އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނޫމަރާ ޙުސެއިންގެ ހަނދާނުގަ: ޙުލްޤުހެޔޮ ހުނަރުވެރި ބޭފުޅެއް!

ނޫމަރާ ޙުސެއިންގެ ހަނދާނުގަ: ޙުލްޤުހެޔޮ ހުނަރުވެރި ބޭފުޅެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 26 ސިކުންތު

ދިލްކުޝާ ށ. ފުނަދޫ/ނޫމަރާ އަލްމަރްހޫމް ޙުސެއިން އާދަމް، ނުވަތަ އާންމުކޮށް މީހުން ދަންނަ ނަމުން ނަމަ މާވަޑި ޙުސެއިން/ނޫމަރާ ޙުސެއިން/ޓީޗަރު ޙުސެއިން ނުވަތަ ހުސޭނުބެއަކީ ށ. ނޫމަރާ ދިލްކުޝާގެ އާދަމް އިބްރާހިމް އާއި މަރިޔަމް މުޙައްމަދުގެ އެންމެ ދޮށީ ފިރިހެން ދަރިއެވެ. 

މާވަޑި އާއިލާގެ ނަމުން މަޝްހޫރު އެއާއިލާއަކީ މުޅި ރާއްޖެއަށް ބަލަައިލި ކަމުގައި ވިޔަސް ވަޑާމުގެ މަސައްކަތުން އެފަދަ ދެވަނައެއް ނެތް ހުނަރުވެރި އާއިލާއެކެވެ. އެހެންނަމަވެސް އަލްމަރްހޫމް ނޫމަރާ ޙުސެއިން ދިވެހި ރާއްޖެއަށް ޚިދުމަތް ކޮށްދެއްވީ މުޅިން ތަފާތު ދާއިރާއަކުންނެވެ. ތައުލީމީ ދާއިރާއިންނެވެ. 

ށ. ނޫމަރާ މިއަދު މިދެކޭ ތަޢުލީމީ ޖީލު ބިނާކުރުމުގެ އެންމެ އިސް މޭސްތިރިއަކީ އަލް މަރުޙޫމް ޙުސައިން އާދަމް ކަމުގައި ބުނުން ދޮގަކަށް ނުވާނެއެވެ. އެގޮތުން 1986 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހު އެޅުނު "ނޫމަރާ މަކުތަބު" ގައި، އެންމެފުރަތަމަ އަސާސީ ފެންވަރަށް ތަޢުލީމު ފޯރުކޮށްދިނުމުގައި އިސްކޮށް އުޅުއްވެވީ އަލް މަރްޙޫމް ޙުސައިން އާދަމް އެވެ. 

ނޫމަރާގެ ތައުލީމީ ނިޒާމު ތަރައްޤީ ވަމުން ގޮސް "ނޫމަރާ ސްކޫލް" ގެ ނަމުގައި 21 އޯގަސްޓް 1991 ގައި އާއިމާރާތެއް އަޅައި ރަސްމީކޮށް ކިޔަވަދޭން ފެށުނީ 24 ސެޕްޓެމްބަރ 1991 ގައެވެ. އަލް މަރްޙޫމް ޙުސައިން އާދަމް އަކީ 21 އޯގަސްޓް 1991 އިން 06 ފެބްރުއަރީ 2006 އަށް ނޫމަރާ ސްކޫލް އަދި 2006 އިން 2009 އަކަށް ށ.ފުނަދޫ ސްކޫލް ގައިވެސް ތައުލީމު ފޯރުކޮއްދެއްވުމަށް އުޅުއްވި ހީވާގި މުދައްރިސެކެވެ. މިއަދު ސަރުކާރުގެ އަދި އަމިއްލަ ކުންފުނި ތަކުގެ އިސް މަޤާމުތަކުގައި ތިއްބެވި ށ.ނޫމަރާގެ އަދި ށ.ފުނަދޫގެ ދަރީންނަކީ އެނާގެ އަރިހުން ޢިލްމު ލިބިފައިވާ ބޭފުޅުންނެވެ. ހަމަޔަގީނުން ވެސް އަލް މަރްޙޫމް ޙުސައިން އާދަމް، ނޫމަރާގެ މިހާރުގެ ޖީލަށް ތަޢުލީމު ފޯރު ކޮއްދެއްވުމަށް ކުރެއްވި މަސައްކަތަކީ އަގުކުރެވޭނެ މަސައްކަތެއްނޫނެވެ. 

ތައުލީމީ ދާއިރާގައި ނުހަނު ބުރަ މަސައްކަތް ކުރެއްވުމުގެ އިތުރުން ނޫމަރާ ޙުސެއިން އަކީ ދީނީ ކަންކަމަށް ވެސް ނުހަނު ފަރުވާ ބެހެއްޓެވި ބޭފުޅެކެވެ. ބަރާބަރަށް ނަމާދު ގާއިމް ކުރުމުގެ އިތުރުން، ނިޔާވުމުގެ ކުރިން އޭނާވަނީ ޙައްޖުގެ މަތިވެރި އަޅުކަމާއި ޢުމްރާގެ އަޅުކަން ވެސް އަދާ ކުރައްވާފައެވެ. 

މިފަނާވަނިވި ދުނިޔެއާއި ނޫމަރާ ހުސެއިން އަލްވަދާއުކީ 8 ޖޫން 2019 ވީ ހޮނިހިރު ދުވަހުގެ ހެނދުނު 6:54 ގައި އައިޖީއެމްއެޗް ގައެވެ. ނިޔަވީއިރު ދުނިޔޭގައި އަނތްބަކާއި ހަތް ބޭފުޅުން އެބަ ތިއްބެވިއެވެ. އެއީ ހަތަރު ފިރިހެން ބޭފުޅުންނާއި 3 އަންހެން ބޭފުޅުންނެެވެ. 

އަލް މަރްޙޫމް ޙުސައިން އާދަމް ގެ މައްޗައް އެއްވެސް ދަރަންޏެއް ނުވަތަ ވަސިއްޔަތެއް ވާނަމަ އާއިލާގެ ފަރާތުން އިބްރާހީމް ޙުސައިން 9993335 / ޢާއިޝަތު ނާހިދާ 9991404 އާއި 8 ޖުލައި 2019ގެ ކުރިން ގުޅުއްވާދެއްވުމަކީ އެއާއިލާގެ ވަރަށް ބޮޑު އެދުމެކެވެ. 

އަޅުގަނޑުމެންގެ ދުޢާއަކީ އަލް މަރުޙޫމް ހުސައިން އާދަމް އަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވާ އާއިލާ އަށް ކެއްތެރިކަން ދެއްވުމެވެ. އާމީން.

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ