އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސުނާމީގައި ލިބުނު ގެއްލުންތައް ސިއްރު ކުރެއްވިކަމަށް ވިދާޅުވެ، ނަޝީދުގެ މިފަހަރުގެ ޝިކާރައަކަށް ރައީސް މައުމޫން ހައްދަވައިފި!

ސުނާމީގައި ލިބުނު ގެއްލުންތައް ސިއްރު ކުރެއްވިކަމަށް ވިދާޅުވެ، ނަޝީދުގެ މިފަހަރުގެ ޝިކާރައަކަށް ރައީސް މައުމޫން ހައްދަވައިފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 14 ސިކުންތު

މީގެ 15 އަހަރު ކުރިން (2004 ގައި) ރާއްޖެއަށް އެރި ސުނާމީ ކާރިސާއިން ލިބުނު ގެއްލުންތަކުގެ ޚަބަރު، އެއިރު ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ ސަރުކާރުން އުޅުއްވީ ރައްޔިތުންނަށާއި ދުނިޔެއަށް ސިއްރު ކުރައްވަން ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ތުހުމަތު ކުރައްވައިފިއެވެ.

 

ރައީސް މައުމޫންގެ ސަރުކާރަށް ތުހުމަތު ކުރައްވަމުން ނަޝީދު މިއަދު ވިދާޅުވީ، ރާއްޖެއަށް އެރި ސުނާމީގައި ރަށްތަކަށް ލިބުނު ބޮޑެތި ގެއްލުންތައް ރައްޔިތުންނަށާއި ދުނިޔެއަށް ސިއްރުކުރަން ކުރީގެ ރައީސް މައުމޫންގެ ސަރުކާރުން މަސައްކަތް ކުރެއްވި ކަމަށެވެ.

 

އެމްޑީޕީގެ ޓިކެޓުގައި ވިލިފުށީ ދާއިރާއަށް ވާދަކުރައްވާ ހަސަން އަފީފުގެ ކެމްޕެއިންގައި ތ. މަޑިފުށީ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ނަޝީދު ވިދާޅުވީ، ސުނާމީއަށްފަހު ރާއްޖޭގެ ގިނަ ރަށްތަކެކޭ އެއްފަދައިން މަޑިފުށީގެ ރައްޔިތުން ވެސް ތިބީ ވަރަށް ނިކަމެތި ހާލުގައި ކަމަށާއި ސުނާމީގެ ހަބަރު ދިވެހި ރައްޔިތުންގެ އިތުރުން މުޅި ދުނިޔެއަށް އެންމެ ފުރަތަމަ އެންގީ ހަސަން އަފީފު ކަމަށެވެ.

 

"ރައީސް މައުމޫންގެ ސަރުކާރުން އުޅުއްވީ އެ ސުނާމީގެ ހަބަރު ސިއްރުކުރައްވަން، އޭރުގައި އެއީ އާންމު ސިޔާސަތެއް، ކަންތައް ސިއްރުކުރުން،" ސަރުކާރު ހިންގާ ކޯލިޝަންގެ އެއް ލީޑަރު ރައީސް މައުމޫނަށް ތުހުމަތު ކުރެއްވަމުން ނަޝީދު ވިދާޅުވި އެވެ.

 

ނަޝީދު މިއަދު މިހެން ވިދާޅުވެފައިވާއިރު ރައީސް މައުމޫނަށް ތާއީދުކުރައްވާ ގިނަ މީހުން ބުނެފައިވަނީ މިއީ ކަނޑައެޅިގެން ނަޝިދު ހެއްދެވި އިތުރުފުޅެއް ކަމަށާއި ސުނާމީ ކާރިސާގެ ޚަބަރުތައް ބޭރު ދުނިޔެއަށް އެންމެ ތަފްސީލުކޮށް ފޯރުކޮށްދެއްވުމަށް ރައީސް މައުމޫން ބުރަކޮށް މަސައްކަތް ކުރެއްވި ކަމަށާއި އަދި އެހީ ހޯއްދަވައި ދެއްވުމަށް ވެސް މަސައްކަތް ކުރެއްވި ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ