އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އުރީދޫ ކަލަރރަންގަ ބައިވެރިވާން ރަޖިސްޓްރީ ކުރުމުގެ ފުރުޞަތު މިރޭ ހަމަވަނީ!

އުރީދޫ ކަލަރރަންގަ ބައިވެރިވާން ރަޖިސްޓްރީ ކުރުމުގެ ފުރުޞަތު މިރޭ ހަމަވަނީ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 37 ސިކުންތު

އުރީދޫ ކަލަރރަންގައި ބައިވެރިވެވަޑައިގަތުމަށް ރަޖިސްޓްރީ ކުރައްވައިފިންތޯއެވެ؟ ރަޖިސްޓްރީ ނުކުރައްވާނަމަ  ore.do/colorrun ލިންކުން އަވަހަށް ރަޖިސްޓްރީކޮށްލައްވާށެވެ!

 

މިމަހު 28 ވަނަ ދުވަހު އައްޑޫ ސިޓީގައި ބާއްވަން ހަމަޖެހިފައިވާ އުރީދު ކަލަރރަންގައި ބައިވެރިވުމުގެ ފުރުޞަތު މިރޭ 11.59 ގައި ހަމަވާނެއެވެ.

 

އުރީދޫ ކަލަރ ރަންގެ ސްޓައިލް ޕާޓްނަރ އަކަށް ނޯޓް ކޮސްމެޓިކްސް

 

އުރީދޫއިން ކޮންމެ އަހަރަކު ބާއްވާ ކުލަގަދަ އަދި އެހާމެ ފޯރިގަދަ ދުވުމުގެ މުބާރާތް ކަމުގައިވާ "ކަލަރ ރަން" ގެ، މިއަހަރުގެ ސްޓައިލް ޕާޓްނަރަކީ ނޯޓް ކޮސްމެޓިކްސް މޯލްޑިވްސް އެވެ.

 

މިކަން އުރީދޫގެ ރަސްމީ ޓްވިޓާ އެކައުންޓްގައި އިއުލާން ކޮށްފައިވާއިރު، ނޯޓް ކޮސްމެޓިކްސް އާއިއެކު އެއެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ އުރީދޫ މޯލްޑިވްސްގެ ޑިރެކްޓަރ އޮފް ސޭލްސް ޑިސްޓްރިބިއުޝަން އެންޑް ބްރޭންޑް، ޙުސެއިން ނިޔާޒް އެވެ.

 

އެހެން އަހަރުތަކާއި ޚިލާފަށް އުރީދޫ ކަލަރ ރަން މިފަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީގައެވެ. އަދި މިދުވުމުގައި ބައިވެރިވުމުގެ ރެޖިސްޓްރޭޝަން މިއަދު ވަނީ ހަމަވެފައެވެ.

 

ދުވުމާއި ހިނގުމުގެ އިތުރުން، އުރީދޫ ކަލަރ ރަން އަކީ އެކަކު އަނެކަކު ގަޔަށް ކުލަ ޖަހަމުން ވަރަށް ޖޯޝާއި ފޯރީގައި ކުރިއަަށް ގެންދާ ދުވުމެކެވެ. އައްޑޫ ސިޓީ ގައި މިމުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވާ ހުކުރު ދުވަހުއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް