އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބޭނުމެއް ނުފުދިގެން ކަންބޮޑުވަނީ ހެއްޔެވެ! އަޖުމަ ބަލައިލަންވެސް މިމޭރުމުން ނިކަން ދަންނަވައިބަލާށެވެ!: މުޙައްމަދު ހޮބްލޮސް

ބޭނުމެއް ނުފުދިގެން ކަންބޮޑުވަނީ ހެއްޔެވެ! އަޖުމަ ބަލައިލަންވެސް މިމޭރުމުން ނިކަން ދަންނަވައިބަލާށެވެ!: މުޙައްމަދު ހޮބްލޮސް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 17 ސިކުންތު

ކިތަންމެ ގިނައިން ފާފަކުރެވިފައިވީނަމަވެސް ކަންބޮޑުނުވާށެވެ! ކިތަންމެ ބޮޑު ނިކަމެތި ކަމެއްގައި ހުރި ނަމަވެސް ކަންބޮޑުނުވާށެވެ! ކިތަންމެ ބޮޑު ކަންބޮޑުވުމެއްގައި ހުރި ނަމަވެސް ކަންބޮޑުނުވާށެވެ. ރޭގަނޑުގެ ފަހު 3 ބައިން ފަހު ބައަށް އުޅުމުން އެނދުން ތެދުވާށެވެ! ވުޟޫކޮށްލާށެވެ! 2 ރަކްޢަތް ނަމާދެއް ކޮށް ތާޒާވެލާށެވެ. އެއަށްފަހު ދެއަތް އުފުލައި ދަންނަވާށެވެ! "މިއަޅާގެ އަތުގައި އޮތީ އިނބަ ﷲ ދެއްވެވި ދެ އަތެވެ. އެއީ އެއްވެސް އެއްޗެއް ނެތް ހުސް ދެއަތެވެ! އިނބަ ﷲ އީ ހުރިކަމަކުން ފުދިވޮޑިގެންވާ އެންމެހައި އިންސާނުންނަށް ނުހަނު ދީލަތި ގޮތުގައި ރަހްމް ކުރައްވަވާ އިލާހްއެވެ. މިއަޅާގެ ހިތާއި ދެއަތް ފުރުއްވައިލަދެއްވަވާނދޭވެ!" އެމީހަކަށް މާޔޫސްވާން ނުޖެހޭނެކަން އަހަރެން ޔަޤީން ކުރަމެވެ. އަހަރެމެންނަށް އޮތީ ހަމަ ދެ އަތް އުފުލައި އިޚްލާޞްތެރިކަމާއިއެކު ދުޢާ ކުރުމެވެ. 

މީހަކު 20،30،40،50، 60 އަހަރުވަންދެން ﷲ ތައާލާގެ މަތިން ހަނދުމަ ނުކޮށް އުޅުމަށްފަހުގައިވެސް ދެއަތް މައްޗަށް އުފުލާލައި "ޔާﷲ" އެވެ ދަންނަވައިފިނަމަ އެއަޑު އައްސަވައި ވޮޑިގެން ބޭނުންވަނީ ކޮން ކަމެއްތޯ ސުވާލު ކުރައްވަވަތެވެ. ޖަވާބުގައި "މިއަޅާގެ ތައުބާ ޤަބޫލުފުޅުކޮށް ދެއްވެވުން" ކަމުގައި ދަންނަވައިފިނަމަ އެމީހެއްގެ ތައުބާ ޤަބޫލުފުޅު ކޮށްދެއްވަވަތެވެ. 

އަހަރެމެން ދަންނަވަން ބޭނުން ކޮންމެ ޢިބާރާތަކުން ދެންނެވޭނެއެވެ! ވީމާ ދަންނަވާށެވެ! "މިއަޅާއަށް އިހްމާލް ވެވިއްޖެއެވެ. ނުކިޔަމަންތެރިވެސް ވެވިއްޖެއެވެ. ނަމަވެސް ކޮންމެ ދުވަހަކު އެތައް ބިލިއަން މަލާއިކަތުން އިނބަ ﷲ އަށް ސަޖިދަ ކުރެތެވެ. ސަޖިދައިގައި ތިބެތެވެ. ޔާ ﷲ! މިނިކަމެތި އަޅާގެ ތައުބާ ޤަބޫލުފުޅު ކުރައްވަވައި ފާފަ ފުއްސަވައި ދެއްވަވާނދޭވެ!" އިޚްލާޞްތެރިކަމާއިއެކު މިފަދައިން ދަންނަނަވައިފި ނަމަ އެމީހެއްގެ ހުރިހާ ފާފަތަކެއް ފުއްސަވައި ދެއްވަވާނެ ކަމާއިމެދު އަހަރެން އެއްވެސް ޝައްކެއް ނުކުރަމެވެ. 

ވީއިރު ތައުބާ ނުވެ މިތިބެނީ ކީއްވެގެން ހެއްޔެވެ؟ މަރު ނުވެ އަދިވެސް އެތައް އަހަރެއް ވަންދެން ދުނިޔޭގައި ހުރެވިދާނެ ކަމަށް ޔަޤީން ކުރެވެނީ ހެއްޔެވެ؟ އެއީ ގިނަ ބައަކަށް ކުރެވޭ އެންމެ ބޮޑު އެއް ކުށެވެ.  

- ޝައިޚް މުޙައްމަދު ހޮބްލޮސްގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް