އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސަރުކާރާމެދު ކަންބޮޑުވާން ޖެހެނީ ލާދީނީ ފިކުރުގެ މީހުން ސަރުކާރުގެ ޕޮލިސީ ލެވެލްގަ އިސް މަޤާމުތަކުގަ ތިބުމުން!

ސަރުކާރާމެދު ކަންބޮޑުވާން ޖެހެނީ ލާދީނީ ފިކުރުގެ މީހުން ސަރުކާރުގެ ޕޮލިސީ ލެވެލްގަ އިސް މަޤާމުތަކުގަ ތިބުމުން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 45 ސިކުންތު

ރާއްޖެއިން އިސްލާމް ދީން ފުހެލަން މަސައްކަތްކުރާ އެމްޑީއެންގެ ރިޕޯޓް ނުވަތަ "ސެޓަނިކް ރިފޯމް ޕޭޕަރސް" އާއިމެދު ކަންބޮޑުވާން ޖެހެނީ އެމްޑީއެން ފަދަ ކަނޑައެޅިގެން އިސްލާމް ދީނަށާއި ރަސޫލް (ޞޢވ) އަށް ފުރައްސާރަކުރާ ލާދީނީ ފިކުރުމުގެ މީހުން މިސަރުކާރުގެ އިސް މަޤާމުތަކުގައި ތިބުމުންނެވެ. ޚާއްޞަކޮށް ޕޮލިސީތައް އެކުލަވައިލާ ފެންވަރުގައި ތިބުމުންނެވެ.  

އެ ޝައިޠާނީ ކަރުދާސްތައް ނެރުނީ މީގެ 4 ވަރަކަށް އަހަރުކުރިން ނަމަވެސް އެކަން ޢިލްމުވެރިންގެ ސަމާލުކަމަކަށް ނައުދެއެވެ. ރިޕޯޓް އޮތީ އިނގިރޭސިބަހުން ކަމަށްވުމުން ތަރުޖަމާ ކުރައްވައިގެން ބައްލަވަން މަސައްކަތްޕުޅު ނުކުރެއްވި އޮތުމުންނެވެ. އެއިގައި ހުރި މައްސަލަތައް ދިނީ ޢިލްމުވެރިންގެ ސަމާލުކަމަށް އައީ ބައަކު އެ ކަރުދާސްތައް ބަލައި އެއިގައި ހުރި ޝައިޠާނީ ފިކުރުގެ މައްސަލަތައް ޢިލްމުވެރިންގެ ސަމާލުކަމަށް ގެނައުމުންނެވެ.  

ބައަކު އެހައި ނުބައި ރިޕޯޓެއް ނެރުމުން އެއިގެ ހަޤީޤަތް ނުބަލައި ރައީސް ޔާމީނުގެ ސަރުކާރުން އޮތް އޮތުމުގެ ޒިންމާ އުފުލަން ރައީސް ޔާމީނުގެ ސަރުކާރަށް ޖެހޭނެއެވެ. އަދި މިސަރުކާރަށް އުފުލަން ޖެހޭނެ ޒިންމާއަކީ އެމްޑީއެން އާއި ގުޅުން ހުރި އަމިއްލައަށް ތިމާ އަކީ އެތީސްޓެއް ކަމަށް ބުނެފައިވާ މީހުންނަށް ސަރުކާރުގެ އިސް މަޤާމުތައް ދިނުމެވެ. މިސަރުކާރުގައި އެންމެ އިސްކޮށްތިއްބެވި ބައެއް ބޭފުޅުންނަކީ އެމްޑީއެން އާއި ވަރަށް ގާތުން މަސައްކަތްކުރައްވަމުން ގެންދަވާ ބޭފުޅުން ކަމަށްވުމުން އެ ރިޕޯޓުގައި ހުރި ކަންކަން ޢާންމުންނަށް ނުއެނގި އޮތް ނަމަވެސް އެބޭފުޅުންނަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެއެވެ. ވީމާ ރަނގަޅަށް އެނގިތިބެމެ އިސްލާމް ދީނާއި ކަނޑައެޅިގެން ދެކޮޅު މީހުންނަށް ސަރުކާރުގެ ޕޮލިސީ ލެވެލްގެ މަޤާމުތައް ދިނުމަކީ އެމީހުންގެ ފިކުރުގައި އެއްވެސް މައްސަލައެއް ނެތް ކަމަށް ސަރުކާރުން ޤަބޫލުކުރާ ކަމުގެ ހެއްކެއް ކަމަށް ބުނުމުގެ ފުރުޞަތު ލިބިގެންދަނީ އެހެންވެގެންނެވެ. އެމީހުން ހަދާ ޕޮލިސީތަކުން ރާއްޖެއިން އިސްލާމް ދީން ފުހެވިގެން ދިއުމުގެ ބިރު އިންތިހާއަށް ބޮޑުކަން އެއީ ޤަބޫލުކުރަން ޖެހޭނެ ކަމެކެވެ.  

ކުރިން ނުއެނގި ހުރި ކަންކަން އެނގުމުން ބައަކު އިސްލާމް ދީނާއި ދެކޮޅަށް ހިންގާފައިވާ ބޮޑު ޖަރީމާއަކާއި ދެކޮޅުވުމުން ދެކޮޅުވި މީހުންނަކީ އެފަދަ ނުބައިކަމެއް ޤަޞްދުގައި ކުރި މީހުންނާއި އެއްވަރު ބައެއް ކަމަށް ބުނެވޭނެ ގޮތެއް ހަމަ އެއްގޮތަކަށްވެސް ނުވިސްނެއެވެ. އެރިޕޯޓްގައިވާ ކަންކަން އެނގުމުން އެކަމާއި ދެކޮޅަށް ނުކުމެވަޑައިގެންނެވި ދީނީ އިލްމުވެރިންނާއި އެ ޝައިޠާނީ އަމަލު ހިންގި މީހުންނާއި އެއްވަރު ކުރުމަކީ ކޮން ތިލަފަތަކުން ކިރައިގެން ނެރުނު ނަތީޖާއެއް ކަމެއް ނުއެނގެއެވެ. މިފަދަ ވާހަކަތައް ފެތުރުމަކީ މިފަދަ ޝައިޠާނީ ކަންކަން ކުރަން ހިތްވަރުދިނުމާއި އިސްލާމް ދީން ޙިމާޔަތް ކުރަން މަސައްކަތްކުރައްވާ ޢިލްމުވެރިން ފަޟީޙަތްކޮށް އަގުވައްޓަން ހިންގާ އިސްލާމް ދީނާއި ކަނޑައެޅިގެން ދެކޮޅު ޖަރީމާއެއް ނޫން ކަމަށް ހަދާނީ ކިހިނަކުންބާވައެވެ!   

ރައްޔިތުންނަށް އޮތީ ޝައިޠާނީ އެޖެންކުރާ މިފަދަ ހުރިހާ މަސައްކަތްތަކަށް ވަރަށް ފުރިހަމައަށް ވިސްނައި ހޭލުންތެރިވުމެވެ!

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް