އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނޯށުކުރިން ކަރުނައަޅާތާ އެތައް އަހަރެއް ފަހުން މަރުވާ މީހަކަށް ނުވާށެވެ!

ނޯށުކުރިން ކަރުނައަޅާތާ އެތައް އަހަރެއް ފަހުން މަރުވާ މީހަކަށް ނުވާށެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 25 ސިކުންތު

ފާފަ ކުރެވޭ މީހުންނަށް ހިތްވަރުދީ ފާފަކުރުވަން ބާރުއަޅައި ވާގަވެރިވާ ބައަކު ތިބޭނެއެވެ. އެއީ މުނާފިޤުންނެވެ. ޝައިޠާނާގެ ބައިވެރިންނެވެ. ޝައިޠާނާގެ އެޖެންޓުންނެވެ. އެފަދަ މީހުންނަށް އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބޭނީ މީހުން ފާފަކުރުމުންނެވެ. ހިތާމައަކީ މިފަދަ މީހުން، އެމީހާގެ އެންމެ ގާތް މީހުންގެ ތެރޭގައި ހިމެނޭ ކަމެވެ. އަދި އެފަދަ މީހުންގެ ބަސް ޤަބޫލުކުރެވޭ ކަމެވެ.  

މީސްތަކުންނޭވެ! ރަނގަޅަށް ވިސްނާށެވެ! އެމީހަކީ މިބުނި ފަދަ ޝައިޠާނުންގެ ބަސް ޤަބޫލުކޮށްފާނެ މީހެއްކަމަށް ހީވި ނަމަވެސް އެމީހަކާއި އަވަލާނެއެވެ. ފުރަތަމަ ގެންދާނީ ކޮފީއަށެވެ. ދެން ގެންދާނީ ނައިޓް ކްލަބަށެވެ. އެހިސާބުން އެއޮތީ ހުރިހާ ދޮރުތަކެއް ހުޅުވިފައެވެ. ފުރަތަމަކޮޅު އެމީހުން ޚަރަދުވެސް ކުރާނެއެވެ. މަޅީގައި ޖެހުމުން އެމީހާ ލައްވައި ޚަރަދުކުރުވަމުން ގޮސް ދަރަނިވެރިވެސް ކުރުވާނެއެވެ. 

ލޮބުވެތި ކަނބަލުންނޭވެ! ތިއަ ކަނބަލުންނަށް ހަދާނީ ހަމަ މިހެންނެވެ. ފުރަތަމަ ގެންދާނީ ކޮންމެވެސް ރެސްޓޯރަންޓެއް ފަދަ ތަނަކަށެވެ. ދެފަހަރަކު ގެންދާތަނުން ކޮންމެވެސް ފިރިހެނަކާ "އިއްތިފާޤުން" ދިމާވާނެއެވެ. އެހިސާބުން ކަންކަން ކުރިފަޅައި ހެދެން ފަށާނެއެވެ. އާޚިރު ނަތީޖާއަކަށް ވެގެންދާނީ އަބުރުވެރިކަން ގެއްލިގެން ދިއުމެވެ. ކައިވެނިކޮށްގެން ހުރި އަންހެނެއްގެ ނަމަ ކައިވެނިވެސް ރޫޅިގެން ދިއުމެވެ. 

ކެހިވެރިންގެ މަޅީގައި ޖެހި ޢާއިލީ ދިރިއުޅުން ނަގާލައި އާޚިރަތްވެސް ގެއްލިގެން ދިއުމަކީ އިންސާނަކަށް ލިބޭނެ އެންމެ ބޮޑު ހިތާމައެވެ. ހިތްދަތިކަމެވެ. ދުނިޔޭގެ ވަގުތީ އަރާމުކޮޅަކަށްޓަކައި ޢާއިލީ ދިރިއުޅުމާއި އާޚިރަތް ދޫކޮށް ނުލާށެވެ! އެފަދައިން އަމަލުކުރާ މީހުންނަށް މިދުނިޔޭގައިވެސް ލިބޭނެ ހަޤީޤީ ކުރިއެރުމެއް ނުއޮންނާނެއެވެ! އެފަދައިން އަމަލުކުރާ ގިނަ މީހުން ދުނިޔެ ދޫކުރާނީ އެތައް އަހރެއް ވަންދެން ނޯށުން ރޮއިފައެވެ. 

މީސްތަކުންނޭވެ! ފާފަ ބަލަން ޖެހޭނީ ހަމައެކަނި ފާހިޝް އަމަލަކުން ނޫނެވެ. ވައްކަމާއި އެނޫންވެސް ﷲ ތަޢާލާ ހަރާމް ކުރެއްވެވި ކޮނަމެ ކަމަކީ ފާފައެވެ. އެއްވެސް ބާވަތެއްގެ ފާފައެއް ކުރަން ހިތްވަރުދީ ވާގިވެރިވާނަމަ އެމީހަކާއި ދުރުވާށެވެ! އެމީހެއްގެ ސަލާމަތް ހޯދުމަކީ އެމީހެއްގެ ކަމެކެވެ. ފާފަތައް ކުރުމަށްފަހު ފާފަކުރެވުނީ މިވެނި ސަބަބެއް މެދުވެރިވެގެން ކަމަށް ބުނުމަކުން ނުފުދޭނެއެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި އެއްވެސް ބަހަނާއެއެއް ނުދެއްކޭނެއެވެ. އެމީހަކު ކުރި ކަމަށް ޒިންމާވާން ޖެހޭނީ އެމީހެކެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް