އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަޢުރަ ނިވާ ނުކުރާ އަންހެނުންނަށް: އިމުން ބޭރުވުމުގެ ޙުކުމް ޤުރްއާނުގައި ވަރަށް ސާފެވެ!

އަޢުރަ ނިވާ ނުކުރާ އަންހެނުންނަށް: އިމުން ބޭރުވުމުގެ ޙުކުމް ޤުރްއާނުގައި ވަރަށް ސާފެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 7 ސިކުންތު

އަންހެނުން ހެދުންލައި އުޅުމަށް ﷲ ތަޢާލާ ވަނީ އިމެއް ކަނޑައަޅުއްވަވައި ކީރިތި ޤުރްއާނުގައި ބަޔާން ކުރައްވަވައިފައެވެ. ނަމަވެސް ބައެއް ކަނބަލުންނަކަށް އެކަން ޤަބޫލެއް ނުކުރެވެއެވެ. އެމީހުން ވަނީ އެމީހުން އަމިއްލައަށް އިންތަކެއް ކަނޑައަޅައިފައެވެ. އެމީހުން ހެދުންލައި އުޅެނީ އެމީހުންގެ އަމިއްލަ މިންގަނޑުންނެވެ. 

އެފަދަ ކަނބަލުން ފުރަތަމަ ކަމަކަށް ކީރިތި ޤުރްއާނުގެ މިދެއާޔަތް ކިޔައިލާށެވެ! 

އެއީ، ﷲ ކަނޑައަޅުއްވައި އަންގަވާފައިވާ އިންތަކެވެ. ﷲ އަށާއި، އެކަލާނގެ ރަސޫލާއަށް ކިޔަމަންތެރިވާ މީހާ، އެތާނގެ ދަށުން ފެންއާރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކަށް ވައްދަވާނެތެވެ. އެތާނގައި، އެއުރެން ދެމިތިބެނިވި ގޮތުގައެވެ. ބޮޑުވެގެންވާ ނަޞީބު ލިބުމަކީ އެއީއެވެ.. (އައްނިސާ: 13) 

އަދި، ﷲ އަށާއި، އެކަލާނގެ ރަސޫލާއަށް އުރެދި، އެކަލާނގެ ކަނޑައަޅުއްވާފައިވާ އިންތައް ފަހަނަޅައިދާމީހަކު، ނަރަކައަށް ވައްދަވާނެތެވެ. އެތާނގައި އެމީހަކު ދެމިހުންނަނިވި ގޮތުގައެވެ. އަދި، އެމީހަކަށް އިހާނަތްތެރިކަން ދެނިވި ޢަޛާބް ހުށްޓެވެ. (އައްނިސާ 14) 

މި ދެއާޔަތުގައި މިވަނީ އިމުގައި ތިބުމުން ލިބެން އޮތް ނަޞީބާއި އިމުން ބޭރުވުމުން ލިބެން އޮތް ނަޞީބުގެ ވާހަކައެވެ. ދެން ބަލައިލަންވީ ހެދުންލުމަށް ﷲ ތަޢާލާ ބަޔާން ކުރައްވަވާފައިވާ އިމަކީ ކޮބައިތޯއެވެ! އެއިންތައްވެސް ވަރަށް ސާފެވެ. އެއްވެސް އޮޅުމެއްވެސް ނެތެވެ. ނިވައިކުރަންޖެހޭ މިންވަރު މިވަނީ ވަރަށް ސާފުކޮށް ބަޔާންކޮށް ދެއްވަވައިފައެވެ. 

"އަދި މުއްމިން އަންހެނުންނަށް އެކަނބަލުންގެ ބެލުންތައް ތިރިކުރުމަށާއި، އެކަނބަލުންގެ

ފަރުޖްތައް ރައްކާތެރިކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ! އަދި އެކަނބަލުންގެ ޒީނަތުގެ ތެރެއިން ފާޅުވެގެންވާތަން ފިޔަވައި (އެބަހީ: މޫނާއި ދެއަތްތިލަ ފިޔަވައި) އެކަނބަލުންގެ ޒީނަތް ފާޅުނުކުރާހުށިކަމެވެ! އަދި އެކަނބަލުންގެ ބުރުގާތައް، އެކަނބަލުންގެ ކަރުވަޅުތަކުގައި އަޅައިނިވައިކުރާހުށިކަމެވެ! އަދި އެކަނބަލުންގެ ފިރިންނަށް، ނުވަތަ އެކަނބަލުންގެ ބަފައިންނަށް، ނުވަތަ އެކަނބަލުންގެ ފިރިންގެ ބަފައިންނަށް، ނުވަތަ އެކަނބަލުންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ ފިރިންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ އަޚުންނަށް، ނުވަތަ އެކަނބަލުންގެ އަޚުންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ އުޚުތުންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ ތެރެއިންވާ އަންހެނުންނަށް، ނުވަތަ އެކަނބަލުންނަށް މިލްކުވެގެންވާ އަޅުންނަށް، ނުވަތަ ފިރިހެނުންގެ ތެރެއިން އެދުންވެރި ކަމެއް ނުހިނގާވަރުގެ ގެންގުޅޭ މީހުންނަށް، ނުވަތަ އަންހެނުންގެ ޢައުރަތައް ނޭނގޭވަރުގެ ކުޑަކުއްޖާއަށް މެނުވީ، އެކަނބަލުންގެ ޒީނަތް ފާޅުނުކުރާހުށިކަމެވެ! އަދި އެކަނބަލުންގެ (ގަހަނާއާއި) ޒީނަތުގެ ތެރެއިން، ވަންހަނާވެފައިވާ ތަކެތި އެންގުމަށްޓަކައި، ފައިތިލަތަކުން (ބިމުގައި) އެކަނބަލުން ނުތަޅާހުށިކަމެވެ! އޭ މުއުމިނުންނޭވެ! ތިއަބައިމީހުން އެންމެން ﷲ އަށް ތައުބާ ވާށެވެ! (އެއީ) ތިއަބައިމީހުން ދިންނަވައި، ނަޞީބުމަށްޓަކައެވެ. (އައްނޫރު: 31) 

މި އިމަކީ ހަމައެކަނި ނަމާދުގައި ނިވާކުރުމަށް އޮތް އިމެއް ކަމަށް ބުނާނަމަ އެކަން ކީރިތި ޤުރްއާނުން ނިކަން ދައްކައިބަލާށެވެ! ﷲ ތަޢާލާ ބާވައިލެއްވެވި އިންތައް ޤަބޫލު ނުކުރުމަކީ އެންމެ ބޮޑަށް އިމުން ބޭރުވުންކަން އެއީ ކަށަވަރު ކަމެކެވެ. ﷲ ތަޢާލާ ބާވައިލެއްވެވި އިންތައް ޤަބޫލު ނުކުރުމަކީ އެ އިންތަކަށް އިންކާރުކުރުމެވެ. އެއަށްވުރެ ނުބައިކަން ބޮޑު ކަމަކީ ކޮބައިހެއްޔެވެ؟ 

އަހުރެން މިބަޔާން ކުރީ އަހުރެންގެ އަމިއްލަ ވާހަކައެއް ނުވަތަ ފަތުވާއެއް ނޫނެވެ. މިބަޔާންކުރީ ﷲ ތަޢާލާ ކީރިތި ޤުރްއާނުގައި ވަޙީކުރައްވަވާފައިވާ 3 އާޔަތެވެ. ވިސްނައި ފިކުރުކޮށް ޤަބޫލުކުރުމަކީ ހަމަ އެމީހެއްގެ ކަމެކެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް