އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 10 ސިކުންތު
އަޅުގަނޑުމެން ހޭދަކުރަމުން މިގެންދަނީ ބަރަކާތްތެރި އަޟްޙާ ޢީދުގެ ދުވަސްތަކެވެ. ޢީދުގެ މަޖަލުގައި ވަގުތުތައް ހޭދަކުރި ނަމަވެސް މިފަދަ މަތިވެރި ޛިކްރްތައް ކިޔުން ދޫކޮށްނުލާށެވެ! ފަތިސް ނަމާދުން ދުވަސްތައް ފަށާށެވެ! ފަތިސް ނަމާދަށްފަހު ކީރިތި ޤްރުއާނުން ކިތަންމެ ކުޑަމިންވަރެއް ނަމަވެސް ކިޔަވާށެވެ! ޛިކްރުތައް ކުރާށެވެ!
މި ޛިކްރަކީ ރަސޫލް (ޞޢވ)، އިތުރު އެކަލޭގެފާނު (ޞޢވ)ގެ އަނބިކަނބަލުން ޖުވައިރިޔަތުގެފާނަށް ދަސްފުޅުކޮށްދެއްވެވި ޛިކްރެކެވެ. އެއީ ފަތިސްނަމާދުން ފައިބައި ވަޑައިގެން ކަންކަމުގައި އުޅުއްވެވުމަށްފަހު މެންދުރު ގެއަށްވަޑައިގެންނެވިއިރު ވެސް ފަތިހުންސުރެ ޛިކްރު ކުރެއްވެވުން މަތީގައި ޖުވައިރިޔަތުގެފާނު އިންނެވުމުންނެވެ.
ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރެއްވެވީ މި ޛިކްރަކީ ފަތިސް ނަމާދުން ފެށިގެން މެންދުރުވުމާއި ހަމައަށް ޛިކްރްކުރުންމަތީގައި އިނުމަށްވުރެ ގިނަ ސަވާބު ލިބިގެންދާ ޛިކުރެއްކަމަށެވެ.
سُبْحَانَ اللهِ وَبِحَمْدِهِ: عَدَدَ خَلْقِهِ، وَرِضَا نَفْسِهِ، وَزِنَةَ عَرْشِهِ وَمِدَادَ كَلِمَاتِهِ
"މާތް ﷲ އަށް ހުސްޠާހިރުވަންތަކަމާއި ރިވެތި ޘަނާ އާއި ތަޢްރީފް ލިބިވިޑިގެންވެއެވެ. އެއިލާހުގެ ޚަލްޤްތަކުންގެ ޢަދަދަށެވެ. އަދި އެ އިލާހުގެ ޛާތުފުޅު ރުހިވޮޑިގަންނަވާ މިންވަރަކަށެވެ. އަދި އެ އިލާހުގެ ޢަރުޝީގެ ބަރުދަނަށެވެ. އަދި އެއިލާހުގެ ބަސްފުޅުތަކުގެ ދެލީގެ މިންވަރަށެވެ."
ބައެއް ޢިލްމްވެރިން ވަނީ ޢަޞްރު ނަމާދަށްފަހު މި ޛިކްރު ކުރުމުން ފަތިސް ނަމާދަށްފަހު ކުރުމުން ލިބޭ ޘަވާބު ލިބިގެންދާނެ ކަމަށްވެސް ބަޔާން ކުރައްވަވައިފައެވެ.
އިތުރު މައުލޫމާތު ހިމެނޭ ވީޑިއޯއެއް!
Advertisement
13 އޮގަސްޓް 2019