އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސަރުކާރުގެ ހުއްދައަކާނުލާ ހަނގުރާމަވެރި ސަރަޙައްދަކަށް ދިޔުންވެސް ކުށަކަށް ހަދަނީ!

ސަރުކާރުގެ ހުއްދައަކާނުލާ ހަނގުރާމަވެރި ސަރަޙައްދަކަށް ދިޔުންވެސް ކުށަކަށް ހަދަނީ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 40 ސިކުންތު

ސަރުކާރުގެ ހުއްދަނެތި ހަނގުރާމަވެރި ސަރަޙައްދަކަށް ދިޔުމަކީ ވެސް ކުށެއްގެ ގޮތުގައި ކަނޑައަޅަން ޓެރަރިޒަމްގެ ޤާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި ހިމަނައިފިއެވެ.

ޓެރަރިޒަމްގެ ގާނޫނު މިހާރު އޮންނަ ގޮތުން ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވުމަކީ ކުށެއް ނަމަވެސް ކުށަކަށް އެކަން ވަނީ އެފަދަ ހަނގުރާމައެއްގައި ބައިވެރިވުމުން ނުވަތަ ހަނގުރާމައެއްގައި ބައިވެރިވާން ހިނގައްޖެނަމައެވެ.

ޓެރަރިޒަމްގެ ޤާނޫނަށް އިސްލާހު ގެންނަން ސަރުކާރުން މިހާރު ހުށަހެޅި ބިލްގައިވާ ގޮތުން، ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމައަކަށް ދިޔުމުގެ އިތުރުން ހަނގުރާމަވެރި ސަރަޙައްދަކަށް ސަރުކާރުގެ ހުއްދަނެތި ދިޔުމަކީ ނުވަތަ ދާން އުޅުމަކީ ވެސް ކުށެކެވެ. އަދި އެފަދަ ސަރަޙައްދުތަކަކީ ކޮބައިކަން ކަނޑައަޅާނީ ޤައުމީ ސަލާމަތާބެހޭ މަޖިލިހުގެ ލަފާގެ މަތިން ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ކަމަށް ވެސް އެބިލްގައި ހިމަނާފައިވެއެވެ.

އެބިލްގައިވާ ގޮތުގައި ހަނގުރާމައަށް ހިނގައްޖެނަމަ 17 އަހަރާއި 20 އަހަރާއި ދެމެދުގެ ޖަލު ހުކުމެއް އެމީހެއްގެ މައްޗަށް އަންނާނެއެވެ. އަދި ހަނގުރާމަވެރި ސަރަޙައްދަކަށް ހިނގައްޖެނަމަ 10 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުމުގެ ބާރު ވެސް އެބިލުން ލިބިދެއެވެ. މީގެއިތުރުން ހަނގުރާމަވެރި ސަރަޙައްދަކަށް ދާން އުޅޭމީހަކާއި ބައިވެރިވެއްޖެނަމަ އެމީހަކު ނުވަ އަހަރާއި 12 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލެވޭ ގޮތަށް ވެސް ބިލްގައި ހިމަނާފައިވެއެވެ.

އެކަމަކު ސަރުކާރުން ހުއްދަ ދޭ ހާލަތްތަކުގައި ނުވަތަ ހާލުގައި ޖެހިފައިވާ ބަޔަކަށް އެހީވުމަށް ނުވަތަ ކޯޓު އަމުރެއް ތަންފީޒު ކުރަން ނުވަތަ އެހެން ގައުމެއްގެ ސަރުކާރުން ނުވަތަ އދ. އިން ހަވާލުކުރާ މަސައްކަތެއް ކުރުމަށް ނުވަތަ ނޫސްވެރިކަމުގެ މަސައްކަތެއް ކުރުން ފަދަ ކަމެއްގައި އޭގެ ސަރަހައްދަކަށް ދިއުމަކީ، ބިލްގައި އޮތް ގޮތުން، ކުށެއް ނޫނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ