އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަޖިލިސް މެންބަރުންނަށް ދައުލަތުގެ ޚަރަދުގައި ކާންދޭތީ ކަންބޮޑުވާ ރައްޔިތުން އެބަތިބި!

މަޖިލިސް މެންބަރުންނަށް ދައުލަތުގެ ޚަރަދުގައި ކާންދޭތީ ކަންބޮޑުވާ ރައްޔިތުން އެބަތިބި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 32 ސިކުންތު

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ދައުލަތުގެ ޚަރަދުގައި ކާންދޭތީ ކަންބޮޑުވާކަން ބައެއް ރައްޔިތޔުން ގެންދަނީ ހާމަކުރަމުންނެވެ.

ކަންބޮޑުވުން ފައުޅުކުރާ ރައްޔިތުން ބުނަނީ ސިވިލް ސާވިސްގެ ޢާންމު މުސާރައިގެ 15 ވަރަކަށް ގުނަ އިތުރަށް މަޖިލިސް މެންބަރުންނަށް މުސާރަ ލިބޭކަމަށެވެ. ސިލްސަރވިސްގެ މުވައްޒިފުން ކިތަންމެ ގިނަ ވަގުތުތަކުގައި އޮފީހުގައި އުޅެން ޖެހުނު ނަމަވެސް ކައިބޮއި ހަދަން ޖެހެނީ މުސާރައިން ޚަރަދުކޮށްގެން ކަމަށެވެ.

މީގެ އިތުރުން ޢާންމު ރައްޔިތު މީހާ ބަލިވުމުން އާސަންދަ ލިބެނީ ވެސް ސަލާން ޖަހައި އެތައް ލިޔުމެއް ހުށަހަޅައިގެން އާސަންދަ ބޯޑަށް ދޭން ފެނިއްޖެ ހާލަތެއްގައި ނަމަވެސް މަޖިލިސް މެންބަރުންނަށް އެފަދަ އެއްވެސް ދަތިކަމެއް ނެތި އާސިއާން ޤައުމުތަކުން ފަސޭހަކަމާއިއެކު ބޭސްކޮށްލެވޭކަންވެސް ރައްޔިތުންގެ ގިނަ ބައަކު ގެންދަނީ ފާހަގަކުރަމުންނެވެ.

އަދި ސަރުކާރުން އެންމެ ބޮޑެތި މުސާރަ ދޭ ބޮޑެތި މަޤާމުތަކުގައި ތިބޭ މުވައްޒިފުންނަށްވެސް ނިކަމެތިންނަށް ނުލިބޭ އެފަދަ އިނާޔަތްތައް ދެމުން ގެންދާތީވެސް ގިނަ ބައަކު ދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ.

ދައުލަތުގެ ފައިސާ އާއި ތަކެތި ރައްޔިތުންގެ މެދުގައި ބަހަން ޖެހޭނީ ހަމަހަމަކަމާއިއެކުގައި ކަމަށް ހުކުރު ޚުޠުބާތަކުގައި ކިޔާއަޑު ދަނީ އިވެމުންނެވެ. ޢުމަރުގެފާނު ތުރުކުރެއްވެވި ހެދުންކޮޅުގެ މިސާލުވެސް ޚުޠުބާތަކުގައި ކިޔައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް