ބޭނުންކޮށްގެންވެސް މަރައި ނުލެވިފައިވެސް އެބަހުއްޓެވެ. ވިހަ ކެމިކަލްތައް ބޭނުންކޮށްގެން މަރައިލެވިއްޖެ ކަމަށް ޔަޤީންކުރި މީހުން މަރު ނުވެ ސަލާމަތްވެފައި ވެސް އެބަހުއްޓެވެ.  

ކެމިކަލް ހަތިޔާރު ބޭނުންކޮށްގެން ހަމަލާ ދިނުމުން އެތަނުގައި ތިބި އެއްބައަކު މަރުވެފައި އަނެއް ބައަކު މަރުނުވެ ސަލާމަތްވެފައި ވަނީ ކިތައް ފަހަރު ހެއްޔެވެ؟ ވީއިރު މިކަންކަމަކީ ޢިބްރަތަކަށް ނުފުދެނީ ހެއްޔެވެ؟ މީހަކު ކަތިލައި މަރާލަން ވަޅި ތޫނުކޮށްގެން ދިއުމަށްފަހުވެސް ކޮންމެވެސް ސަބަބެއް މެދުވެރިވެ އެކަން ނުކުރެވެނީ ކިތައް ފަހަރު ހެއްޔެވެ؟ އެސަބަބުތައް މެދުވެރި ކުރައްވަވަނީ ކޮން ފަރާތަކުން ހެއްޔެވެ؟

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މިކަންކަމަށް ވިސްނި ވަރަކަށް އިތުރަށް ސާބިތުވާނީ ހަމަ އެންމެ ކަމެކެވެ. ﷲ ތަޢާލެ މަތިވެރިވަންތަކަމެވެ. ހުރިހާ ބާރުތަކެއް ލިބިވޮޑިގެންވާ ފަރާތަކީ ހަމައެކަނި ﷲ ތަޢާލާ ކަމެވެ. ކީރިތި ޤްރްއާނުގެ ތެދުކަމެވެ!

- ވައްހާޖް ތަރިން ގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް